logo
ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިBank of Maldives

Bank of Maldives

ޚަބަރު

އެއާ އިންޑިއާގެ ބޯއިންގ 787-8 މަތިންދާބޯޓު 242 ފަސިންޖަރުންނާއެކު އަހުމަދާބާދުގައި ވެއްޓިއްޖެ

އަބްދުﷲ ޣާނިމް
12 ޖޫން 2025 - 09:50
ވެއްޓުނު މަތިންދާބޯޓު- ފޮޓޯ: އޭވިއޭޓަރސް މޯލްޑިވްސް
ވެއްޓުނު މަތިންދާބޯޓު- ފޮޓޯ: އޭވިއޭޓަރސް މޯލްޑިވްސް

އެއާ އިންޑިއާގެ ބޯއިންގ 787-8 ޑްރީމްލައިނާ މަތިންދާބޯޓެއް އަހުމަދާބާދުން ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދަތުރުކުރަމުންދިޔަ ފްލައިޓް އޭއައި-171، އަހުމަދާބާދުގެ ސަރުދާރު ވަލަބްބާއި ޕަޓެލް އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓި، ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ މެގަނިނަގަރު ސަރަހައްދުގައެވެ. މަތިންދާބޯޓުގައި ތިބި 242 ފަސިންޖަރުންގެ ހާލަތު މިވަގުތު އެނގެން ނެތްކަމަށް އިންޑިއާގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާދިސާ ހިނގި ސަރަހައްދުގެ ހެކިންގެ ބަހުން، އެސަރަހައްދުން އަނދިރި ކަޅު ދުން އުފުލެމުންދާކަމަށާއި، ފަޔަރ ފައިޓަރުންނާއި މެޑިކަލް ޓީމްތައް އެސަރަހައްދަށް އަވަސް އަވަހަށް ފޮނުވަމުންދާކަމަށް ބުނެއެވެ. އިބްތިދާއީ ރިޕޯޓުތަކުން ދައްކާ ގޮތުގައި މަތިންދާބޯޓު ވެއްޓިފައިވަނީ ހޮސްޕިޓަލެއްގެ އިމާރާތަކާ ޖެހިގެންކަމަށް ބެލެވެއެވެ.

މި ހާދިސާގައި ލިބުނު ގެއްލުމާއި މަރުވި މީހުންގެ އަދަދު އަދި ސާފުނުވާކަމަށާއި، އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެކަމަށް އޮފިޝަލުން ބުނެއެވެ. އިންޑިއާގެ ސަލާމަތީ ބާރުތަކާއި އިމަޖެންސީ ޚިދުމަތްތައް މިވަގުތު ވަނީ ހާދިސާ ހިނގި ސަރަހައްދުގައި ސަލާމަތްކުރުމުގެ މަސައްކަތުގައި ބާރަށް ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތު ލިބުމުން އަޕްޑޭޓް ކުރެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 37 މިނިޓު ކުރިންއިރާނުގެ ވަރުގަދަ ރައްދު ހަމަލާތަކާއެކު ޔަހޫދީން ބިރުން ދުނިޔެ | 6 މަސް ކުރިންއިސްރާޢީލުން އިރާނަށް ވައިގެމަގުން ހަމަލާދޭންފަށައިފިދުނިޔެ | 6 މަސް ކުރިންކުއްލި ޙާލަތު އިޢުލާންކޮށް އިސްރާޢީލުން އިރާނަށް ވައިގެމަގުން ހަމަލާދޭންފަށައިފިދުނިޔެ | 6 މަސް ކުރިން