logo
Bank of Maldives

Bank of Maldives

ޚަބަރު

ޤުރުއާނާބެހޭ މަރުކަޒުގެ މުދައްރިސުންގެ ފެންވަރު މަތިކުރަނީ

އަޙްމަދު ޒަލީފް
18 ސެޕްޓެމްބަރު 2024 - 08:16
ޤުރުއާނާބެހޭ މަރުކަޒުގެ މުދައްރިސުންގެ ފެންވަރު މަތިކުރަނީ

ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ މުދައްރިސުން ތާޒާކޮށް، ފެންވަރު މަތިކުރުމަށް ސިލްސިލާ ޕްރޮގުރާމެއް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެ ޕްރޮގްރާމަކީ ބޭރުގެ މަޝްހޫރު ގާރީވެރިން މެދުވެރިކޮށް ހިންގާ ސިލްސިލާ ޕްރޮގުރާމެއް ކަމަށެވެ. އެގޮތުން އެ ޕްރޮގުރާމުގެ ފުރަތަމަ ދަންފަޅިތައް ނަންގަވައިދެއްވަނީ މެލޭޝިއާގެ މަޝްހޫރު ގާރީ ޑރ. ވަން ހިލްމީ ކަމަށް ވިދާޅުވެފައިވެއެވެ. ޑރ. ވަން ހިލްމީގެ ކުލާސްތައް ކުރިއަށްދާނީ މި މަހުގެ 17 އިން 19 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގުރާމުގެ މަގުސަދަކީ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މުދައްރިސުންގެ ފެންވަރު މިހާރަށް ވުރެ ހަރުދަނާކުރުމާއި ބޭރު ތަޖުރިބާކާރުންގެ އަރިހުން ދަސްކުރުމުގެ ފުރުސަތު ހޯދައި ދިނުމާއި ދަރިވަރުންނަށް އުނގަންނައި ދޭނެ އާ ގޮތްތައް ދަސްކުރެވޭނެ އިންތިޒާމު ފަހިކޮށް ދިނުމެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަކީ އިސްލާމީ މަރުކަޒުގެ ދަށުން ހިންގަމުން އަންނަ ތަނެވެ. އެތަނުގެ ގޮފިތައް ބައެއް އަތޮޅުތަކުގައި ވެސް ހިންގަ އެވެ.

އިސްލާމިކް މިނިސްޓްރީއިން ގެންދަނީ ރާއްޖޭގެ އިމާމުންގެ ފެންވަރު މަތިކުރުމަށް ވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އިމާމުން ތާޒާ ކުރުމުގެ އެކި ޕްރޮގްރާމްތައް ރާއްޖޭގެ އެކި އަތޮޅުތަކުގައި ދަނީ ހިންގަމުންނެވެ.

އޭގެ އިތުރުން އިމާމުން ތަމްރީން ކުރުމަށް ރާއްޖެއިން ބޭރަށް ވެސް ދަނީ ފޮނުވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ހުޅުވާލައިފިޚަބަރު | 10 މަސް ކުރިންޤުރުއާނާބެހޭ މަރުކަޒުގެ މުދައްރިސުންގެ ފެންވަރު މަތިކުރަނީޚަބަރު | 2 އަހަރު ކުރިން