logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ފެރާރީގެ ތެޔޮހުސްނުވަނީސް ޔަމާލްގެ މަންޖެ ބެޗީތަ؟

އަބްދުﷲ ޣާނިމް
2 ސެޕްޓެމްބަރު 2025 - 11:41
ނިކޯލްގެ އުފަންދުވަހުގައި ޔަމާލް ދިން ކަމަށް ބެލެވޭ ފެރާރީ
ނިކޯލްގެ އުފަންދުވަހުގައި ޔަމާލް ދިން ކަމަށް ބެލެވޭ ފެރާރީ

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް އާއި އާޖެންޓީނާގެ މަޝްހޫރު ލަވަކިޔުންތެރި ނިކީ ނިކޯލްގެ ގުޅުން ނިމުމަކަށް އައިސްފި ކަމަށް ލަފާކުރެވޭ ކަހަލަ ކަންތައްތަކެއް ފާހަގަކުރެވިއްޖެއެވެ. އަދި މިކަން ވަނީ ބައެއް ނޫސްތަކުން ރިޕޯޓްވެސް ކޮށްފައެވެ.

މި ދެ މަޝްހޫރު ތަރިން ގުޅުމެއް އޮތް ކަމަށް ޚަބަރުތައް ފެތުރެން ފެށީ ނިކީ ނިކޯލް ބާސެލޯނާގެ މެޗެއް ބަލަން ސްޓޭޑިއަމަށް ޒިޔާރަތްކުރި ފަހުންނެވެ. އޭގެ ފަހުން މި ދެ މީހުން އެކުގައި ގިނަ ފަހަރު ފެންނަމުން ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Idol neymaa aa ehgothah Yamal lhafathugai dhandu beyrun goal jahan fashaifi | Mendhuru TvTikTokYouTubeInstagramXFacebook

Idol neymaa aa ehgothah Yamal lhafathugai dhandu beyrun goal jahan fashaifi | Mendhuru TvTikTokYouTubeInstagramXFacebook

 

ނިކީ ނިކޯލްގެ 25 ވަނަ އުފަން ދުވަހާ ގުޅިގެން ލަމިން ޔަމާލް ވަނީ އޭނާއާއެކު ނެގި ފޮޓޯއެއް އިންސްޓަގްރާމްގައި ޝާއިޢުކޮށްފައެވެ. މިކަމުން މި ދެމީހުންގެ ގުޅުން ހާމަވެގެން ދިޔައެވެ. އެއީ މީގެ ހަފްތާއެއް ކުރިންނެވެ. އަދި އުފަންދުވަހުގައި ނިކޯލް އަށް ފެރާރީއެއްވެސް ހަދިޔާއަކަށް ދިންތަން ސޯސަލް މީޑިޔާގައި ހުރި ފޮޓޯތަކުން ވަނީ އޭރު ހާމަވެފައެވެ.

undefined

ނަމަވެސް މިހާރު ލަމިން ޔަމާލްގެ އިންސްޓަގްރާމް އެކައުންޓުން ނިކީ ނިކޯލްއާއެކު ނަގާފައި ހުރި ހުރިހާ ފޮޓޯތަކެއް ވަނީ ޑިލީޓްކޮށްލާފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ މި ދެމީހުންގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ލަފާކުރަމުންނެވެ. އަދި މިކަމަށް ބާރުދޭ ފޮޓޮއެއްވެސް ޔަމާލް ވަނީ މީގެ ކުރިން ދޫކޮށްލާފައެވެ.

Screenshot 2025-09-02 165332.png

WhatsApp Image 2025-09-02 at 17.00.34_6921f77d.jpg

ޔަމާލް އިންސްޓަގްރާމް އަށް ދޫކޮށްލާފައި އިން ފޮޓޮއެއް

މި މައްސަލައާ ގުޅޭގޮތުން މިހާތަނަށް ލަމިން ޔަމާލް އަދި ނިކީ ނިކޯލް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިންސްޓަގްރާމުން ފޮޓޯތައް ޑިލީޓްކުރުމާ ގުޅިގެން ފޭންސްގެ މެދުގައި ދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެރާރީ ދަބަރަށްވެ، ޔަމާލް ނިކީ ދޫކޮށްލައިފި! ބެލަންޑޯ ޔަމާލް އެނބުރި އަންނަނީ؟ކުޅިވަރު | ދުވަހެއް ކުރިންލަމީން ޔަމާލަށް 'ފަރުވާ ނުކުރެވޭ' ބައްޔެއް ޖެހި، ތަދުތައް އިތުރުވުމުގެ ބިރުހީވެއްޖެކުޅިވަރު | 3 ދުވަސް ކުރިންޔަމާލްގެ ވާހަކަތަކާގުޅިގެން ސްޕެއިން ޓީމުތެރޭގައި މައްސަލަތަކެއް، އެއްބަޔަކު އަނެއްބަޔަކާ އަން ފޮލޯ ކުރަން ފަށައިފިކުޅިވަރު | 6 ދުވަސް ކުރިން'އެމީހުންނަކީ ވަގުން'، އެލް ކްލާސިކޯގެ ކުރިން ރެއާލް މެޑްރިޑަށް ލަމީން ޔަމާލް ފާޑުކިޔައި އިންޒާރުދީފިކުޅިވަރު | 10 ދުވަސް ކުރިން