logo
Bank of Maldives

Bank of Maldives

ޚަބަރު

ބަރުގޮނު އެޅުމުގައި ސަމާލުވުމަށް އަނެއްކާވެސް ހަނދާންކޮށްދީފި

އާމިނަތު ޝަފާ
30 ސެޕްޓެމްބަރު 2025 - 06:12
މާލެ ސިޓީގެ މަޖީދީ މަގު
މާލެ ސިޓީގެ މަޖީދީ މަގު

އުޅަނދުފަހަރުގެ ބަރުގޮނު ބޭނުންކުރުމާ ގުޅޭ ގަވާއިދުތަކަށް ތަބާވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަނެއްކާވެސް ހަނދާންކޮށްދީފިއެވެ.

ވުޒާރާއިން ބުނީ ބަރުގޮނުގެ ބޭނުމަކީ ހަމައެކަނި ސަލާމަތާ ގުޅުންހުރި ކަންކަމުގައި - ކުއްލި ނުރައްކަލަކުން އިންޒާރު ދިނުމަށް - ބޭނުންކުރުންކަމަށާއި ބޭކާރު އަޑުގަދަކުރުމަށް ބަރުގޮނު އަޅައިގެންނުވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުޒާރާއިން ބާރުއަޅާފައިވަނީ ހަމައެކަނި ހާދިސާއެއް ހިނގުމުގެ ނުރައްކާ އޮތް ހާލަތްތަކުގައި، މިސާލަކަށް އެހެން ޑްރައިވަރަކަށް ނުވަތަ މަގުމަތީގައި ހިނގާ މީހަކަށް ޖެހިދާނެ ކަމުގެ އިންޒާރު ދިނުމަށް އެކަނި ބަރުގޮނު ބޭނުންކުރުމަށްކަމަށާއި އެނޫން އެހެން އެއްވެސް ވަގުތެއްގައި ބަރުގޮނު ބޭނުންކުރުމަކީ އަމާންކަމަށް އުނިކަން ގެނުވުން ކަމުގައި ބެލެވޭނެ އަދި ގަވާއިދުތަކުގެ ދަށުން މަނާކުރެވިފައިވާ ކަމެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މުޖުތަމަޢުގެ މުހިންމު ސަރަޙައްދުތަކުގެ ހަމަހިމޭންކަން ރައްކާތެރިކުރުމަށްޓަކައި، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ތަންތަނުގެ ކައިރީގައި އެއްކޮށް އަޑު މަޑުކުރުމަށް ގަވާއިދުތަކުގައި ލާޒިމްކޮށްފައިވާކަމަށާއި މިސްކިތްތަކާއި، ސްކޫލްތަކާއި، ޔުނިވަރސިޓީތަކުގެ ކައިރީގައި ބަރުގޮނު އެޅުން ވަނީ މަނާކުރެވިފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

"މިއީ ނަމާދު ވަގުތުތަކަށް އިޙްތިރާމްކުރުމަށާއި، އުނގެނުމުގެ މާޙައުލު ހަރުދަނާކޮށް ދެމެހެއްޓުމަށާއި، މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓުމަށްޓަކައެވެ." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ

މީގެ އިތުރުން، ހުއްދަދެވިފައި ވަނީ ހަމައެކަނި އުޅަނދު އުފެއްދި ފަރާތުން ހަރުކޮށްފައިވާ ބަރުގޮނުތަކަށްކަމަށާއި ބަދަލުކޮށްފައިވާ ނުވަތަ އަޑުގަދަ ބަރުގޮނުތައް، އެއީ ބޭނުމެއް ނެތި އަޑުގަދަކޮށް ތިމާވެއްޓަށް އަސަރުކޮށް އާންމުންނަށް އުނދަގޫވާތީ، ބޭނުންކުރުން މަނާ ތަކެތިކަންވެސް ވުޒާރާއިންވަނީ ހަނދާންކޮށްދީފައެވެ.

ޤައުމުގައި އިތުރަށް ރައްކާތެރި، އަމާން އަދި ހަމަހިމޭން މާޙައުލެއް ޤާއިމްކުރުމަށް މަގުފަހިކުރުމަށްޓަކައި ހުރިހާ ޑްރައިވަރުންނަށްވެސް މި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށް ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަސް ނިމުމުގެ ކުރިން ލ. އަދި މ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީޚަބަރު | 2 ދުވަސް ކުރިންތިލަމާލެ ބްރިޖުގެ ކަނޑުއޮޅިތަކުން ދަތުރު ނުކުރަން އެންގި އެންގުން ތަކުރާރުކޮށްފިޚަބަރު | 10 ދުވަސް ކުރިންފ. އާއި ދ. އަތޮޅުގައި އާރުޓީއެލް ދަތުރުތަކަށް އަގު ނަގާނެ ރޭޓުތައް އާންމުކޮށްފިޚަބަރު | 15 ދުވަސް ކުރިންކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ދެން ތަހުގީގުކުރާނީ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން!ޚަބަރު | 2 މަސް ކުރިން