logo
Bank of Maldives

Bank of Maldives

ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ހުޅުވާލައިފި

ޝަހްޒާ މުހައްމަދު
19 ޖޫން 2025 - 06:38
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ހުޅުވާލައިފި

މި އަހަރު ބާއްވަން ހަމަޖެހިފައިވާ 37 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 29 އާ ހަމައަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން މުބާރާތް ފަށަން ނިންމާފައި އޮތީ އެ މަހުގެ 18 ގަ އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް މުބާރާތް ކުރިއަށް ގެންދާނީ ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.

ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން މުޅި ޤުރުއާން ހިތުދަސް ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭ ކޮންމެ މުއައްސަސާއަކަށް ވެސް މި ބައިގައި ބޭނުން ޢަދަދަކަށް ހާފިޒުން ބައިވެރި ކުރެވިދާނެ އެވެ. އަމިއްލަ ގޮތުން ވެސް ބައިވެރިވެވޭ އިރު އެ ބަޔަށް ޙާފިޒުކަމުގެ ސަނަދު ހުށަހަޅަން ޖެހެ އެވެ.

މުއައްސަސާތަކުގައި ބައިގައި މިފަހަރު ބައިވެރިވެވޭނީ ކަމާބެހޭ އިދާރާއެއްގައި އުނގަންނައި ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަނަށެވެ. ސްކޫލް ކުދިންގެ ބައިން ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލް މަދަރުސާތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ދެމެދުގެ ދަރިވަރުންނަށެވެ.

މި މުބާރާތް ބާއްވަމުން އަންނަނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި ހިމެނޭ ގޮތަށެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުން ގަދަ ތިނެއް ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ގަދަ ތިނެއް ވެސްއް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެ އެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 އިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިދިޔަ އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ޖޫން 30 އިން ޖުލައި 7 އަށެވެ. އެ މުބާރާތުގައި 119 މުއައްސަސާއަކުން ބައިވެރިވެފައިވެ އެވެ. މުބާރާތުގެ ބައިވެރިންގެ ތެރޭގައި 52 ސްކޫލަކުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރި 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. އަދި މުބާރާތުގައި ހާފިޒުންގެ ބައިން 15 މީހަކު ވެސް ވާދަކުރި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމުން އަޚްލާޤީ ރަނގަޅު ސިފަތައް އަށަގަތުމަށް މަގުފަހިވޭ: މެޑަމް ސާޖިދާޚަބަރު | 5 ގަޑިއިރު ކުރިންޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ހުޅުވާލައިފިޚަބަރު | 10 މަސް ކުރިންވަޒީރުގެ ޚިޔާލެއް: ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބޭއްވޭނީ އޮޑިޝަންތަކަށް ފަހު އެންމެ މޮޅު ބައިވެރިންގެ މެދުގައިޚަބަރު | އަހަރެއް ކުރިންޤުރުއާނާބެހޭ މަރުކަޒުގެ މުދައްރިސުންގެ ފެންވަރު މަތިކުރަނީޚަބަރު | 2 އަހަރު ކުރިން