logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިންޓަރ މިލާންގެ އައު ކޯޗަކަށް ކްރިސްޓިއަން ޗިވޫ އައްޔަންކޮށްފި

އަބްދުﷲ ޣާނިމް
9 ޖޫން 2025 - 15:31
ޗިވޫ އިންޓަރގެ ކޯޗުކަމަށް ޢައްޔަނުކޮށްފި
ޗިވޫ އިންޓަރގެ ކޯޗުކަމަށް ޢައްޔަނުކޮށްފި

އިންޓަރ މިލާންގެ ކުރީގެ ޑިފެންޑަރު ކްރިސްޓިއަން ޗިވޫ، އެ ކުލަބުގެ އައު ހެޑް ކޯޗުގެ މަގާމަށް އައްޔަންކޮށްފިއެވެ. ޗިވޫ ކޯޗުކަމަށް ޢައްޔަންކޮށްފައިވަނީ ސިމޯނެ އިންޒާގީ އެ މަގާމުން ވަކިވިތާ އެއް ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

44 އަހަރުގެ ޗިވޫ އާއެކު ސޮއިކޮށްފައިވަނީ 2026-27 ސީޒަންގެ ނިޔަލަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ އިންޓަރއާ ގުޅުނީ ޕާމާގެ ކޯޗުކަމުގައި ހޭދަކުރި ހަތަރު މަސްދުވަހުގެ މުއްދަތަކަށްފަހުގައެވެ. ޕާމާގައި ހުރެ ޗިވޫ ވަނީ އެ ޓީމު ސެރީއާގައި ހިފެހެއްޓުމަށް މަގުފަހިކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޅުންތެރިއެއްގެ ގޮތުގައި ޗިވޫ ވަނީ އިންޓަރ މިލާންގައި ހަތް އަހަރު ހޭދަކޮށްފައެވެ. އަދި ކޯޗިންގ ދާއިރާއިން އޭނާގެ ކެރިއަރު ފެށީވެސް މިލާނޯގައެވެ. 2018 އިން 2024 އަށް އޭނާ ވަނީ އިންޓަރގެ އަންޑަރ 14، އަންޑަރ 17، އަންޑަރ 18 އަދި ޕްރިމަވެރާ ޓީމުތަކުގެ ކޯޗުކަން ކޮށްފައެވެ.

ޗިވޫގެ އައްޔަންކުރުން އައިސްފައިވަނީ އިންޒާގީ އެ މަގާމުން ވަކިވުމަށްފަހުގައެވެ. އިންޒާގީ ވަނީ ސައުދީ ޕްރޯ ލީގުގެ އަލް-ހިލާލްގެ ކޯޗުކަމާ ހަވާލުވެފައެވެ. އިންޒާގީ އިންޓަރ ދޫކޮށްލީ ޗެމްޕިއަންސް ލީގު ފައިނަލްގައި ޕީއެސްޖީން 5-0 އިން ބަލިވުމަށްފަހު، ސީޒަނުގެ އެންމެ ފަހު ކާމިޔާބީތައް އަތުން ބީވެގެން ދިޔުމާ ގުޅިގެންނެވެ.

GsoXKy4XAAA0HQI.jpeg

އިންޒާގީ ވަނީ މިދިޔަ ހަފްތާގައި އަލް ޙިލާލްގެ ކޯޗުކަމާއި ހަވާލުވެފައި

 

އިންޒާގީގެ ހަތަރު އަހަރުގެ ދައުރުގައި އޭނާ ވަނީ އެއް ސެރީއާ، ދެ ކޮޕާ އިޓާލިއާ، ތިން ސުޕަރ ކޮޕާ އިޓާލިއާނާ ހޯދައިދީފައެވެ. އަދި ޗެމްޕިއަންސް ލީގު ފައިނަލަށް ދެފަހަރު (2023 އަދި 2025) ޓީމު ގެންގޮސްދީފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން