logo
MPL

MPL

ޚަބަރު

ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ދެން ތަހުގީގުކުރާނީ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން!

ޒިދާން މުޙައްމަދު
21 ޖެނުއަރީ 2026 - 10:50
ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ދެން ތަހުގީގުކުރާނީ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން!

ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގުކުރާނީ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ކަމުގައި ހަމަޖައްސައިފިއެވެ.

މޯލްޑިސްވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީގެ ދަށުން ނަގާ ބޯޑެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި އިދާރާއެއް އުފެއްދެވީ 9 އޭޕްރިލް 2025ގައެވެ. އެ އިދާރާއަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

ވައިގެ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދަތުރުފަތުރުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަށަވަރު ކުރުމާއި، އެފަދަ ޙާދިސާތައް ބަލާ ތަޙުޤީޤު ކުރުމުގެ މަސައްކަތް ރަސްމީކޮށް، ޓްރާންސްޕޯޓް ސޭފްޓީ ބޯޑުގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށެވެ. މިއާއެކު މި މަސައްކަތް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމަ ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން ވަނީ، ބޯޑުގެ މެންބަރުންނާއި އަދި އިސްފަރާތްތަކާއި ބައްދަލުކުރައްވާ، ބޯޑުގެ މަސައްކަތްތަކާއި މި ދާއިރާ ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއީ، ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށާއި މުޅި ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބޯޑުގެ މަސައްކަތުގެ ތެރޭގައި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކްސިޑެންޓުތައް ތަޙުޤީޤު ކުރުމާއި، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާއި ޤަވާއިދުތައް ހަރުދަނާ ކުރުމާއި، ދާއިރާއިން ދިރާސާތައް ކުރުމާއި، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 20 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން