logoEN
ޚަބަރު

ވަޒީރުގެ ޚިޔާލެއް: ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބޭއްވޭނީ އޮޑިޝަންތަކަށް ފަހު އެންމެ މޮޅު ބައިވެރިންގެ މެދުގައި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު: ވަޒީރު ވަނީ ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ހިނގާ ގޮތަށް ބަދަލު ގެނައުމަށް ޚިޔާލެއް ހުށަހަޅުއްވާފައި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު: ވަޒީރު ވަނީ ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ހިނގާ ގޮތަށް ބަދަލު ގެނައުމަށް ޚިޔާލެއް ހުށަހަޅުއްވާފައި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

30 ޖެނުއަރީ 2025 - 06:58

ކީރިތީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިހާރު ހިނގާ ގޮތް ބަދަލުކުރަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އާންމުންނަށް ޚިޔާލެއް ހުށަހަޅުއްވައިފިއެވެ.

ގުރްއާނާ ކިޔެވުމުގެ ގައުމީ މުބާރާތް މިހާރު އޮންނަ ގޮތުން، އެ މުބާރާތުގައި ބައިވެރިވާ ސްކޫލުތަކާއި މުއައްސަސާތަކުން ހުށަހަޅާ ހުރިހާ ބައިވެރިންނަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. އެހެންކަމުން ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، އެ މުބާރާތުގައި ގާތްގަޑަކަށް ހާހެއްހާ ބައިވެރިން ބައިވެރިވެއެވެ.

އެހެން ނަމަވެސް ވަޒީރު ޝަހީމް އާންމުންނަށް ހުށަހެޅުއްވި ޚިޔާލުގައި އެ މުބާރާތުގައި ބައިވެެރިވާ ބައިވެރިންނަކީ، އޮޑިޝަންތަކަކަށް ފަހު ހޮވޭ އެންމެ މޮޅު ބައިވެރިންނަށް ވުމަށް ވަނީ ހުށަހަޅާފައެވެ. އޭރުން އެ މުބާރާތުގައި އިންސާފުކުރެވޭނީ ސީދާ އެ ފަރާތްތަކުގެ މެދުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން އިންސާފުކުރެވެނީ ސްކޫލުތަކާއި މުއައްސަސާތަކުގެ މެދުގައި ކަމަށާއި، ސްކޫލު ދަރިވަރުން އެ މުބާރާތުގައި ބައިވެރިވާއިރު ޔުނީފޯމު ވެސް އަޅާކަމަށެވެ. އަދި އެކަންކަމަކީ ވެސް ބޭނުންތެރި ކަމެއް ނޫން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

އެއާއެކު އާންމުންނަށް އެ ޚިޔާލަށް، ޚިޔާލު ފާޅުކުރުމަށް ހުޅުވާލަމުން ވަޒީރު ވިދާޅުވި ގޮތުގައި، ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި މިހާރު ދިމާވާ މައްސަލައަކީ، ކުރިން ތައުލީމާ ބެހޭ ވުޒާރާއިން ބޭއްވި ސްކޫލުތަކުގެ ގުރްއާން ކިޔެވުމުގެ މުބާރަތް އުވާލައި އެ މުބާރާތާއި، ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތާ އެއްކޮށްލުމެވެ. އެގޮތުން ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ މަޖިލީހުން ގެންދާ މުބާރާތެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، މިއަހަރުން ފެށިގެން ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވާނީ ސަރުކާރުގެ ބަޖެޓުގެ ޚަރަދުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވަނިކޮށެވެ.

އެގޮތުން މިއަދު އެ ވުޒާރާގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމުގައި ބުނީ، ސީދާ ސަރުކާރުން ހަރަދުކޮށްގެން ގައުމީ ގުރުއާން މުބާރާތް ބާއްވަން ނިންމީ، އެއީ އަގުބޮޑު އިނާމުތަކެއް ލިބޭ މުބާރާތަކަށް ހައްދަވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ އަމާޒަށް ވާސިލްވުމަށް ކަމަށެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder