logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޯޓު އެންތޮނީ އެނބުރި ލަލީގާއަށް

އަބްދުﷲ ޣާނިމް
1 ސެޕްޓެމްބަރު 2025 - 08:27
ގޯޓު އެންތޮނީ އެނބުުރި ލަލީގާއަށް

މެންޗެސްޓަރ ޔުނައިޓެޑްގެ ބްރެޒިލް ވިންގަރ އެންތޮނީ ލަލީގާގެ ރިއަލް ބެޓިސްއަށް ބަދަލުވުމުގެ އެންމެހައި ކަންކަން ފުރިހަމަ ވެއްޖެއެވެ. މިގޮތުން ދެ ކުލަބުން 25 މިލިއަން ޔޫރޯ (21.65 މިލިއަން ޕައުންޑް) ގެ އެއްބަސްވުމަކަށް ވަނީ އެއްބަސްވެފައެވެ.

ކުރިން މި ޑީލް ނުވެ ދިޔައީ އެންތޮނީ ޔުނައިޓެޑްގައި އޮތް ކޮންޓްރެކްޓްގެ ބައެއް ފައިސާ ހޯދަން ބޭނުންވުމުގެ ސަބަބުންނެވެ. ނަމަވެސް ވޭތުވެދިޔަ ހަފްތާ ބަންދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މިހާރުވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ޔުނައިޓެޑަށް 22 މިލިއަން ޔޫރޯ (19.06 މިލިއަން ޕައުންޑް) އަދި އިތުރު 3 މިލިއަން ޔޫރޯ (2.59 މިލިއަން ޕައުންޑް) އެޑް-އޮންގެ ގޮތުގައި ލިބޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2022 ވަނަ އަހަރު އަޔަކްސް އިން 81.3 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވި އެންޓޯނީ، ޕްރިމިއަރ ލީގުގައި 62 މެޗު ކުޅެ، 5 ލަނޑު ޖަހައި، 3 އެސިސްޓް ދީފައިވެއެވެ. މިދިޔަ ޖެނުއަރީ މަހު ބެޓިސްއަށް ލޯނުގައި ބަދަލުވި އޭނާ، އެ ކުލަބަށް ކުޅުނު 26 މެޗުގައި 9 ލަނޑު ވަނީ ޖަހާފައެވެ.

މި އެއްބަސްވުމުގައި 50 ޕަސެންޓްގެ ނެޓް ސެލް-އޮން ކްލޯޒްއެއް ހިމެނޭއިރު، ކުޅުންތެރިޔާއަށް އެއްވެސް ޕޭ-އޮފެއް ނުދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެންތޮނީ ސްޕެއިންގެ ކުލަބަށް ދާއިމީކޮށް ބަދަލުވިކަން މިއަދު (ހޯމަ) ރަސްމީކޮށް އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން