logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލުގެ ހަތުރުވެރިންނަށް އުފާވެރި ޚަބަރެއް, އަންނަ ސީޒަނުގައި ކޯޗުކަމުގައިވެސް ހުންނާނީ ސްލޮޓް

އަބްދުﷲ ޣާނިމް
11 މޭ 2026 - 23:59
ލިވަޕޫލުގެ ހަތުރުވެރިންނަށް އުފާވެރި ޚަބަރެއް, އަންނަ ސީޒަނުގައި ކޯޗުކަމުގައިވެސް ހުންނާނީ ސްލޮޓް

ލިވަޕޫލްގެ ހެޑް ކޯޗުގެ މަގާމަށް ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އޮލޮންސޯ ގެނައުމަށް އެ ކްލަބުން ނުވިސްނާ ކަމަށާއި، އަންނަ ސީޒަނުގައި ވެސް އެ ޓީމުގެ އިރުޝާދު ދޭން ހުންނާނީ މިހާރުގެ ކޯޗު އާން ސްލޮޓް ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ޑޭވިޑް އޯންސްޓީން ހާމަކޮށްފިއެވެ.

އޯންސްޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލިވަޕޫލުން މިހާރު ރާވަމުންދަނީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ސްލޮޓަށް ފުރިހަމަ އެއްބާރުލުން ދީ، ޓީމު ވަރުގަދަ ކުރުމަށެވެ. މިގޮތުން ކްލަބުގެ މައިގަނޑު އަމާޒަކީ ޓީމުގެ އެޓޭކިންގް ލައިން، ހާއްސަކޮށް އަރިމަތިން ކުޅޭ ކުޅުންތެރިން ނުވަތަ ވިންގަރުންގެ މަގާމުތައް އިތުރަށް ވަރުގަދަ ކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބޭ ގޮތުގައި ލިވަޕޫލުން އަންނަނީ އެއް ވިންގަރަށް ވުރެ ގިނަ ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ކްލަބުން ގަބޫލުކުރާ ގޮތުގައި ސްލޮޓްގެ އިރުޝާދުގެ ދަށުން ޓީމު ކުރިއެރުވުމަށްޓަކައި އެ މަގާމުތަކަށް އާ ކުޅުންތެރިން ގެނައުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކްލަބުގެ އިސްވެރިން ދެކޭ ގޮތުގައި، ޓީމަށް ބޭނުންވާ އާ ކުޅުންތެރިން އިތުރުކުރުމުން، ކޯޗު ސްލޮޓްގެ މަސައްކަތްތައް ވަޒަންކުރުމަށް ފަސޭހަވެގެންދާނެއެވެ. މިއީ ކޯޗަށް އޭނާގެ ފަލްސަފާ ޓީމުގައި ތަންފީޒު ކުރުމަށް ލިބޭނެ އިތުރު ފުރުސަތެއް ކަމަށް ވެސް ކްލަބުން ދެކެއެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްކޮޑުގެ ބައެއް ދާއިރާތައް އަލުން ބައްޓަން ކުރުމަށްޓަކައި، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ލިވަޕޫލް ވަރަށް ހަރަކާތްތެރިވާނެ ކަމަށް ބެލެވެއެވެ. މިއާއެކު، ކޯޗު ބަދަލުކުރުމުގެ ވާހަކަތަކަށް މިވަނީ ނިމުމެއް އައިސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | 8 ދުވަސް ކުރިންއަންޑޯނީ އިރައޯލާ ލިވަޕޫލްގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކުރަނީކުޅިވަރު | މަހެއް ކުރިންލިވަޕޫލުގެ ހަތުރުވެރިންނަށް އުފާވެރި ޚަބަރެއް, އަންނަ ސީޒަނުގައި ކޯޗުކަމުގައިވެސް ހުންނާނީ ސްލޮޓްކުޅިވަރު | 2 މަސް ކުރިންވާދަވެރި ލިވަޕޫލާއި އެއްވަރުކޮށް ޗެލްސީިއިން ބަލިވުމުގެ ރެކޯޑް ނިމުމަކަސް ގެނެސްފިކުޅިވަރު | 2 މަސް ކުރިން