logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެއް ސީޒަނެއްގައި ދެފަހަރަށް ޓްރާންސްފާ ރެކޯޑް މުގުރާލައި އިސާކް ލިވަޕޫލަށް

އަބްދުﷲ ޣާނިމް
1 ސެޕްޓެމްބަރު 2025 - 07:45
އިސާކް ލިވަޕޫލަށް ބަދަލުވުމުގެ އެންމެހައި ކަންކަން ކުރިޔަށް އޮތް 24 ގަޑި އިރުތެރޭގައި ފުރިހަމަވާނެ
އިސާކް ލިވަޕޫލަށް ބަދަލުވުމުގެ އެންމެހައި ކަންކަން ކުރިޔަށް އޮތް 24 ގަޑި އިރުތެރޭގައި ފުރިހަމަވާނެ

ލިވަޕޫލުން އެއް ސީޒަނެއްގައި ދެވަނަ ފަހަރަށް ބްރިޓިޝް ޓްރާންސްފާ ރެކޯޑް މުގުރާލައިފިއެވެ. މިއާއެކު ފުޓްބޯޅައިގެ ތާރީޚުގައި ތިންވަނއަށް އެންމެ އަގުބޮޑު ޓްރާންސްފާ ކުޅުންތެރިއަށް އިސާކް ވެގެންދާނެއެވެ. މިލިސްޓުގެ އެއްވަނައިގައި ނޭމާ އޮތްއިރު، ދެވަނަގައި އޮތީ އެމްބާއްޕޭއެވެ.

ލިވަޕޫލުން ނިއުކާސްލް ޔުނައިޓެޑްގެ ސްވީޑިޝް ސްޓްރައިކަރ އެލެކްސާންޑަރ އިސާކް ސޮއި ހޯދުމަށް 174 މިލިއަން ޑޮލަރު ހުށަހަޅާފައިވާއިރު، އެ ހުށަހެޅުން ނިއުކާސްލްއިން މިހާރުވަނީ ބަލައިގަނެފައެވެ. މީގެ ކުރިންވެސް މި ޓްރާންސްފާގައި 155.4 މިލިޔަން ޑޮލަރާއެކު، ފްލޯރިއަން ވަރޓްޒް ގެ ސޮއި ލިވަޕޫލުން ވަނީ ހޯދާފައެވެ. މިއާއެކު ލިވަޕޫލުން ހަމައެކަނި މިސީޒަނުގައި ކުޅުންތެރިން ހޯދުމަށް ކުރި ޚަރަދު 446.5 މިލިޔަން ޑޮލަރަށް އަރާނެއެވެ. އެހެންކަމުން މި ސީޒަނުގައި ޔޫރަޕުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ލިވަޕޫލުންނެވެ. އަދި ދެވަނައިގައި 400 މިލިޔަން ޑޮލަރާއެކު އޮތީ އާސެނަލް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެކުރިން އެކި މައްސަލަތަކާއެކު ދިގުވެގެންދިޔަ ޓްރާންސްފާ ވާހަކަތަކަށްފަހު، 25 އަހަރުގެ އިސާކް މެޑިކަލް ޓެސްޓާއެކު ހޯމަ ދުވަހުގެ ޓްރާންސްފަރ ވިންޑޯ ބަންދުވުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކޮށް ލިވަޕޫލުން ރަސްމީކޮށް އިޢުލާނުކުރާނެއެވެ.

Isak ge soi hoadhumah liverpool in record ageh hushahalhaifi | Mendhuru TvTikTokYouTubeInstagramXFacebook

Isak ge soi hoadhumah liverpool in record ageh hushahalhaifi | Mendhuru TvTikTokYouTubeInstagramXFacebook

 

އިސާކް ނިއުކާސްލްއިން ބަދަލުވުމަށް މަސައްކަތްކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެގޮތުން ނިއުކާސަލްއަށް މިޓްރާންސްފާ މަޖުބޫރުކުރުމަށް ކުލަބާއި ދުރުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އޭނާ ވަނީ ކްލަބުގެ ޕްރީ ސީޒަން ދަތުރުގައި ބައިވެރިނުވެ، މި ސީޒަނުގައި އެއްވެސް މެޗެއް ނުކުޅެއެވެ. އަދި މި މަހު ކުރީކޮޅު ނެރުނު ބަޔާނެއްގައި ނިއުކާސްލްގެ އިސްވެރިން އޭނާއަށް ވެފައިވާ ވައުދުތައް އޮޅާލާފައިވާ ކަމަށް ބުނެ، މި ސީޒަނުގައި އެހެން ކްލަބަކަށް ބަދަލުވުމަކީ ހުރިހާ ފަރާތްތަކަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ބުނެފައިވެއެވެ.

އިސާކް ނިއުކާސަލް އަށް 2022 ވަނަ އަހަރުގައި 80.4 މިލިޔަން ޑޮލަރަށް ބަދަލުވެފައިވާއިރު، މިދިޔަ ސީޒަނުގައި އިސާކް ވަނީ 42 މެޗުން 27 ގޯލުޖަހައިދީފައެވެ. އިސާކް ލިވަޕޫލާއެކު 2031 ވަނަ އަހަރާއި ހަމައަށް އެއްބަސްވުން ހަދާނެކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އަހަރު ފަހުން ޗެންޕިއަން ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް ޔުނައިޓެޑުން ވަރުގަދަ މެސެޖެއްކުޅިވަރު | 3 ގަޑިއިރު ކުރިންޕްރީމިއަރ ލީގު ޗެންޕިއަން ޓީމަށް ހިތިގޮތަކަށް ހިތިފަތު ފެން ބޯންދީފިކުޅިވަރު | 19 ދުވަސް ކުރިންފަހުވަގުތު ގޯލުޖަހަމުން މޮޅުވަމުން އައި ލިވަޕޫލް ފަހުވަގުތު ސައިޒަށް ކަނޑާލައިފިކުޅިވަރު | 22 ދުވަސް ކުރިންވެންޑައިކްގެ ގޯލާއެކު ފަހުވަގުތު ލިވަޕޫލް އެތްލެޓިކޯގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | މަހެއް ކުރިން