logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބޭބީ ގޯޓް ލަމީން ޔަމާލް

އަބްދުﷲ ޣާނިމް
9 ޖޫން 2025 - 15:01
ޔަމާލްއަކީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނަންހިނގާ އެއް ކުޅުންތެރިޔާ
ޔަމާލްއަކީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނަންހިނގާ އެއް ކުޅުންތެރިޔާ

ބާސެލޯނާ އަދި ސްޕެއިނުގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ އަގު މިވަގުތު ވަނީ ދުނިޔޭގައި މިވަޤުތު ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑުކުރެވިއްޖެއެވެ.
ފުޓްބޯޅަ ދުނިޔޭގެ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގައި އެންމެ އިތުބާރުހުރި ވެބްސައިޓް ކަމުގައިވާ ޓްރާންސްފަރމާކެޓުން މިއަދު ވަނީ މިކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން އޭނާގެ އަގޮކޮށްފައިވަނީ 200 މިލިޔަން ޔޫރޯގައެވެ. މީގެކުރިން މިމަޤާމުގައި އޮތީ ރެއާލް މެޑްރިޑްގެ ވިނީޝިއުސްއެވެ. ނަމަވެސް އަލަށް ނެރުނު ލިސްޓުގައި ވިނީޝިއުސްގެ އަގުވަނީ 30 މިލިޔަން ޔޫރޯދަށްވެ، ތިންވަނައަށް ވެއްޓިފައެވެ.

އުމުރުން އެންމެ 17 އަހަރުގެ ޔަމާލް ވޭތުވެދިޔަ އަހަރު ތެރޭގައި ވަނީ ބާސެލޯނާއަށް ޑޮމެސްޓިކް ޓްރެބަލް ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން ސްޕެއިންގެ ޤައުމީ ޓީމާއެކު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައިވެސް ޔަމާލް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާސެލޯނާގެ ލާ މާސިޔާ އެކަޑަމީއިން ތަމްރީނުވެފައިވާ ޔަމާލް، މިހާރު ވަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި ކުރިޔަތް އޮތްތަނުގައި ޔަމާލް ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިންތެރޭގައި ހިމެނޭނެއެވެ. އޭނާ ބާސެލޯނާ އަދި ސްޕެއިނުގައި ދައްކަމުންދާ ފެންވަރު ރަނގަޅު ކުޅުމެދު ގިނަބައެއްގެ ތަޢުރީފު ދަނީ އޮހޮމުންނެވެ. އަދި ޔަމާލް އަކީ ކުރިޔަށް އޮތް ބެލަންޑިއޯ އެވޯޑަށް މިއަހަރު އެންމެ ވާދަކުރާނެ އެއް ކުޅުންތެރިޔާއެވެ.

ޔަމާލްގެ މި އަގުބޮޑުވުމަކީ އޭނާ ދައްކަމުންދާ މޮޅު ކުޅުމާއި، އުމުރާއި، އޭނާގެ ކޮންޓްރެކްޓާއި ކުރިމަގުގައި އިތުރަށް ތަރައްޤީވެ ކުރިއަރައި ދިއުމުގެ ފުރުސަތު އޮތް މިންވަރަށް ބަލައި ކަނޑައެޅިފައިވާ އަގެކެވެ. ބާސެލޯނާގެ ޖާރޒީގައި ޔަމާލް މިހާތަނަށް 4 ތަށްޓެއް ކާމިޔާބުކޮށްފައިވާއިރު، ޔަމާލް ވަނީ މިދިޔަ އަހަރުގައި ސްޕެއިންއަށް ޔޫރޯ ކާމިޔާބުކޮށްދިނުމުގައި މުހިންމުދައުރެއް އަދާކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލް ޖެހިޖެހިގެން ހަމެޗުން މޮޅުކުޅުންތެރިޔާގެ މަޤާމްހޯދައި ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 3 ދުވަސް ކުރިންއައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | މަހެއް ކުރިންއެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ޑެމްބެލޭ ކާމިޔާބުކުރިއިރު، އެންމެ މޮޅު ފޯވާޑްގެ އެވޯޑް ޔަމާލް އަށްކުޅިވަރު | މަހެއް ކުރިންވޯލްޑްކަޕް މިފަހަރު ކާމިޔާބުކުރާނީ ސްޕެއިން - ޔަމާލްކުޅިވަރު | 2 މަސް ކުރިން