logo
ޚަބަރު

އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ރައީސް ދެއްވާ އަހައްމިއްޔަތަށް ދިފާއީ ވަޒީރުގެ ތަޢުރީފް

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖޫން 2025 - 18:27
 އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ރައީސް ދެއްވާ އަހައްމިއްޔަތަށް  ތަޢުރީފް

ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ޤާބިލްކަން އިތުރުކޮށް ދެއްވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅަށް ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތަޢުރީފް ކުރައްވައިފައެވެ.

މިކަން ވަޒީރު ފާހަގަކުރެއްވީ އޮސްޓްރޭލިއާ އިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެއް ހަދިޔާ ކުރަން ނިންމުމާއި ގުޅިގެންނެވެ.

Hajj Corpooration

"ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ޤާބިލްކަން އިތުރުކޮށް ދެއްވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅަށް އައްސަރިބަހާއި ޝުކުރު ހިތުގެ ފުންމިނުން ހިފެހެއްޓުމެއް ނެތި ދަންނަވަން." ޣައްސާނު ވިދާޅުވެފަވެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް މިއަދު ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތް ކުރަށްވާފައެވެ.

މި ޒިޔާރަތުގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ރާއްޖޭގެ ދިފާއީ ވަޒީރު ޣައްސާން ދެއްވި ޚާއްސަ ޖޮއިންޓް ސްޓޭޓްމަންޓްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗާޑް މާލްސް ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމަވާފައިވާ ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދުގެ ވާހަކަވެސް ދެއްކެވިއެވެ.

މީގެ އިތުރުން، އޮސްޓްރޭލިއާއިން ރާއްޖެއަށް މަލްޓި-ބީމް އިކޯ ސައުންޑަރ، ހައިޑްރޯގްރެފިކް އިކުއިޕްމަންޓް އަދި ކެޕޭސިޓީ ބިލްޑިންގްގައިވެސް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ވަސީލަތްތަކަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މެޕް ކުރުމަށް އެހީވެދޭނެ މުހިންމު އާލާތްތަކެކެވެ.

ދިފާއީ ވަޒީރުގެ މި ބަސްފުޅުތަކުން ދޭހަވަނީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ދިފާއީ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކެވެ.

 

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް: ނިޒާމު ހަރުދަނާކޮށް ޗެމްޕިއަން ކުރުމުގެ މަގަށްރިޕޯޓް | 5 ގަޑިއިރު ކުރިންއިންޑިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސްގެ ތަހުނިޔާޚަބަރު | 10 ގަޑިއިރު ކުރިންރައްޔިތުން ބާރުވެރިކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 19 ގަޑިއިރު ކުރިންމުޅި ބ. އަތޮޅަށް އޭޓީއެމްގެ ހިދުމަތް: ބީއެމްއެލްގެ ޝުކުރު ރައީސަށް ޚަބަރު | 21 ގަޑިއިރު ކުރިން