logo
Bank of Maldives

Bank of Maldives

ޚަބަރު

މާފަރުގައި މެޓް އޮފީހެއް ގާއިމުކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ޖޫން 2025 - 17:44
މާފަރުގައި މެޓް އޮފީހެއް ގާއިމުކުރަނީ

ނ. މާފަރުގައި އައު މެޓް އޮފީހެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

މިއީ ރާއްޖޭގެ މޫސުމާބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކް (ޖީބޮން) ގެ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހިންގޭ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢަކީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑު (ޔޫއެންއެމްޕީޓީއެފް) އަދި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔޫއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް) ގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢު ހިންގަނީ ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަން އެންވަޔަރުމެންޓް ޕުރޮގްރާމު (ޔޫއެންއީޕީ) ގުޅިގެންނެވެ.

މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން 2025 ޖޫން 3 ވަނަ ދުވަހު މަސައްކަތު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، ޔޫއެންއީޕީ، ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓުއްޓް (އެފްއެމްއައި)، ރީޖަނަލް މަލްޓި ހަޒާޑް އާލީ ވޯނިން ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ (ރައިމްސް) އަދި ރާއްޖޭގެ ކަމާގުޅުންހުރި ބައެއް މުއައްސަސާތަކުގެ 40 ބޭފުޅުން ބައިވެރިވިއެވެ.

4 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި މަޝްރޫޢުގެ ދަށުން، ރާއްޖޭގައި މިހާރު ގާއިމުކުރެވިފައިވާ 4 މެޓް އޮފީހުގައި ބެހެއްޓިފައިވާ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ. އަދި އައްޑޫ ސިޓީ ގަމުގައި ގާއިމުކުރެވިފައިވާ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މަޢުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށޭނެއެވެ.

މީގެ އިތުރުން، މޫސުމާބެހޭ ވިއުގަ ރަނގަޅު ފެންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީން ޕްރޮގްރާމުތައްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެއެވެ.

ރާއްޖޭގައި މިހާރު މެޓް އޮފީސް ގާއިމުކޮށްފައި ހުންނަނީ ހުޅުލެ، އައްޑޫ ގަން، ކާޑެއްދޫ، ކައްދޫ އަދި ހަނިމާދޫގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްމިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ގަސް އިންދައިފި ޚަބަރު | 23 ދުވަސް ކުރިންއަންނަ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ ޚަބަރު | މަހެއް ކުރިންކޮޕް30 ކޮންފަރެންސުގައި ނާޒުކު ޤައުމުތަކަށް ފައިދާ ލިބޭނެ ގޮތްތަކެއް ހޯދައިދިނުން މުހިންމު ޚަބަރު | މަހެއް ކުރިން5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޑަގިރީގައި 500 ގަސް އިންދައިފިޚަބަރު | މަހެއް ކުރިން