logo
E-Platinum
ކުޅިވަރު

ގްޔޯކެރޭޝް އާއީ ސްޕޯޓިންގްގެ ރައީސް އާއި ދެމެދު ހަނގުރާމަކުރަނީ

އަބްދުﷲ ޣާނިމް
12 ޖޫން 2025 - 06:40
ވިކްޓޯ ގްޔޯކެރޭޝް
ވިކްޓޯ ގްޔޯކެރޭޝް

މި އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯގައި ގްޔޯކެރޭޝް ދޫކޮށްނުލައިފިނަމަ ސްޕޯޓިންގ އަށް ދެން އެއްވެސް މެޗެއް ނުކުޅޭނެ ކަމަށް ވިކްޓަރ ގިއޯކެރެސް އިންޒާރުދީފިއެވެ.
ގްޔޯކެރޭޝް ވަނީ މިދިޔަ ސީޒަނުގައި ޕޯޗުގަލްގެ ސްޕޯޓިންގ އަށް 52 މެޗުން 54 ގޯލާއެކު 13 އެސިސްޓްހަދައި، ނިމިދިޔަ ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ސްޓްރައިކަރުންގެ ތެރޭގައި ހިމެނިފައެވެ.

ސްވިޑަންގެ 27 އަހަރުގެ މިކުޅުންތެރިޔާގެ ސޮއި ހޯދުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ ކުލަބުތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ސޮއި ހޯދުމުގެ ރޭހުގައި މިވަގުތު ކުރީގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑާއި އާރސެނަލްއެވެ. އާރސެނަލް އިން ލައިޕްޒިގް ގެ ފޯވާޑް ބެންޖަމިން ސެސްކޯގެ ސޮއި ހޯދުމާއި ގާތުގައި ވާކަމަށް ގިނަ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާއިރު، މިވަގުތު ގްޔޯކެރޭޝްގެ ސޮއި ހޯދުމުގެ އެންމެ ކުރީގައި އުޅެނީ ޔުނައިޓެޑެވެ.

59 މިލިއަން ޕައުންޑަށް އޭނާ ދޫކޮށްލުމަށް ސްޕޯޓިންގ އާއެކު "ޖެންޓްލްމަން އެގްރީމެންޓެއް" އޮތް ކަމަށް ގިއޯކެރެސް ގަބޫލުކުރާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިގޮތަށް ކުލަބުންވެސް މީގެ ކުރިން އެއްބަސްވެފައިވާއިރު، ސްޕޯޓިންގް ގެ ސްޕޯޓްސް ޑިރެކްޓަރު މަޤާމުން އިސްތިއުފާ ދިންފަހުން ކުލަބުގެ ރައީސްގެ ރާގު މިހާރުވަނީ މުޅިން ބަދަލުވެފައެވެ. އަދި ކުލަބުން މިހާރު އޭނާ ވިއްކާލުމަށް ޑިމާންޑްކުރާ އަދަދު 80 މިލިޔަން ޕައުންޑް އަށް އަރާނެކަމަށް ބެލެވެއެވެ.

ސްޕޯޓިންގގެ ރައީސް ވަނީ މިފަދަ އެއްބަސްވުމެއް އޮތް ކަމަށް ދެކޮޅު ހަދައި، "އިންޒާރާއި ބިރުދެއްކުމުން މަސައްކަތެއް ނުކުރާނެ" ކަމަށް ބުނެފައެވެ. މި ބަސްތަކުން ގިއޯކެރެސް ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ގްޔޯކެރޭޝް ވަނީ މިކަމާއި ހިތްހަމަނުޖެހި، ކުލަބުގެ ރައީސްއަށް ޕްރެޝަރ ކުރުމަށް ކުރިޔަށް އޮތް ސީޒަނުގައި ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިނުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިއުގޯ އެކިޓިކެ ގެ ސޮއި ހޯދުމަށް ލިވަޕޫލުން ތައްޔާރުވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންއިސާކްގެ ސޮއި ހޯދުމަށް ލިވަޕޫލުން ރެކޯޑް އަގެއް ހުށަހަޅައިފިކުޅިވަރު | ދުވަހެއް ކުރިންއެމީ މާރޓީނޭޒްގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ފަށައިފިކުޅިވަރު | ދުވަހެއް ކުރިންލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | 3 ދުވަސް ކުރިން