logoEN
ޚަބަރު

ލަންކާގެ ދެހިވަލަ ޒޫ އިން 500،000 ރުޕީސްގެ މަކާއޯ އެއް ވަގަށް ނެގި މައްސަލައެއް ބަލަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

09 ޖޫން 2025 - 14:02

ސްރީލަންކާގެ ދެހިވަލަ ނެޝަނަލް ޒޫގައި ގެންގުޅޭ 5 ލައްކަ ރުޕީސް (1672 ޑޮލަރު) އަށްވުރެ އަގުބޮޑު ނޫ ކުލައާއި ރީނދޫކުލައިގެ މަކޯއެއް ވަގަށް ގެންގޮސްފައިވާ މައްސަލަ ދެހިވަލަ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު ކަމަށް ލަފާކުރެވޭއިރު، އެ ސަރަހައްދުގައި ހުރި ފިހާރައެއްގެ ސީސީޓީވީ ކެމެރާއިން ޒޫ ސަރަހައްދުގައި މީހަކު އުޅޭތަން ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޒޫގެ އިސްވެރިން ހާމަކުރި ގޮތުގައި މި މަކާއޯ ވަގަށް ނަގާފައި ވަނީ އެއް ގޮޅިއެއްގައި ބައިތިއްބާފައި ތިބި 30 ނޫ އަދި ރީނދޫ މެކޯގެ ތެރެއިންނެވެ.

މަކާއޯ އެއް މަދުކަން ފާހަގަކުރެވުނީ ޖެހިގެން އައި ދުވަހު ހެނދުނު ޒޫ ބަލަހައްޓާ މީހަކަށެވެ. އަދި އޭނާ ބެލިއިރު އެ ގޮޅީގެ ތަޅު ހުރީ ހަލާކުކޮށްލާފައެވެ. މި ކަން ފާހަގަކުރެވުމާއެކު އޭނާ ވަނީ ވަގުތުން ޒޫގެ އިސްވެރިންނަށް އެކަން އަންގާފައެވެ.

އިތުރަށް ބެލުމަށްފަހު އެއް މެކޯ މަދުވެފައިވާކަން ޔަގީންވުމާއެކު، ޒޫގެ ސެކިއުރިޓީ ޑިޕާޓްމަންޓުން ވަނީ ދެހިވަލަ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.

މިފަދަ ހާދިސާއެއް މީގެ ކުރިންވެސް ހިނގާފައިވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު ހަމަ މި ގޮޅިން ނޫ އަދި ރީނދޫ މަކޯއެއް ވަގަށް ނެގުމަށްފަހު ރަތުމަލާނާގެ ގެއެއްގައި އިންދާ ވަނީ ހޯދިފައެވެ.

މި މައްސަލައިގައި ފުލުހުން މިހާރު ދަނީ ސީސީޓީވީ ފުޓޭޖާއި ޒޫގެ ރެކޯޑްތައް ބަލައި ތަޙުޤީޤު ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް

871x217_placeholder