logo
MPL

MPL

ކުޅިވަރު

50 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގަކަށް ވިލާގެ ކޮންސާ އާސެނަލަށް ބަދަލުވާން އެއްބަސްވެއްޖެ

އަބްދުﷲ ޣާނިމް
20 އޯގަސްޓު 2026 - 08:31
50 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގަކަށް ވިލާގެ ކޮންސާ އާސެނަލަށް ބަދަލުވާން އެއްބަސްވެއްޖެ

އެސްޓަން ވިލާގެ ޑިފެންޑަރު އެޒްރީ ކޮންސާ 50 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގަކަށް ހޯދުމަށް އާސެނަލުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ. އިންގްލެންޑްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމުގެ އެންމެ ފަހުގެ މަރުހަލާތައް ފުރިހަމަކުރުމުގެ ގޮތުން ވަރަށް އަވަހަށް މެޑިކަލް ޓެސްޓުތައް ފުރިހަމަކުރާނެއެވެ.

އާސެނަލުން ކޮންސާ ހޯދުމަށް ވިލާއާއެކު އަލުން ވާހަކަތައް ފެށި ނަމަވެސް އެއްބަސްވުމަކަށް ނާދެވިގެން، ބަޔާ ލެވަކޫސަންގެ ޖަރެލް ކުއަންސާ ހޯދުމަށްވެސް މަސައްކަތްކުރި ކަމަށް ބީބީސީ ސްޕޯޓްސް އިން މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އާސެނަލުން އަލުން ކޮންސާ ހޯދުމަށް ސަމާލުކަންދީ، މިހާރު ވަނީ ވިލާއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. ޖުލައި 2019 ގައި ވިލާއާ ގުޅުނު އުމުރުން 28 އަހަރުގެ ކޮންސާ ވަނީ ވޭތުވެދިޔަ ހަތް ސީޒަނުގައި އެ ޓީމަށް 286 މެޗު ކުޅެދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިމިދިޔަ ސީޒަނުގައި އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ވިލާއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށް، ޕްރިމިއާ ލީގުގެ ހަތަރުވަނަ ހޯދައި 2026-27 ގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދިއިރު، ކޮންސާ ވަނީ ހުރިހާ މުބާރާތެއްގައި 48 މެޗު ކުޅެ ދެ ގޯލު ޖަހައި އެއް އެސިސްޓް ހަދާފައެވެ. ނަމަވެސް ވޯލްޑް ކަޕުގައި އިންގްލެންޑް ތިންވަނަ ހޯދި ހުރިހާ މެޗެއްގައި ކުޅުމަށްފަހު އެމެރީ ދިން ހަތަރު ހަފުތާގެ ޗުއްޓީގެ ސަބަބުން، ޔޫއެފާ ސުޕަ ކަޕުގައި ޕީއެސްޖީ އަތުން 2-1 އިން ބަލިވި މެޗު ހިމެނޭހެން ޕްރީ-ސީޒަންގެ އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެއެވެ.

ޔޫއެފާ އަދި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކަށް ފެތުމަށްޓަކައި ވިލާއިން މިހާރުވެސް މޯގަން ރޮޖާސް 117 މިލިއަން ޕައުންޑްގެ ރެކޯޑް އަގަކަށް ޗެލްސީއަށް ދޫކޮށްލާފައިވާއިރު، ޔޫރީ ޓީލެމަންސް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލާފައެވެ. މީގެ އިތުރުން ލޫކަސް ޑީނިއޭ ޕީއެސްޖީއަށް ދޫކޮށްލުމަށްފަހު އެތުލެޓިކޯ މެޑްރިޑްގެ މަޓެއޯ ރުގެރީ ގެނެސްފައިވާއިރު، ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްވެސް ކްލަބް ދޫކޮށް ދާނެ ކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

50 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގަކަށް ވިލާގެ ކޮންސާ އާސެނަލަށް ބަދަލުވާން އެއްބަސްވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންޖޮއާއޯ ކަންސެލޯ ތިންވަނަ ފަހަރަށް އެނބުރި ބާސެލޯނާއަށްކުޅިވަރު | 3 ދުވަސް ކުރިންމެންޗެސްޓާ ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންދާއިމީކޮށް ސޮއިކުރާނެކަމުގެ ފޮނިހުވަފެންތަކާއެކު ބާސާއަށްދިޔަ ރަޝްފޯޑު އުނބަށްޖަހައި އެނބުރި ޔުނައިޓެޑްއަށްކުޅިވަރު | 10 ދުވަސް ކުރިން