logo
E-Platinum
ކުޅިވަރު

އެފްރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް އިންގްލަންޑް ބަލިކޮށްފި

އަބްދުﷲ ޣާނިމް
11 ޖޫން 2025 - 04:15
ސެނެގޯލް އިނގިރޭށިން ކޮޅަށް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ
ސެނެގޯލް އިނގިރޭށިން ކޮޅަށް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

އިނގިރޭސި ޤައުމީ ޓީމުގެ އެފްރިކާގެ ޤައުމެއްކަމަށްވާ ސެނެގާލް އަތުން ފްރެންޑްލީ މެޗެއްގައި ބަލިވެއްޖެއެވެ.

ނޮޓިންގަމް ފޮރެސްޓްގެ ސިޓީ ގްރައުންޑްގައި ކުޅުނު މި މެޗުގައި ހެރީ ކޭން ވަނީ 7 ވަނަ މިނެޓްގައި އިނގިރޭސި ޓީމަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް އިސްމާއިލާ ސަރް، ހަބީބް ދިއާރާ އަދި ސަބްސްޓިޓިއުޓް ޗެއިކް ސަބަލީގެ ލަނޑުތަކާއެކު ސެނެގަލްވަނީ އިނގިރޭސި ޓީމު ބަލިކޮށް ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މިއީ އެފްރިކާގެ ޓީމަކުން އިނގިރޭސި ޓީމު ބަލިކުރި ފުރަތަމަ ފަހަރެވެ. މިމެޗު ސެނެގާލް އިން ކާމިޔާބުކުރީ 3-1 އިންނެވެ.

އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު 10 ބަދަލާއެކު އެކުލަވާލި ފުރަތަމަ 11 ގައި ކުޅުނު މި މެޗުގައި، ޖޫޑް ބެލިންގަމްގެ ލަނޑު ވީއޭއާރުން ބާތިލްކުރުމާ ގުޅިގެން އިނގިރޭސި ޓީމުގެ ސަޕޯޓަރުން ވަނީ ޓީމަށް ފާޑުކިޔާފައެވެ.

އިނގިރޭސި ޓީމުގެ ކުރީގެ ކޯޗު ގެރެތް ސައުތްގޭޓްގެ ދަށުން ޔޫރޯ ޗެމްޕިއަންޝިޕްގެ ފައިނަލަށާއި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ގޮސްފައިވާ އިނގިރޭސި ޓީމުގެ މައްޗަށް ސަޕޯޓަރުން ކުރާ އުއްމީދުތައް ބޮޑުކަމަށް ޓުޗެލް ފާހަގަކުރެއްވިއެވެ. އަދި ސެޕްޓެމްބަރުގައި ކުޅޭ މެޗުތަކުގައި ޓީމު ވާދަވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިނގިރޭސި ފުޓްބޯޅަ ޓީމަށް ފަހުގެ ތާރީޚުގައި ބޮޑެތި މުބާރާތްތަކުގައި މާބޮޑު ކާމިޔާބީއެއް ލިބިފައި ނުވާއިރު، ވޯލްޑްކަޕް ފެށެން މިހާރުމިވަނީ އަހަރަކަށްވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަރުމަނު ބަލިކޮށް އަންޑަރ 21 ޔޫރޯ 4 ވަނަ ފަހަރަށް އިންގްލަންޑް ކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިންއެފްރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް އިންގްލަންޑް ބަލިކޮށްފިކުޅިވަރު | 2 މަސް ކުރިންލެޓްވިޔާގެ ބަލިކޮށް އިންގްލެންޑުން ކޮލިފިކޭޝަން ފެށީ ގަދަކޮށްކުޅިވަރު | 4 މަސް ކުރިންޓުޗެލްގެ ފުރަތަމަ މެޗުގައި އިންގްލަންޑް މޮޅުވެއްޖެކުޅިވަރު | 4 މަސް ކުރިން