ޔޫއެންއޯސީގެ ބައްދަލުވުމަށް މިނިސްޓަރ ޝިޔާމް ފްރާންސްއަށް ވަޑައިގެންފި


05 ޖޫން 2025 - 09:24
ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްތަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ފްރާންސަށް ފުރާވަޑައިގެންފި އެވެ.
ޖޫން 9 އިން 13 އަށް ފްރާންސްގެ ނީސްގައި ކުރިއަށްދާ މި ކޮންފަރެންސް ހުޅުވާ ސެޝަނުގައި ރާއްޖޭގެ ފަރާތުން ވަޒީރު ޝިޔާމް ވާހަކަފުޅު ދައްކަވާނެ އެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ކުރާ "ދެމެހެއްޓެނިވި މަސްވެރިކަން، ފާހަގަކުރައްވައި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކުން ކަނޑުގެ ވެށި ހިމާޔަތްކޮށް، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާނެއެވެ. އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާނެ އެވެ.
މި ކޮންފަރެންސްގެ. އެކި ސެޝަންތަކުގައި، ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ އެންމެ މުހިންމު އެއް ނުކުތާއަކީ، ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި، ގޮތެއްގައި ބޭނުންކުރާ ޤައުމުތަކުގެ މަސައްކަތްތައް މިހާރަށްވުރެ، ބޮޑަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގަތުމުގެ މުހިއްމުގެ މައްޗަށެވެ. ވަކިން ޚާއްސަކޮށް ތިމާވެއްޓާއި، ކަނޑުގެ ވަސީލަތްތަކާއި ރައްކާތެރިކުރުމަށް، ބައިނަލްއަޤްވާމީގޮތުން ކަނޑައެޅޭ ފަންޑު އިތުރުކުރުމުގެ މުހިންމުކަމަށާއި، އަދި މިފަދަ ފަންޑުތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކާއި، ތިމާވެށި، ރައްކާތެރިކުރުމަށާއި ދެމެހެއްޖެނިވި ގޮތުގައި، ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް، އެކަށީގެންވާ، ފިޔަވަޅުތައް މިހާރުވެސް، އަޅައި، ތަންފީޒްކުރަމުންދާ ޤައުމުތަކަށް ޚާއްސަ އިމްތިޔާޒްތަކެއް އޮންނަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ މުޅި ދުނިޔޭގައިވެސް، ކުރެވޭ ތިމާވެއްޓާ އެންމެ، ރައްޓެހި މަސްވެރިކަމަށް ވާއިރު މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން ޓެރިފްގެ އެންމެ، ބޮޑު ބުރައެއް އުފުލަންޖެހޭ އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކޮށް، އެކަމުގެ ސަބަބުން މަހުގެ ވިޔަފާރީގައި އެއް ހަމައެއްގައި، ވާދަކުރުމަށް، ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަޔާންކޮށްދެއްވާނެއެވެ.
މަހުގެ ބާވަތްތަކުގެ ޓެރިޕް ކަނޑައެޅުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަން ޕްރޮމޯޓްކުރުމަށް، ބާރުލިބޭ ގޮތަށް ޓެރިޕް ކަނޑައެޅިގެން ދިއުމުގެ މުހިންމުކަން ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކުގެ ސަމާލުކަމަށް ގެނައުމަށް ވަޒީރު ވަކާލަތު ކުރައްވާނެ އެވެ.ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މިސެޝަންގައި ރާއްޖެ ފަދަ ޤައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީވެސް ރާވައި ހިންގައި ބެލެހެއްޓޭ، ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވިގޮތެއްގައި، ތަރައްޤީކުރެވޭ މަސްވެރިކަމެއްކަން، ޔަޤީންކުރުމަށްޓަކައި، ގައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި، އަޅަންޖެހޭ، ފިޔަވަޅުތަކާއި ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް. ޚިޔާލުބަދަލު ކުރެވިގެންދާނެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
އަހަރެއް ކުރިން