logo
E-Platinum
ޚަބަރު

"ފަރީދު" އަދި ވެސް ނުފެނޭ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
18 ސެޕްޓެމްބަރު 2024 - 09:19
ގެއްލިގެން އުޅޭ ހާލު "ފަރީދު"
ގެއްލިގެން އުޅޭ ހާލު "ފަރީދު"

އިއްޔެ އައްޑޫ ސިޓީގެ ހުޅުދޫގެ ގެއަކުން "ފަރީދު" ނަމަކަށް ކިޔާ ހާލެއް ގެއްލިގެން، އެ ހާ ހޯދަން ސޯޝަލް މީޑިޔާއަށް ޕޯސްޓެއް ދޫކުރިއެވެ. އެ ޕޯސްޓުގައި ބުނީ، ހާ ގެއްލިގެން، އެ ހާ ހޯދައިދޭ މީހަކަށް ފައިސާގެ އިނާމު ވެސް ދޭން ނިންމާފައިވާ ކަމަށެވެ.

"ފަރީދު" ނުވަތަ އެ ހާ ހޯދައިދޭ މީހަކަށް 15،000 ރުފިޔާ ދޭނެ ކަމަށް ބުނި އެ ޕޯސްޓާއެކު، މުޅި ސޯޝަލް މީޑީޔާގައި އެ ޕޯސްޓު ވައިރަލްވިއެވެ. މިއަދު އެ ހާ ގެއްލުނު ހާދިސާއަށް 24 ގަޑިއިރު ވެފައިވާއިރު، އަދި ވެސް "ފަރީދު" ނުފެނެއެވެ.

އެކަމާ ގުޅިގެން "ފަރީދު" ބަލަހައްޓާ ފަރާތުން "މެންދުރު ޓީވީ" އަށް ބުނި ގޮތުގައި، "ފަރީދު" ގެއްލުނީ ހޯމަ ދުވަހުގެ ހަވީރުގެ ފަހުންނެވެ. އެގޮތުން "ފަރީދު" އެގޭގައި ނެތްކަން ފާހަގަވީ، އިއްޔެ ހެނދުނު "ފަރީދު" ނުގޮވުމުން ކަމަށް އެމީހާ ބުންޏެވެ. އެއާއެކު "ފަރީދު" ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެ އާއިލާއިން ބުނި ގޮތުގައި އިއްޔެއިން ފެށިގެން ފަރީދު ގެއްލިފައިވާއިރު، ފަރީދާއި އެކު އެ ގޭގައި ގެނގުޅުނު ކުކުޅު އަޅާފައިވާ ފަސް ބިސް ވެސް އިޔެވަނީ ހެޗްވެފައެވެ. ފަރީދު ގެއްލުނު ނަމަވެސް، އެގޭގައި ގެންގުޅޭ ކުކުޅު އެބައުޅޭ ކަމުގައި އެމީހާ ބުންޏެވެ.

އެ އާއިލާއިން ފަރީދު ގެންގުޅެނީ ނުލާހިކު ލޯބިން، ގޯތި ތެރެއަށް ދޫކޮށްގެންނެވެ. އެ ހާލުގެ ކަނާތު ފައިގައި ރަން ކެވެލި ވެސް އޮންނާނެއެވެ. "ފަރީދު" ފެނިއްޖެ ނަމަ، 7587911 ނުވަތަ 9988929 ނަމްބަރަށް ގުޅުމަށް އެ އާއިލާއިން އެދެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގެ ސަވާހިލި ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ހުޅުވާލައިފިޚަބަރު | 4 މަސް ކުރިންއައްޑޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް 1,000 ކިލޯވޮޓުގެ އިންޖީނެއްޚަބަރު | 5 މަސް ކުރިންއައްޑޫސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ މަސައްކަތަށް ލަފާ ދޭނެ ބަޔަކު ހޯދަނީޚަބަރު | 5 މަސް ކުރިންއައްޑޫގައި މީހަކު ރަހީނުކުރި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފިޚަބަރު | 6 މަސް ކުރިން