logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާގެ ސަރުކާރުގެ ހަތަރު މިނިސްޓްރީއެއް ހިންގުމަށް ވަގުތީ މިނިސްޓަރުން ހަމަޖައްސައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖޫން 2025 - 04:49
ލަންކާގެ ސަރުކާރުގެ ހަތަރު މިނިސްޓްރީއެއް ހިންގުމަށް ވަގުތީ މިނިސްޓަރުން ހަމަޖައްސައިފި

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނާޔަކަ، ލަންކާގެ ސަރުކާރުގެ ހަތަރު ވުޒާރާއަކަށް ވަގުތީ މިނިސްޓަރުން ހަމަޖައްސަވައިފިއެވެ.

ސްރީލަންކާގެ ސަރުކާރަށް ވަގުތީ މިނިސްޓަރުންތަކެއް ހަމަޖައްސާފައި މިވަނީ އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނާޔަކަ، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ޒިޔާރަތާ ގުޅިގެންކަމަށް އެ ޤައުމުގެ މީޑިއާ ރިޕޯޓުތައް ބުނެފަވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގޮތުން ވަގުތީ މިނިސްޓަރުން ހަމަޖެއްސެވި ވުޒާރާތަކުގެ ތެރޭގައި ރައީސްގެ ބެއްލެވުމުގެ ދަށުން ހިންގަވާ މިނިސްޓްރީ އޮފް ޑިޖިޓަލް އިކޮނޮމީ، މިނިސްޓްރީ އޮފް ޑިފެންސް އަދި މިނިސްޓްރީ އޮފް ފިނޭންސް، ޕްލޭނިންގ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިތުރުން، މިނިސްޓަރ ވިޖިތަ ހެރަތް ހިންގަވާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ހިމެނެއެވެ.

ވަގުތީ މިނިސްޓަރުންގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނަކީ، ފިނޭންސް، ޕްލޭނިންގ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް ލޭބަރ މިނިސްޓަރ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޑރ. އަނިލް ޖަޔަންތަ ފަރނޭންޑޯ އެވެ.

ޑިޖިޓަލް އިކޮނޮމީގެ މަޤާމަށް އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އެރަންގާ ވީރަރަތްނެ އެވެ. ޑިފެންސްގެ މަޤާމަށް އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަރުނަ ޖަޔަސޭކަރަ އެވެ. އަދި ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމްގެ މަޤާމަށް އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަރުން ހެމަޗަންދްރަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ، 52 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާ އަށް ފުރައިފިޚަބަރު | 9 ދުވަސް ކުރިންސްރީލަންކާގައި ދިވެހި އައިޑެންޓިޓީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ފަށައިފިޚަބަރު | 2 މަސް ކުރިންލަންކާގައި އުޅޭ ދިވެހިން އެ ޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފިޚަބަރު | 2 މަސް ކުރިންޓެލެތޯން މެދުވެރިކޮށް ދިވެހިންވީ ލާމަސީލު އެހީ ލަންކާއާ ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިން