ކަރަންޓު ބިލާ ގުޅޭ ޝަކުވާއެއް އޮތްނަމަ ސްޓެލްކޯއަށް ގުޅުމަށް އިލްތިމާސްކޮށްފި


04 ޖޫން 2025 - 10:23
ކަރަންޓު ބިލާ ގުޅޭ ޝަކުވާއެއް އޮތްނަމަ ސްޓެލްކޯއަށް ގުޅުމަށް އިލްތިމާސްކޮށްފިއެވެ.
އެގޮތުން ކަރަންޓު ބިލާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ބިލްތަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރ ހޮޓްލައިން 1545 އަށް ގުޅުއްވަން ވަނީ އެދިފައެވެ. އަދި ސްޓެލްކޯ ކެއަރގެ ޚިދުމަތް އޮންލައިންކޮށް ހޯދުމަށް ކިއުއާރު ކޯޑު ސްކޭންކުރެވޭނެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ ޓެރިފް ކުޑަކޮށް މެއި މަހުގެ ބިލް ތައްޔާރުކުރިއިރު ބިލް ބޮޑުވެފައިވާ ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެެގޮތުން ސްޓެލްކޯއިން ވިދާޅުވީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީކަމަށެވެ.
އަދި އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަން ސްޓެލްކޯއިން ވިދާޅުވިއެވެ.
އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.
ރައީސްގެ މި ނިންމެވުމާއެކު މިދިޔަ މެއި މަހުގެ ބިލުތައްވެސް އައު ޓެރިފް އަގުތަކުގައި ލިބޭނެ ކަމަށް ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުން ވަނީ ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

ސްޓެލްކޯގެ ހޮޓްލައިން، 1545 ތައާރަފްކޮށްފި
10 މަސް ކުރިން
80 އިންސައްތަ ކަސްޓަމަރުންނަށް މިމަހުގެ ކަރަންޓުބިލް ކުޑަވާނެ: ސްޓެލްކޯ
10 މަސް ކުރިން
ސްޓްލެކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް، ސަމާލުވާން އެދެފި
10 މަސް ކުރިން