އަރަފާތު ބިމުގައި ފަލަސްތީނު ރައްޔިތުނަށް ހެޔޮދުޢާކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް: ވަޒީރު ޝަހީމް


05 ޖޫން 2025 - 09:02
ޢަރަފާތުބިމުގައި މުސްލިމުންގެ އަޚްވަންތަކަން ރަމްޒުކޯށްދޭ އިރު، ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮ ދުއާކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އަރަފާތު ބިމުގައި ހުންނަވައިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. އިވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޢަރަފާތް ދުވަހަކީ އިސްލާމީ އުންމަތުގެ މަތިވެރިކަމާއި، އުފާވެރިކަމާއި، އަދި އެކަކު އަނެކަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ މާތް ދުވަހެއްކަމަށެވެ.އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއް ވެތިބުން، ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަޚުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫޙާނިއްޔަތުކަމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްނަޔަކާއި ގުޅުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ޢަރަފާތް ދުވަސް އަންނަނީ އިސްލާމީ އުންމަތަށް ވަރަށް ހިތާމަވެރި ދުވަސްވަރެއްގައި ކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ. ޚާއްޞަކޮށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމާއި ބަނޑުހައި ހޫނުކަމުގެ އަރަފާތް ދުވަސް ބައްދަލުކޮށްފައިވާއިރު އެއަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.
ޢަރަފާތް ދުވަހުގެ މަތިވެރި އަޅުކަމުގައި ހޭދަކުރާ ވަގުތުތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން އެހެނިހެން އިސްލާމީ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށްވެސް ހެޔޮ ދުޢާކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އިތުރު ލިޔުންތައް

ޒަކާތު ފަންޑަށް މިހާތަނަށް 77 މިލިއަން ރުފިޔާ ލިބިފައިވޭ: މިނިސްޓަރު
9 މަސް ކުރިން
ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް-ޝަހީމް
8 މަސް ކުރިން
ކޮންމެ ހުކުރު ދުވަހަކު ވަޒީރު ޝަހީމުގެ ތަފްސީރު ކުލާސްތަކެއް
8 މަސް ކުރިން