ސްޓެލްކޯ އިން މެއި މަހަށް ވެސް ބިލް ކުރާނީ އަގުހެޔޮ ޓެރިފް ރޭޓްގައި


03 ޖޫން 2025 - 04:27
މެއި މަހުގެ ކަރަންޓު ބިލު ވެސް ސަރުކާރުން އަލަށް ކަނޑައެޅި އަގުހެޔޮ ޓެރިފް ރޭޓުން ދޫކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ގޭބީސީތަކުގެ ކަރަންޓު ބިލުގެ ޓެރިފް ރޭޓް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން ބިލުގެ ޓެރިފް ރޭޓުތަކަށް ވަނީ ބަދަލުގެނެސްފައެވެ. ސްޓެލްކޯގެ އިތުރުން ފެނަކައިން ވެސް ވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓުގައި މެއި މަހުގެ ކަރަންޓުގެ ޚިދުމަތަށް ބިލުކުރާނެ ކަމަށް ބުނެފައެވެ.ކަރަންޓު ޓެރިފް ރޭޓުތަކަށް އަންނަ ބަދަލުތައް:• ބޭންޑް 0-100: 1.50 ރުފިޔާއިން 1.25 ރުފިޔާއަށް• ބޭންޑް 101-200: 1.70 ރުފިޔާއިން 1.50 ރުފިޔާއަށް• ބޭންޑް 201-300: 2.15 ރުފިޔާއިން 1.50 ރުފިޔާއަށް• ބޭންޑް 301-400: 2.50 ރުފިޔާއިން 1.50 ރުފިޔާއަށް• ބޭންޑް 401-500: 2.95 ރުފިޔާއިން 2.66 ރުފިޔާއަށް• ބޭންޑް 501-600: 3.55 ރުފިޔާއިން 3.20 ރުފިޔާއަށް• 600 އިން މަތީގެ ބޭންޑުތައް: 4.25 ރުފިޔާއިން 3.83 ރުފިޔާއަށްރައީސްގެ މި ނިންމެވުމާ ގުޅިގެން، މި އަހަރުގެ މޭ މަހުން ފެށިގެން ކުޑަ ޓެރިފް ރޭޓުގައި ބިލު އަލުން ޖެނެރޭޓުކުރެވިގެންދާނެއެވެ. އެގޮތުން، މިހާރު މޭ މަހުގެ ބިލަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ޖޫން މަހުގެ ބިލުން އެ ބައި އުނިކުރެވިގެންދާނެއެވެ.ރައީސް ވިދާޅުވީ މިގޮތަށް ނިންމެވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކުން މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރު ކަމުގައި ފާހަގަކުރެވެއެވެ.
އިތުރު ލިޔުންތައް

ސްޓެލްކޯގެ ހޮޓްލައިން، 1545 ތައާރަފްކޮށްފި
10 މަސް ކުރިން
80 އިންސައްތަ ކަސްޓަމަރުންނަށް މިމަހުގެ ކަރަންޓުބިލް ކުޑަވާނެ: ސްޓެލްކޯ
10 މަސް ކުރިން
ސްޓްލެކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް، ސަމާލުވާން އެދެފި
10 މަސް ކުރިން