logoEN
ޚަބަރު

"މަސް ބަންދުކުރާ ކާރުހާނާގެ މަސައްކަތް ނިމުމުން ބޮޑު ނަފާވެރިކަމެއް ހޯދޭނެ"

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

03 ޖޫން 2025 - 14:02

މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެފައިވާ ކަމަށާއި، އައިއެސްބީޑީގެ އެހީގައި ހުޅުމާލޭގައި ޤާއިމުކުރާ މަސް ބަންދުކުރާ ކާރުހާނާގެ މަސައްކަތް ނިމުމުން މި ދާއިރާއިން އިތުރު ނަފާ ހޯދޭނެ ކަމަށް އަންދާޒާކޮށްފިއެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %64.7 އިތުރު އަދަދެކެވެ.މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން ޖަނަވަރީއިން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން 31،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 19،000 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %64.7 އިތުރުވުމެކެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފިނިކުރި އަދި ތާޒާ ކަނޑުމަހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން 28،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 15،000 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %78 އިތުރުވުމެކެވެ.ކަނޑުމަސް ނުލައި ރާއްޖެއިން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރި ފިނިކުރި އަދި ތާޒާ މަހުގެ އަދަދަކީ 229 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 163 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %40 އިތުރުވުމެކެވެ.

ކޮމެންޓް

871x217_placeholder