logoEN
ޚަބަރު

ހުޅުމާލޭގައި ވެހިކަލް ދުއްވޭނެ، މަނާވަނި މާލެ އަދި ވިލިމާލޭގައި

އާމިނަތު ސަފާއާމިނަތު ސަފާ

06 ޖޫން 2025 - 09:29

މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން މީގެ ދެ ދުވަސް ކުރިން އިއުލާނުކޮށް ވިޔަސް ވެހިކަލް ދުއްވުން މަނާވާނީ މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ސިޓީކައުންސިލުން ކަނޑައަޅާފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލޭގެ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައިއެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވަނީ ވެހިކަލް ދުއްވުން މަނަލީ މާލެ އާއި ވިލިމާލޭގައި ކަމަށެވެ. ފުލުހުން ވެސް މިއަދު ބުނީ މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ ކަމަށެވެ. ހުޅުމާލޭގައި އުޅަނދު ނުދުއްވޭނެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ.

މި ގަޑީގައި އެމެޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން މިއަދު މެންދުރުފަހު 15:45 ވަންދެން ދޫކުރާނެއެވެ.

ވުމާއެކު މިއަދުހު ހަވީރު އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި އަންގައި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder