ކަރަންޓު ޓެރިފް ކުޑަކުރުން: ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެއް


06 ޖޫން 2025 - 09:49
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައަޅާފައިވާ ޓެރިފް އަކީ އެތައް އަހަރެއް ވަންދެން ރައްޔިތުންނަށް ބުރަވެފައިވާ މިންގަނޑެކެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް އެއްވެސް ވެރިއަކު ވެސް މިހާތަނަށް ވަނީ ނުކުޅެދިފައެވެ. މިއީ ރައްޔިތުން ލޮލާބޮލުން އެދެމުންދިޔަ ކަމެއް ނަމަވެސް ސަރުކާރުތަކުން ފަހަތު ފަޔަށް ބުރަވެ، މިކަމުގައި ‘’އަތްނުލައި’’ ދޫކޮށްލީއެވެ.
ސަރުކާރުތަކުން ދޫކޮށްލި ރައްޔިތުންގެ އިހްސާސްތަކާއި ގުޅޭ އެތައްކަމަކަށް ހައްލު ހޯދައިދެއްވާ ރައީސެއްގެ ސަރުކާރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ހަމައަށް މިކަން ވެސް އޮތީ ދޫކޮށްލާފައެވެ.
ކެރިވަޑައިގެން ބަރަހަނާ ސައިޓްތައް ބަންދުކުރެއްވި ރައީސަކީ ރައީސް މުޢިއްޒެވެ. ދުންފަތުން މިންޖުވެފައިވާ ޖީލެއް ބިނާކުރުމުގެ ފިޔަވަޅު، ދުންފަތާއި ދެކޮޅަށް ހަގީގީ ފިޔަވަޅު އެޅުއްވި ރައީސަކީ ރައީސް މުޢިއްޒެވެ. ބޭސް އެތެރެކޮށް ވިއްކުމުގައި ރައްޔިތުންނަށް ލިބޭ މާލީ ބުރައިން މިންޖުކުރުމަށް ފިޔަވަޅު އެޅުއްވީ ރައީސް މުޢިއްޒެވެ. ޑޮލަރު އޮހޭ ރާއްޖެއެއްގައި ރައްޔިތު މީހާ ޑޮލަރަށް ސަލާންޖެހުން ނައްތާލުމުގެ ހަރުދަނާ ފިޔަވަޅު އެޅުއްވި ރައީސަކީ ރައީސް މުޢިއްޒެވެ. އައިނު ވިޔަފާރިވެރިންނަށް ރައްޔިތުން ދައްކަންޖެހޭ ބޮޑު އަގަށް ތަސައްލީއެއް ހޯދައިދިނުމަށް ފިޔަވަޅު އެޅުއްވީ ވެސް ރައީސް މުޢިއްޒެވެ. މިހެންގޮސް ރައްޔިތު މީހާ އެދެމުންދިޔަ އެތައް ކަމަށް ރައީސް މުޢިއްޒު ގެންދަވަނީ ހައްލު ހޯއްދަވައި ދެއްވަމުންނެވެ. މި ލިސްޓަށް މިފަހަރު މި އިތުރުވީ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ދަށްކުރެއްވުމެވެ.
މިއީ ބަޔަކު އޮޅުވާލަން ކިތަންމެ ވަކާލާތުކޮށް، ދޮގު ފެތުރިޔަސް ފަނޑުވެ ގެއްލިދާނެ ކަންކަމެއްނޫނެވެ.
ޓެރިފް ނިޒާމުގެ ތާރީޚީ މަންޒަރު
2009 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ކަރަންޓުގެ އަގު ކަނޑައެޅިފައި އޮތީ އެންމެ ތިން ބޭންޑަކަށެވެ. ނަމަވެސް 2009 ގައި ގެނެވުނު ބަދަލާއެކު މި ނިޒާމު ވަނީ ހަތް ބޭންޑަށް ބަދަލުކުރެވިފައެވެ. 2016 އަދި 2019 ވަނަ އަހަރު ގެނެވުނު ބަދަލުތަކުގައި މާލެ އާއި ރަށްރަށުގެ އަގުތައް އެއްހަމަ ކުރެވުނު ނަމަވެސް، މުޅި ނިޒާމަށް މާބޮޑު ބަދަލެއް ގެނެވިފައެއް ނުވެއެވެ.
އައު ބަދަލުތަކުގެ މުހިންމުކަން
މިހާރު ގެނެވޭ އައު ބަދަލުތަކުގެ ދަށުން، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާވަރަކަށް އަގު މައްޗަށް ދިއުމުގެ ނިސްބަތް ކުޑަވެގެންދާނެއެވެ. މިސާލަކަށް، 201-300 ޔުނިޓުގެ ބޭންޑުގައި މިހާރު ނަގަމުންދާ 2.15 ރުފިޔާގެ ރޭޓު 1.50 ރުފިޔާއަށް ދަށްކުރެވޭނެއެވެ. މިއީ ގާތްގަނޑަކަށް 30 ޕަސެންޓުގެ ކުޑަވުމެކެވެ.
ކަރަންޓު ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގާ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދުތައް:
ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25
ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50
ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50
ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50- އާ ރޭޓް 1.50
ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66
ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20
ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3.83
ރައްޔިތުންނަށް ލިބޭނެ ފައިދާތައް
މި ބަދަލުތަކާއެކު، ޚާއްޞަކޮށް މެދުފަންތީގެ އާމްދަނީ ލިބޭ ގޭބިސީތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޖުމްލަގޮތެއްގައި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބޮޑު ލުޔެއްލިބި ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގެ ސަބަބުން ދިގު މުއްދަތުގައި ކަރަންޓުގެ އަގު އިތުރަށް ވެސް ދަށްވެގެން ދާނެއެވެ.
ތާރީޚްގައި ކަރަންޓުން ދޭ އެންމެ ބޮޑު ލުއި
މި ބަދަލުތަކަކީ ރާއްޖޭގެ ތާރީޚުގައި ކަރަންޓުގެ އަގަށް ގެނެވޭ އެންމެ ބޮޑު ލުޔެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.
މިއީ ރާއްޖޭގައި މިފަދަ ބަދަލެއް ގެނެވޭ ފުރަތަމަ ފަހަރު ކަން ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ ސަރުކާރު ކުންފުނިތަކުގެ ހުރި މައްސަލައަކުން ނުވަތަ ސަރުކާރުގެ ހަކަތަ މެނޭޖުކުރުމުގެ ސިޔާސަތުގެ މައްސަލައަކުން ދިމާވާ ބުރަ ރައްޔިތުން ނަގަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި މި ނިންމުން ނިންމީ ރައްޔިތުންނަށް އަތްފޯރާފަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ކަމަށް ރައީސް ވިދާޅުވި އެވެ.
ދެމެހެއްނެޓެނިވި ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މި ކަން ކުރާނެ ކަމުގެ ޔަގީންކަން
ދެމެހެއްނެޓެނިވި ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މި ކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް މުޢިއްޒު ވިދާޅުވީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ފެނަކައިގައި ހުރި މަލީ މައްސަލަތައް ރަނގަޅުކޮށްގެން ވެސް އެ ކަން ކުރާނެ ކަމަށެވެ. އަދި ސަރުކާރުން ގެންގުޅޭ އިއާދަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ވެސް މި ކަމަށް ބާރު ލިބިގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ދެއްވި ޔަޤީންކަމަކީ، ގެންނަން ޖެހުނު ކޮންމެ ބަދަލެއް ގެނެސްގެން ވިޔަސް، މި ނިންމުން ދެކޮޅު ޖައްސަވާނެ ކަމުގެ ޔަގީންކަމެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައި، މާލެއެއް ރަށްރަށެއް ކިޔާނެ ކަމެއް ނެތް ހުރިހާ ރަށެއްގައި އެއްކޮށް ބަދަލުވާނީ ސްޓެލްކޯގައި ވެސް ފެނަކައިގައި ވެސް،" ރައީސް ވިދާޅުވެފަވެ އެވެ.
ޝުކުރު ޙައްޤު ނިންމެވުމެއް
ސަރުކާރުތަކުން ނުކޮށް ދޫކޮށްލި މިކަން ކޮޅެއްގައި ޖައްސަވައިދެއްވައި މިކަން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރުމުގެ ހުރިހާކަމެއް ރައީސް މިހާރު ވަނީ ކޮށްދެއްވާފައެވެ. މިއީ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނާނެކަމެއްކަން ޔަގީނެވެ. ރައީސް މުޢިއްޒު ވިދާޅުވަނީ އެމަނިކުފާނަށް މުހިންމީ ރައްޔިތުންކަމާއި ރައްޔިތުންގެ މުހުތާދުތައްކަމެވެ. އެމަނިކުފާނު އެގެންދަވަނީ ޢަމަލު މިކަން ދައްކަވަމުންނެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
10 މަސް ކުރިން