logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔަމާލް ޖެހިޖެހިގެން ހަމެޗުން މޮޅުކުޅުންތެރިޔާގެ މަޤާމްހޯދައި ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

އަބްދުﷲ ޣާނިމް
8 ފެބްރުއަރީ 2026 - 03:44
ޔަމާލް ޖެހިޖެހިގެން ހަމެޗުން މޮޅުކުޅުންތެރިޔާގެ މަޤާމްހޯދައި ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

ލަލީގާގައި ރޭ މަޔޯކާ އަތުން 3-0 އިން ހޯދި ފަސޭހަ މޮޅާއެކު، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި މޮޅާއެކު ހަންސީ ފްލިކްގެ ބާސެލޯނާއިން ވަނީ އެންމެ ގާތް ރައިވަލް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ބޮޑުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މަޔޯކާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ވެދާތު މުރީގީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ބާސެލޯނާއިން މެޗުގެ ކޮންޓްރޯލް ހޯދައި ފުރަތަމަ ލަނޑު ކާމިޔާބުކުރީ ރޮބާޓް ލެވަންޑޯސްކީއެވެ. މިއީ މާކަސް ރަޝްފޯޑާއި ޑެނީ އޮލްމޯ އުފެއްދި ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާސެލޯނާގެ ދެވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ތަރި ލަމީން ޔަމާލްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން، ގާތްގަނޑަކަށް 25 ޔާޑު ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. މެޗުގެ ފަހުކޮޅު ބާސެލޯނާގެ ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކް ބާނަލްއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ލެވަންޑޯސްކީ ވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި ޖެހިޖެހިގެން 15 ސީޒަނުގައި 10 އަށްވުރެ ގިނަ ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީއެވެ.

މީގެ އިތުރުން ލަމީން ޔަމާލް ވަނީ ލަލީގާގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު 24 އަށް އިތުރުކޮށްފައެވެ. މިއީ 21 ވަނަ ގަރުނުގައި ޔޫރަޕުގެ ގަދަ ފަސް ލީގުގައި 19 އަހަރުން ދަށުގެ ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހި ރެކޯޑެވެ. މި ރެކޯޑު ކުރިން އޮތީ ކީލިއަން އެމްބާޕޭ އަތުގައެވެ. މިމެޗުގައި ޔާމާލް ވަނީ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދައި އެންމެފަހުން ކުޅުނު ހަ މެޗުން މޭންއޮފްދަ މެޗު ހޯދާފައެވެ.

މި ނަތީޖާއާއެކު ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ރެއާލް މެޑްރިޑަށް މި ފަރަގު ކުޑަކުރުމުގެ ފުރުސަތު ލިބޭނީ އާދީއްތަ ދުވަހު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީއާއި ޔަމާލުގެ ސަޕޯޓަރުންނަށް ހިތްދަތި ޚަބަރެއް، ފައިނަލީސިމާ ކެންސަލްކުޅިވަރު | 11 ދުވަސް ކުރިންޔަމާލުގެ މޮޅުވި ޖާދޫ ގޯލާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ހަތަރު ގޯލުގެ ލީޑެއް ނަގައިފިކުޅިވަރު | 18 ދުވަސް ކުރިންލަމީން ޔަމާލްއަށް ޕީއެސްޖީން 250 މިލިއަން ޔޫރޯ ހުށަހެޅިކަން ލަޕޯޓާ ކަށަވަރުކޮށްދީފިކުޅިވަރު | މަހެއް ކުރިންޔަމާލުގެ ބިޓު ގެއްލުމާއެކު މިފަހަރުގެ ވެލަންޓައިންސް ޑޭ ގެ ހަދިޔާ މެޑްރިޑްގެ ސަޕޯޓަރުންނަށް ދީފިކުޅިވަރު | މަހެއް ކުރިން