logo
Bank of Maldives

Bank of Maldives

ޚަބަރު

އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރާއްޖޭގައި ހުޅުވުމުގެ ސަބަބުން ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ

އާމިނަތު ޝަފާ
3 ޖޫން 2025 - 05:39
އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރާއްޖޭގައި ހުޅުވުމުގެ ސަބަބުން  ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ

އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރާއްޖޭގައި ހުޅުވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާލުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ޤާއިމް ކޮށްފައިވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި ރަސްމިއްޔާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް 50 އަހަރުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމު މަރުހަލާއެއް ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދުގައި އުފެދިފައި ވަނީ ތާރީޚީ އަދި އިތުބާރާުހުރި ގުޅުމެއްކަމަށް ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމުގެ ތެރޭގައި މަތީ ތައުލީމު، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ސިއްހީ ދާއިރާ ހިމެނޭކަން ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އޮސްޓްރޭލިއަން އެވޯޑްސް ޕްރޮގްރާމްގެ ދަށުން ގިނަ ދިވެހިންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

 

ވަޒީރު އިތުރަށް ވިދާޅުވީ މި ރަސްމިއްޔާތަކީ ހަމައެކަނި އިމާރާތެއް ހުޅުވުމެއް ނޫންކަމަށާއި، މިއީ ދިވެހިރާއްޖެއާ ދޭތެރޭ އޮސްޓްރޭލިއާއިން ދެއްކި އިތުބާރާއި ވަރުގަދަ ގުޅުމުގެ ނިޝާނެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ކުރިއަށް އޮތް ތަނުގައި އިތުރު ތަރައްގީ ގެނެސްދޭނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

 

މި ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ދިފާއީ ވަޒީރު ރިޗަރޑް މާލްސް އާއި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕް އަދި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާގެ މުސްލިމުންގެ ދިރިއުޅުމާއި ތާރީޚު ދައްކުވައިދޭ މައުރަޒެއް ރާއްޖޭގައި ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިންއޮސްޓްރޭލިއާގެ ހައި ކޮމިޝަން ރާއްޖޭގައި ހުޅުވުމުގެ ސަބަބުން ގުޅުން އިތުރަށް ވަރުގަދަވެގެންދާނެޚަބަރު | 8 މަސް ކުރިން