logo
MPL

MPL

ކުޅިވަރު

ވާދަވެރި ލިވަޕޫލާއި އެއްވަރުކޮށް ޗެލްސީިއިން ބަލިވުމުގެ ރެކޯޑް ނިމުމަކަސް ގެނެސްފި

އަބްދުﷲ ޣާނިމް
9 މޭ 2026 - 18:45
ވާދަވެރި ލިވަޕޫލާއި އެއްވަރުކޮށް ޗެލްސީިއިން ބަލިވުމުގެ ރެކޯޑް ނިމުމަކަސް ގެނެސްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަ މެޗުން ބަލިވެފައި އޮތް ޗެލްސީން، ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އެޓީމު ހިފަހައްޓައި ބަލިވުމުގެ ސިލްސިލާ ނިންމާލައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު، ހަވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ކުރި ހޯދާފައެވެ. ޒުވާން ކުޅުންތެރިޔާ ރިއޯ އެންގުމޯހާ ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަޔާން ގްރެވެންބާކް އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ 10 މިނެޓު ކުރިން ޗެލްސީގެ އެންޒޯ ފެނާންޑޭޒް ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވަދެ ޗެލްސީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި ދެޓީމުން ޖެހި ލަނޑުތަކެއް ވީއޭއާރުން ވަނީ ބާތިލްކޮށްފައެވެ. އެގޮތުން ޗެލްސީގެ ކޯލް ޕާމާ ޖެހި ލަނޑަކާއި، ލިވަޕޫލްގެ ކާޓިސް ޖޯންސް ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ގުނާފައެއް ނުވެއެވެ. މީގެ އިތުރުން ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލައި އާއި ވާޖިލް ފެން ޑައިކް ފޮނުވާލި ހަމަލާތައް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ.

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް، މެޗުގެ ފަހުކޮޅު ޒުވާން ކުޅުންތެރިޔާ އެންގުމޯހާ ބަދަލުކުރުމުން އެންފީލްޑަށް އެއްވެ ތިބި ސަޕޯޓަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި މޮޅުވާން އޮއްވާ ގެއްލުވާލި ނުވަވަނަ ޕޮއިންޓެވެ. މިއާއެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް ލިވަޕޫލުން ކުރަމުންދާ އިންތިޒާރު ވަނީ އިތުރަށް ދިގުލައިގެން ގޮސްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މި ސީޒަނުގައި އެންމެ މަދު ހަމަލާ ފެނިގެންދިޔަ އެއް މެޗެވެ. މުޅި މެޗުގައި ފެނިގެންދިޔައީ އެންމެ 14 ހަމަލާއެވެ. ޗެލްސީއަށް މި ނަތީޖާއާއެކު ހަތް މެޗުގެ ބަލިވުމުގެ ރެކޯޑަކުން ސަލާމަތްވެވުނު ނަމަވެސް، ގަދަ ހަޔެއްގެ ތެރެއަށް ވަނުމަށް އެޓީމަށް އަދިވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސާކްގެ ހަމައެކަނި ގޯލާއެކު ލިވަޕޫލަށް ލީގުގެ ދެވަނަ މޮޅުކުޅިވަރު | 15 ދުވަސް ކުރިންބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | 17 ދުވަސް ކުރިންލިވަޕޫލުން ޓޮޓްނަމް ބޮޑު ބައްޔަލުން ބަލިކޮށް ކަޕުގެ ފުރަތަމަ ބުރުން މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | 20 ދުވަސް ކުރިންމެކް އަލިސްޓާގެ ލަނޑާއެކު އިރައޯލާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއަކާއެކުކުޅިވަރު | މަހެއް ކުރިން