logo
E-Platinum
ޚަބަރު

ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައެއްނުލަން: ފެނަކަ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ޖޫން 2025 - 01:36
ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައެއްނުލަން: ފެނަކަ

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިރޭ ބުނެފިއެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ މަޝްރޫޢުގެ މަސައްކަތް ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

2019 ވަނަ އަހަރު އިންޑިއާގެ އެހީއާއެކު ފެނަކައާއި ހޯރަފުށީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފެށުނު މި މަޝްރޫޢުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގޮސްފައިވާ ގޮތް ފެނަކައިން ހާމަކޮށްފައިވެއެވެ. އެގޮތުން، މަޝްރޫޢު ފެށި ފަހުން ދެ އަހަރު ވަންދެން ކޮށްފައިވަނީ ހަމައެކަނި ބިމުގައި ވަށައިގެން އިންފާރު ރޭނުމުގެ މަސައްކަތް ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުއަށް މިހާތަނަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. މީގެ ތެރޭގައި އިންޑިއާ ސަރުކާރުގެ 9 މިލިއަން ރުފިޔާގެ އެހީއާއި، ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ޚަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމެނެއެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ނިމިފައިވަނީ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ޕްލާންޓުގެ އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑިއާއި މޭޒު ހުރި ނަމަވެސް، މަސައްކަތަށް ބޭނުންވާ މެޝިނަރީގެ ބޮޑު ބައެއް އަދިވެސް ހުރީ ރޭވި ނުނިމި ކަމަށާއި، އިމާރާތުގެ އެތެރޭގައި ނިންމަންޖެހޭ ބައެއް މަސައްކަތްތައްވެސް ހުރީ ނުނިމި ކަމަށް ފެނަކައިން ފާހަގަކޮށްފައިވެއެވެ.

ކުންފުނީގެ މާލީ ހާލަތަށް ރިޢާޔަތްކޮށް، މަސައްކަތެއް ނެތި ތިބި މުވައްޒަފުންނަށް މުސާރަ ދިނުމަކީ މި ވަގުތު ކުރެވެން އޮތް ކަމަކަށް ނުވާތީ، އެ މުވައްޒަފުން ވަކިކުރި ނަމަވެސް، ޕްލާންޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ފެނަކައިގެ ބޯޑުން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފެނަކައިން އިތުރަށް ބުނެފައިވަނީ، އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، އަންނަ މަހު މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޕްލާންޓުގެ މަސައްކަތް ނިމުނު ހާ އަވަހަކަށް އެ ތަން ހިންގުމ ދި ޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކުރާނެ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ އުފުލައިފިޚަބަރު | 4 ދުވަސް ކުރިންފެނަކައިގެ އާ ޗެއާމަނަކަށް ޝާމް ޚަބަރު | 8 ދުވަސް ކުރިންފެނަކައިގެ މާލީ ހާލަތު ރަނގަޅުވެ، ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވިއްޖެ: އެމްޑީ ނަޖާހް ޚަބަރު | 13 ދުވަސް ކުރިންމޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ރުކުމާޚަބަރު | 15 ދުވަސް ކުރިން