ޕީޖީކަމަށް އައްބާސް އައްޔަނުކުރައްވައިފި

ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
.jpg&w=3840&q=75)
18 ސެޕްޓެމްބަރު 2024 - 06:47
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް، ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް މިއަދު އައްޔަނުކުރައްވައިފިއެވެ.
އައްބާސް އެ މަގާމަށް އައްޔަނުކުރެއްވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން ޕީޖީ ކަމުގެ ފަތްކޮޅު، އައްބާސްއަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެގެ ވަގުތެއްގައެވެ. ޕީޖީގެ މަގާމަށް އައްޔަނުކުރެއްވުމަށް ރައީސް މުޢިއްޒު، މަޖިލީހަށް ފޮނުއްވި ހަމައެކަނި ނަންފުޅަކީ ވެސް އައްބާސްގެ ނަންފުޅެވެ.
އައްބާސް އަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ ދައުރުން ބޭރުން އިއްޔެ ބޭއްވި ހާއްސަ ޖަލްސާގައެވެ. އެ ޖަލްސާގައި އައްބާސް އަށް ރުހުން ދިނީ 85 މެންބަރުންގެ ވޯޓުންނެވެ. އައްބާސްއަށް ރުހުން ނުދޭން އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
އައްބާސް މިވަގުތު އަދާކުރައްވަނީ ރައީސް އޮފީހުގެ ލީގަލް ސެކެޓްރީގެ މަގާމުކަމެވެ.
ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަައްބާސް އަކީ ގާނޫނީ ދާއިރާގެ ތަޖުރިބާ ވެސް ހުންނެވި ބޭފުޅެކެވެ. 2011 އިން 2015 ގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް އައްބާސް ކުރެއްވިއެވެ.
އިތުރު ލިޔުންތައް

އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފި
8 މަސް ކުރިން
ސެޕްޓެމްބަރު 5ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި
8 މަސް ކުރިން
ނުރަސްމީ ދަތުތުފުޅެއްގައި ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
8 މަސް ކުރިން