logo
Bank of Maldives

Bank of Maldives

ޚަބަރު

ސީޕްލޭން އޮޕަރޭޝަންތަކުގެ ޒަމާނީ އުސޫލުތައް ދެނެގަތުމާ ބެހޭގޮތުންތުން މަޝްވަރާ ކޮށްފި

އައިޝަތު ނަޝާ
9 ސެޕްޓެމްބަރު 2025 - 13:42
ސީޕްލޭން އޮޕަރޭޝަންތަކުގެ ޒަމާނީ އުސޫލުތައް ދެނެގަތުމާ ބެހޭގޮތުންތުން  މަޝްވަރާ ކޮށްފި

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން، އިންޑިޔާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް އެއަރވާދިނަސް މިސްޓަރ މަނޯޖް ކުމާރ ޕައިޑިސެޓީ އަދި އިންޑިޔާގެ ހައި ކޮމިޝަންގެ ކައުންސެލަރ މިސް ކިރަން ކަތްރީއާ އެކު ބައްދަލުވުމެއް ބާއްވައިފިއެވެ. 

މި މުހިންމު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އޭވިއޭޝަން ދާއިރާގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ސީޕްލޭން އޮޕަރޭޝަންތަކުގެ އެންމެ ރަނގަޅު އަދި ޒަމާނީ އުސޫލުތައް ދެނެގަތުމާ ބެހޭގޮތުންތުންނެވެ. ދެ ފަރާތުންވެސް އޭވިއޭޝަން ސަލާމަތާއި އޮޕަރޭޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މަޢުލޫމާތު ޙިއްޞާކުރުމާއި އެއްބާރުލުން ދިނުމުގެ މުހިންމުކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވުނެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއަރމަން އަލްފާޟިލް ޢަބްދުލް ޙާރިޘް އަދި ސީއީއޯ އަލްފާޟިލް ޙުސައިން ޖަލީލު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ އޭވިއޭޝަން ދާއިރާގެ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު ތަރައްޤީއާއި ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދޭނެ ފަދަ ބައްދަލުވުމެކެވެ.  

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި އުޅަނދު ރަޖިސްޓަރީކުރުން ކޮންޓްރޯލްކޮށް، ގިނަ އުޅަނދު ގެންގުޅޭނަމަ ފީއެއް ނަގާ ގޮތަށް އާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު މި މަހު 30 ގައި އަމަލުކުރަން ފަށަނީކޯޓް ރޫމް | 2 ދުވަސް ކުރިންއިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ގަވާއިދަށް ބަދަލުކުރަން ބާކީ އެއް މަސްދުވަސް: ފުލުހުންޚަބަރު | 5 މަސް ކުރިންމި މަސް ނިމުމުގެ ކުރިން ލ. އަދި މ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | 6 މަސް ކުރިންތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އެންގި އެންގުން ތަކުރާރުކޮށްފިޚަބަރު | 6 މަސް ކުރިން