ބަޔާން މިއުނިކް ދޫކޮށް ލެރޯއީ ސާނޭ ގަލަޓަސަރާއީ އަށް
12 ޖޫން 2025 - 07:25

ޖަރުމަނުގެ އަދި ބަޔާންގެ ކުޅުންތެރިޔާ ލެރޯއީ ސާނޭ ބަޔަން މިއުނިކް ދޫކޮށް ތުރުކިޔޭގެ ގަލަޓަސަރާއީ އާއި ގުޅުމަށް ނިންމައިފިއެވެ. ސާނޭ ބަޔަން މިއުނިކާއެކު އޭނާގެ ކޮންޓްރެކްޓް އައުކުރުމުގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން މި ޓްރާންފަރ މާކެޓުގައި ސާނޭ ވަނީ ބަޔާން ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވާން ނިންމާފައެވެ.
ބިލްޑް ނޫހުން ރިޕޯޓްކުރި ގޮތުގައި، ބަޔަން މިއުނިކުން ސަނެއަށް ތިން އަހަރުގެ އައު އެއްބަސްވުމެއް ހުށަހެޅި ނަމަވެސް، މުސާރަ ކުޑަކޮށްފައިވާތީ އޭނާ އެ ހުށަހެޅުން ބަލައިނުގަތެވެ. ގަލަޓަސަރާއި އިން މިހާރު ވަނީ ސާނޭގެ ސޮއި ހޯދާފައިވާކަން އިޢުލާން ކޮށްފައެވެ. އަދި ސަނެ ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
2020 ވަނަ އަހަރު މެންޗެސްޓަރ ސިޓީން 49 މިލިއަން ޔޫރޯއަށް ބަޔަން މިއުނިކަށް ބަދަލުވި ސާނޭ ވަނީ ފަސް އަހަރުގެ ތެރޭގައި ހަތަރު ބުންޑެސްލީގާ މުބާރާތް ކާމިޔާބުކޮށްފައެވެ. 29 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ބަޔަން މިއުނިކްގެ 220 މެޗުގައި 61 ލަނޑު ޖަހައި 55 އެސިސްޓް ދީފައެވެ.
ތުރުކިޔޭގެ ސުޕަރ ލީގު ޗެމްޕިއަން ގަލަޓަސަރާއީ އިން އަހަރަކު 15 މިލިއަން ޔޫރޯގެ މުސާރައެއް ސާނޭ އަށް ދޭނެ ކަމަށް ބެލެވެއެވެ. 32 މިލިއަން ޔޫރޯގެ މާކެޓް ވެލިއުއެއް އޮތް ސާނޭ ވާނީ ގަލަޓަސަރާއީ ގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.