logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލްގެ ސަޕޯޓަރުންނަށް އިތުރު ހޮތްދަތިކަމެއް، ވެރިންނާއި ސަޕޯޓަރުންގެ ފުރިހަމަ ތާއީދު އޮތްކަން ސްލޮޓް ހާމަކޮށްފި

އަބްދުﷲ ޣާނިމް
11 އޭޕްރީލު 2026 - 04:10
ލިވަޕޫލްގެ ސަޕޯޓަރުންނަށް އިތުރު ހިތްދަތިކަމެއް، ވެރިންނާއި ސަޕޯޓަރުންގެ ފުރިހަމަ ތާއީދު އޮތްކަން ސްލޮޓް ހާމަކޮށްފި

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް، އެ ކްލަބުގެ ވެރިންނާއި ސީނިއާ އެގްޒެކެޓިވްސް ކަމަށްވާ ރިޗަާޑް ހިއުސް އަދި މައިކަލް އެޑްވާޑްސްގެ އިތުރުން ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ބޮޑު ތާއީދެއް ލިބެމުންދާކަން ހާމަކޮށްފިއެވެ. މިކަން އޭނާ ހާމަކުރީ ފަހަކަށް އައިސް ޓީމުގެ ނަތީޖާތައް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.

ޑަޗް ކޯޗު ސްލޮޓް ބުނި ގޮތުގައި ކްލަބުގެ ފަރާތުން ލިބޭ އެހީތެރިކަމަކީ މެދުނުކެނޑި ލިބެމުންދާ އެއްޗެކެވެ. "އަހަރެން ވަރަށް ގިނަ ފަހަރު ބުނެފިން ކްލަބުގެ ވެރިންނާއި ރިޗަާޑް އަދި މައިކަލްގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބޭ ކަމަށް. އަދި ހައިރާންވާ ކަހަލަ ގޮތަކަށް ހީވި ނަމަވެސް، ސަޕޯޓަރުންގެ ފަރާތުން ވެސް އެ ތާއީދު އަހަންނަށް އެބައޮތް،" ސްލޮޓް ކިޔައިދިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ ހަފުތާގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޕެރިހުގައި ހިނގާފައިވާ އަސަރުގަދަ ކަމެއް ވެސް އޭނާ ހިއްސާކުރިއެވެ. ސްލޮޓް ބުނީ މެންޗެސްޓާ ސިޓީ އަތުން 4-0 އިން ބަލިވެފައި އޮތް ނަމަވެސް، ޕެރިހުގެ މަގުމަތިން ފެނުނު ސަޕޯޓަރުން "ވީ ލަވް ޔޫ ލިވަޕޫލް" ކިޔައި ލަވަކިޔަމުން ދިޔަ ކަމަށެވެ. އަދި މެޗުގެ 90 މިނެޓު ނިމުނުއިރު ވެސް އަވޭ އެންޑުގައި ތިބި ސަޕޯޓަރުން ޓީމަށް ހިތްވަރު ދެމުންދިޔަކަން އޭނާ ފާހަގަކުރިއެވެ.

ސްލޮޓް އިތުރަށް ބުނީ، ކްލަބުގެ މެނޭޖްމަންޓުން މިހާރު ޓީމު އޮތް ހާލަތު ފުރިހަމައަށް ދަންނަ ކަމަށާއި، އޭނާއަށް އޮތް އިތުބާރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. މި ދަތި ދަނޑިވަޅުގައި ވެސް ކްލަބުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން އޭނާ ޔަގީންކޮށްދިނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލްގެ ސަޕޯޓަރުންނަށް އިތުރު ހިތްދަތިކަމެއް، ވެރިންނާއި ސަޕޯޓަރުންގެ ފުރިހަމަ ތާއީދު އޮތްކަން ސްލޮޓް ހާމަކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިކުޅިވަރު | 2 ދުވަސް ކުރިންހާލަންޑްގެ ހެޓްރިކާއެކު ލިވަޕޫލު ލަދުގަންނަވާލުމަށްފަހު ސިޓީ ސެމީފައިނަލަށްކުޅިވަރު | 6 ދުވަސް ކުރިންލިވަޕޫލްގެ ލެޖެންޑް މުޙައްމދު ސަލާޙު ކުލަބު ދޫކޮށްލަން ނިންމައިފިކުޅިވަރު | 17 ދުވަސް ކުރިން