logoEN
ޚަބަރު

މަސްވެރިކަމުގެ ދާއިރާއަށް ބޭރުގެ އިންވެސްޓުތައް ދަނީ ލިބެމުން މިހާރުވެސް 4.5 ބިލިއަން ރުފިޔާ ހަމަޖެހިއްޖެ:ޝިޔާމް

ހުސައިން ވަސީމްހުސައިން ވަސީމް

09 ޖޫން 2025 - 13:47

މަސްވެރިކަމުގެ ސިނާއަތުގެ އެކިދާއިރާތަކުން މަސައްކަތްތައް ކުރުމަށް 4.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި މިނިސްޓަރ ޝިޔާމް ވިދާޅުވީމަސްވެރިކަމުގެ ސިނާއަތަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން އެހާބޮޑު ސަމާލުކަމެއް ދީފައިވާ ސިނާއަތެއް ނޫން ކަމަށެވެ.މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވި އެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަކީ ބޭރުގެ ފަރާތްތަކުން އިންވެސްޓު ކުރާ ދާއިރާއަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސްވެރިކަމަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ނުލިބެނީ ވޭތުވެ ދިޔަ ސަރުކާރުތަކުން އެހާ ބޮޑު ސަމާލުކަމެއް ދީފައި ނުވާތީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.އެ ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތތަކެއް ކުރަމުން އަންނަކަމަށާ އެ ކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.ކުރީގެ ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތް ކުރި ނަމަ މި ދާއިރާ މިހާލަތުގައި ނޯންނާނެ ކަމަށް ޝިޔާމް ވިދޅާުވި އެވެ.

ޝިޔާމް ވިދާލުވީ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ދާއިރާ އަކީ ފައިދާ ހުރި އަދި ބޭރުގެ އިންވެސްޓަރުންވެސް ޝައުގުވެރިވާ ދާއިރާއަކަށް ހެދުން ކަމަށެވެ. މީގެ ކުރިން ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ރާއްޖޭގެ މަސްވެރިކަމަށް ނުލިބުނީވެސް ސަރުކާރުތަކުން މި ސިނާއަތަށް އެހާ ބޮޑަށް އަޅަނުލުމުން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، ވެލިއު އެޑިޝަން އިތުރުކޮށް، ކަނޑުގެ ވަސީލަތްތަކުން އިޖްތިމާޢީ އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފިނިކުރި އަދި ތާޒާ ކަނޑުމަހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން 28،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 15،000 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %78 އިތުރުވުމެކެވެ.ކަނޑުމަސް ނުލައި ރާއްޖެއިން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރި ފިނިކުރި އަދި ތާޒާ މަހުގެ އަދަދަކީ 229 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 163 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %40 އިތުރުވުމެކެވެ.

ކޮމެންޓް

871x217_placeholder