logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވާދަވެރި ލިވަޕޫލް ބަލިކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑުން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދައިފި

އަބްދުﷲ ޣާނިމް
3 މޭ 2026 - 17:29
ވާދަވެރި ލިވަޕޫލް ބަލިކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑުން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އޯލްޑް ޓްރެފޯޑްގައި ކުޅުނު ފޯރިގަދަ މެޗުން ލިވަޕޫލް 3-2 އިން ބަލިކޮށް، މަންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. މި މެޗުން މޮޅުވުމާއެކު ޔުނައިޓެޑަށް ވަނީ ލީގުގެ ގަދަ ފަސް ޓީމުގެ ތެރޭގައި ހިމެނޭނެކަން ޔަގީންވެފައެވެ.

މެޗުގެ ފުރަތަމަ 14 މިނެޓުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑަކީ މަތެއުސް ކޫންހާ ފޮނުވާލި ހަމަލާއެއް އެލެކްސިސް މެކް އެލިސްޓާގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން ބްރޫނޯ ފެނާންޑޭޒް ބޮލުން ފޮނުވާލި ބޯޅައެއް ބެންޖަމިން ސެސްކޯގެ ގައިގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ދެވަނަ ހާފު ފެށިގެން 11 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. ޑޮމިނިކް ސޮބޮސްލާއި ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ޖަހައިދިނީ ކޯޑީ ގަކްޕޯއެވެ. މި ދެ ލަނޑު ޖެހުމުގައިވެސް ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސްއަށް ހެދުނު ގޯސްތަކެއް ފާހަގަކުރެވުނެވެ.

ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ކޯބީ މައިނޫއެވެ. މި ހަފުތާގައި ޔުނައިޓެޑާއެކު އައު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި މައިނޫ މި ލަނޑު ޖެހީ މެކް އެލިސްޓާ އަތުން ބޯޅަ ހޯދުމަށްފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ވަނީ ޚާއްޞަ ރެކޯޑެއް ގާއިމުކޮށްފައެވެ. އޭނާ އަކީ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ 9 މެޗުގެ ތެރެއިން 8 މެޗުން މޮޅުވި އިނގިރޭސި ފުރަތަމަ ކޯޗެވެ. އަދި މިއީ 2015-16 ވަނަ ސީޒަނަށްފަހު ލީގުގެ ދެ މެޗުންވެސް ލިވަޕޫލް އަތުން ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ.

ލިވަޕޫލަށް ގަދަ ފަހެއްގެ ޖާގައެއް ކަށަވަރުކުރުމަށް ބާކީ އޮތް ތިން މެޗުން ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. އެ ޓީމުން ކުރިއަށް އޮތް މެޗުތަކުގައި ބައްދަލުކުރާނީ ޗެލްސީ، އެސްޓަން ވިލާ އަދި ބްރެންޓްފޯޑާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާދަވެރި ލިވަޕޫލް ބަލިކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑުން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދައިފިކުޅިވަރު | 2 ގަޑިއިރު ކުރިންބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގާ ގާތަށް ޖެހިލައިފިކުޅިވަރު | 6 ދުވަސް ކުރިންލިވަޕޫލުން ކްރިސްޓަލް ޕެލަސް ބަލިކޮށް، ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައިފިކުޅިވަރު | 8 ދުވަސް ކުރިން އިތުރު ވަގުތުގައި ވެން ޑައިކް ކާމިޔާބުކޮށްދިން ގޯލާއެކު ލިވަޕޫލަށް ޔޫރަޕުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިކުޅިވަރު | 14 ދުވަސް ކުރިން