logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފި

އަބްދުﷲ ޣާނިމް
29 ޖޫން 2026 - 04:39
ލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފި

އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ ވިންގަރު ޔާން ދިއޮމާންޑޭ، މި ސީޒަނަށްފަހު އެ ކްލަބް ދޫކޮށްލާނަމަ ބަދަލުވާން ބޭނުންވާ ކްލަބަކީ ޕީއެސްޖީ ކަމަށް ނިންމައިފިއެވެ. ދި އެތުލެޓިކްގެ މަޝްހޫރު ނޫސްވެރިޔާ ޑޭވިޑް އޯންސްޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިއޮމާންޑޭ ވަނީ އޭނާގެ އިސްކަންދޭ މަންޒިލަކީ ޕީއެސްޖީ ކަމަށް ކަނޑައަޅާފައެވެ.

އިނގިރޭސި ކްލަބް ލިވަޕޫލުން ދިއޮމާންޑޭ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރެވެއެވެ. އެގޮތުން ލިވަޕޫލުން ވަނީ އޭނާ ހޯދުމަށް 100 މިލިއަން ޔޫރޯގެ ބިޑެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް ލައިޕްޒިގުން ވަނީ އެ ހުށަހެޅުން ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިއޮމާންޑޭ ޕީއެސްޖީއަށް ބަދަލުވާން ޝައުގުވެރިވީ އެ ކްލަބުގެ ޗެއާމަން ނާސިރު އަލް-ޚެއްލައިފީ އާއި ފުޓްބޯޅަ އެޑްވައިޒަރު ލުއިސް ކެމްޕޯސް ހުށަހެޅި ޕްރޮޖެކްޓާ މެދު ހިތްހަމަޖެހޭތީއެވެ. ޕީއެސްޖީއަށް ބަދަލުވުމަކީ ބެލޮންޑިއޯ ފަދަ ޝަރަފުވެރި އެވޯޑްތަކަށް ވާދަކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.

ޕީއެސްޖީން އަދި މިހާތަނަށް ލައިޕްޒިގާ ރަސްމީކޮށް ގުޅާފައެއް ނުވެއެވެ. އަދި އެއްވެސް ބިޑެއް ވެސް ހުށަހަޅާފައެއް ނުވެއެވެ. ޖަރުމަނުގެ ލައިޕްޒިގުން ބޭނުންވަނީ ދިއޮމާންޑޭ ވިއްކާލުމަށް 130 މިލިއަން ޔޫރޯގެ ޕެކޭޖެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެކް އަލިސްޓާގެ ލަނޑާއެކު އިރައޯލާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއަކާއެކުކުޅިވަރު | 4 ދުވަސް ކުރިންޗެންޕިއަންސް ލީގު ހޯދަން ދިޔަ ފެރާން ޕީއެސްޖީގެ ޖޯޒީގައި ކުޅުނު ފުރަތަމަ ޗެންޕިއަންސް ލީގުމެޗުގައި ހެޓްރިކެއްކުޅިވަރު | 4 ދުވަސް ކުރިންޗެންޕިއަންސް ލީގު ހޯދަން ފެރާން ޓޮރޭސް ގެންދިޔަފަހުން ޕީއެސްޖީއަށް މޮޅެއް ނުލިބި ތިންވަނަ ބަލިވެއްޖެކުޅިވަރު | 9 ދުވަސް ކުރިންއިސާކްގެ ދެ ލަނޑާއެކު ލިވަޕޫލުން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިކުޅިވަރު | 9 ދުވަސް ކުރިން