logo
MPL

MPL

ކުޅިވަރު

މެކް އަލިސްޓާގެ ލަނޑާއެކު އިރައޯލާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއަކާއެކު

އަބްދުﷲ ޣާނިމް
10 ސެޕްޓެމްބަރު 2026 - 03:46
މެކް އަލިސްޓާގެ ލަނޑާއެކު އިރައޯލާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއަކާއެކު

އެންޑޯނީ އިރައޯލާގެ ކޯޗުކަމުގެ ދަށުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑާއެކު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް ލިވަޕޫލުން މުބާރާތް ފަށައިފިއެވެ. އެންފީލްޑްގައި ކުޅުނު މި މެޗު ވެގެންދިޔައީ ކޯޗެއްގެ ގޮތުގައި އިރައޯލާ ޗެމްޕިއަންސް ލީގުގައި އިރުޝާދު ދިން ފުރަތަމަ މެޗަށެވެ.

މެޗުގެ 17 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ހޫލިއަން އަލްވަރޭޒް ދިން ޕާހަކުން މި ލަނޑު ކާމިޔާބުކުރީ އެންފީލްޑްގައި މޮޅު ރެކޯޑެއް އޮންނަ މާކޯސް ލޮރެންޓޭއެވެ. މި ލަނޑާއެކު ލޮރެންޓޭ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެއް ޓީމަކާ ދެކޮޅަށް ރަށުން ބޭރުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދި ކުޅުންތެރިއަކަށެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ރޮނާލްޑް އަރައުހޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޑޮމިނިކް ސޮބޮސްލާއި ވަނީ ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ލިވަޕޫލުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ވައަތު ފައިން ފޮނުވާލި ބާރު ހަމަލާއަކުން މި މުހިންމު ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސިސް މެކް އަލިސްޓާއެވެ. ނަމަވެސް، ޕީއެސްޖީން 123 މިލިއަން ޕައުންޑަށް ގެނެސް ފުރަތަމަ އެގާރައިގައި ފުރަތަމަ ފަހަރަށް ކުޅުނު ބްރެޑްލީ ބާކޯލާއަށް އަނިޔާވެ ބަދަލުކުރަން ޖެހުމަކީ ލިވަޕޫލަށް ލިބުނު ކަންބޮޑުވުމެކެވެ.

މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ލިވަޕޫލުން ވަނީ އެތުލެޓިކޯއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ހަތަރުވަނަ މޮޅު ހޯދާފައެވެ. މި މެޗުގައި ލިވަޕޫލުން 14 ހަމަލާ އުފެއްދިއިރު، އިތުރު ވަގުތުގެ ފަސް މިނެޓާއެކު މެޗު ނިންމާލީ އެއްވަރުވިޔަނުދީ ހިފަހައްޓައިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޯމުގައި އޮތް ބްރައިޓަން ބަލިކޮށް ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށްކުޅިވަރު | ގަޑިއިރެއް ކުރިންފަހަތުން އަރައި ވިލަރެއާލް ބަލިކޮށް ލިވަޕޫލް ތާވަލުގެ ދެވަނައަށްކުޅިވަރު | 5 ދުވަސް ކުރިން9 މީހުންނާދެކޮޅަށް ކުޅެ ލިވަޕޫލަށް އުނދަގޫ މޮޅެއްކުޅިވަރު | 8 ދުވަސް ކުރިންސިޓީ ރޮއްވާލަން ނިކުތް ލިވަޕޫލް، އަމިއްލަ ދަނޑުގައި ފައިބައިގެންދާންޖެހުނީ ލަދުވެތި ބައްޔަކުންކުޅިވަރު | 14 ދުވަސް ކުރިން