logoEN
ޚަބަރު

މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފި

ޝަހްޒާ މުހައްމަދު ޝަހްޒާ މުހައްމަދު

11 ޖޫން 2025 - 04:31

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރު މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ. މިސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިމިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން މެންދުރު 14:30 އާއި ހަމައަށެވެ.

ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި، އެ ސަރަހައްދުތަކަށް، 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިޔަށް އޮތް 5 ދުވަހަށް މޫސުން ގޯސްވާނޭކަމަށް ވަނީ ލަފާކޮށްފައެވެ.

ވިލާގަނޑުގައި ކަނޑުތައް ގަދަވުމުގެ ސަބަބުން ހުރިހާ ފަރާތްތަކުން، ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

871x217_placeholder