logoEN
ޚަބަރު

އުނގޫފާރު މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި

ހުސައިން ވަސީމްހުސައިން ވަސީމް

05 ޖޫން 2025 - 10:55

ރ. އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.

2,500 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ އުނގޫފާރަކީ ރ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިޔައީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 8,626.55 އަކަ މީޓަރުގެ މަގުގައި ތާރުއަޅާފައިވާ ކަމަށެވެ. 2,537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއ،ި ސަރވިސް ލައިން ހަރުކުރުމާއ،ި މަގުމަތީ ނިޝާން ހަރުކުރުމާއ،ި މަގުމަތީ ކަފިހި ހުރަސް ކުރަހައި ކުލަލުމާއ،ި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

undefined

އުގޫފާރަކީ ރ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވުމުން އަތޮޅުގެ އެހެން ރަށްތަކުންވެސް އެކިހިދުމަތްތައް ހޯދުމަށް އުގޫފާރަށް ދެ އެވެ. އެގޮތުން އަތޮޅުގެ އެހެން ރަށްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންވެސް އިދާރ،ީ ޞިއްހީ އަދި ވިޔާފާރި ފަދަ އެކި ޒަރޫރީ ބޭނުންތަކަށް މި ރަށަށް ޒިޔާރަތްކުރެއެވެ.

ތާރު އަޅާފައިވާ ޒަމާނީ މަގުތަކުގެ ސަބަބުން އުނގޫފާރު ރައްޔިތުންނާއި އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

undefined

އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ހޫނުގަދަ މޫސުމުގައި މަގުތައް ހިރަފުސްވުމުންނާއ،ި ވިއްސާރަ ދުވަސްވަރު މަގުތައް ޗަކަވެ މަގުތަކުގައި ކިސަޑު ހެދުމަށް ހައްލު ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ. މިކަމުގެ ސަބަބުން މަގުގައި ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް މަގު ބޭނުން ކުރަން އިތުރަށް ފަސޭހަވެ ދުއްވާ މަގުތަކަކީ އަޑިގުޑަން ނުހުންނަ ރައްކާތެރި މަގުތަކަކަށް ވެގެން ދާނެއެވެ. އަދ،ި ރަށުގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށްވެސް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފަ އެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮމެންޓް

871x217_placeholder