logo
MPL

MPL

ޚަބަރު

ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދޭން ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖޫން 2025 - 09:09
ވިލިމާލޭގައި އަޅަނީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"

ވިލިމާލޭގައި ޗައިނާގެ ހިލޭ އެހީގައި އިމާރާތްކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދޭން ނިންމައިފިއެވެ.

މި ނިންމުން އިއުލާންކޮށްފައިވަނީ މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި 112 އެނދުގެ މި ޖެނެރަލް ހޮސްޕިޓަލް އިމާރާތްކުރުމުގެ "ލެޓާ އޮފް އެކްސްޗޭންޖު" ގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ ސޮއިކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ސަފީރު ވިދާޅުވީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ވާނެ ކަމަށެވެ. އަދި މި ހޮސްޕިޓަލަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއްކަމުގައި ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޑިޒައިން ނިންމައި، ކޮންޓްރެކްޓަރެއް ހޯދުމަށް ފަހު އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހޮސްޕިޓަލުގެ ނަން ކަނޑައެޅުމުގައި ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ރިއާޔަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ވެސް ޗައިނާގެ އެހީގައި އިމާރާތްކުރެވުނު ސިނަމާލެ ބްރިޖަށް "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ގެ ނަން ދީފައިވެއެވެ.

މި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ އަކީ ރާއްޖޭގެ ތަސައްވުރު ހާސިލްކުރުމަށް މުހިންމު ބައިވެރިއެއް: ރައީސްޚަބަރު | 13 ދުވަސް ކުރިންރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ޗައިނާގެ ސިޗުއާންއަށް ފުރައިފިޚަބަރު | 23 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައިވާ އެޅިގެންދިޔެ ވަރަށް ވަރުގަދަ ބިންގަލަލެއް: ސަފީރުޚަބަރު | މަހެއް ކުރިންޗައިނާގެ އަހަރީ ދުވަހުގެ ތަހުނިޔާއާއެކު ރައީސް ދެއްވީ ދެޤައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިއުމުގެ މެސެޖެއްޚަބަރު | މަހެއް ކުރިން