logoEN
ދުނިޔެ

ކުއްލި ޙާލަތު އިޢުލާންކޮށް އިސްރާޢީލުން އިރާނަށް ވައިގެމަގުން ހަމަލާދޭންފަށައިފި

އިސްރާޢީލްގް ހަމަލާއާއި ގުޅިގެން އިރާނުގެ އިމާރާތައް ވެފައިވާ ގެއްލުން- ފޮޓޯ: އަލް ޖަޒީރާ

އިސްރާޢީލްގް ހަމަލާއާއި ގުޅިގެން އިރާނުގެ އިމާރާތައް ވެފައިވާ ގެއްލުން- ފޮޓޯ: އަލް ޖަޒީރާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

13 ޖޫން 2025 - 03:41

18:30

އިސްރާއީލުގެ ހަމަލާތަކުގެ މައުޟޫއަށް މިއަދުގެ ވަގުތެއްގައި ބާއްވާ ބައްދަލުވުމެއްގެ ކުރިން އައްބާސް އީރާނުގެ ފޮރިން މިނިސްޓަރު އަރާޣްޗީ އދ. ސިޓީ އެއް ހުށަހަޅުއްވައިފިއެވެ. މި ސިޓީގައި ފާހަގަކުރަށްވާފައި ކަންކަމުގެ ތެރޭގައި- މި ނަފްރަތު އުފެދޭ އަމަލުތަކަކީ އދ.ގެ އިސްތިގުލާލީ މެމްބަރު ގައުމެއްގެ ގޮތުގައި އީރާނުގެ އިސްތިގުލާލާއި ސަރަހައްދުގެ އެއްބައިވަންތަކަމާ ވަރަށް ބޮޑަށް ޚިލާފު އަމަލުތަކެއް ކަމުގައި ވިދާޅުވެފައިވޭ.- ދުނިޔޭގެ އެންމެ ޓެރަރިސްޓް ވެރިކަން ކަމަށްވާ އިސްރާއީލުން ހުރިހާ ރަތް ރޮނގުތަކެއް ހުރަސްކޮށްފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ޖަރީމާތައް އަދަބު ނުލިބި ކުރިއަށް ގެންދިއުމަށް ފުރުޞަތު ދީގެން ނުވާނެ ކަމުގައި ވިދާޅުވެފައިވޭ.- ސަލާމަތީ މަޖިލީހާއި ސެކްރެޓަރީ ޖެނެރަލް މި އުދުވާނީ އަމަލު ކުށްވެރިކޮށް، އަވަސް އަދި ޝައްކެއްވެސްނެތްގޮތުގައި ފިޔަވަޅު އަޅަން ޖެހޭ ކަމުގައި ވިދާޅުވެފައިވޭ. - ޖަވާބުދާރީ ނުވުމަކީ ހަމައެކަނި އުދުވާނީ މީހާއަށް ހިތްވަރު ލިބި، އަދަބު ނުލިބުމަށް އިނާމު ލިބި، މިހާރުވެސް ނާޒުކު ސަރަހައްދެއްގައި އިތުރު ހަލަބޮލިކަމަށް ހުޅު ރޯވާނެ ކަމެއް ކަމުގައި ވިދާޅުވެފައިވޭ.- އިސްލާމީ ޖުމްހޫރިއްޔާ އީރާނުން އަމަލުކުރާނީ އެގައުމުގެ އިސްތިގުލާލާއި، ރައްޔިތުންނާއި، ޤައުމީ ސަލާމަތަށް ރައްކާތެރިވުމަށް އަޒުމް ކަނޑައަޅައިގެން ކަމަށާއި މި ހައްގަކީ ނޮން ނެގޯޝިއޭބަލް ހައްގެއް ކަމުގައި ވިދާޅުވެފައިވޭ.- ފަރުވާކުޑަ އަނިޔާވެރިކަމާއި ސްޓްރެޓެޖިކް ގޯސް ހިސާބުތަކުގެ ސަބަބުން އިސްރާއީލުން ވަރަށް ބޮޑަށް ހިތާމަކުރާނެ ކަމުގައި ވިދާޅުވެފައިވޭ.

17:45

އިސްރާއީލުގެ ހަމަލާތައް ޔަމަނުގެ ހޫތީން ކުށްވެރިކޮށްފި އެވެ.

ޔަމަނުގެ އީރާނާ ގުޅިފައިވާ ހޫތީންގެ ސިޔާސީ އޮފީހުން ވަނީ އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް ކުށްވެރިކޮށް، އެގައުމަށް "އަމިއްލަ ދިފާއުކޮށް ނިއުކްލިއާ ޕްރޮގްރާމް ތަރައްގީ ކުރުމުގެ ހައްގު" ލިބިގެންވާ ކަމަށް ބުނެފަ އެވެ.’’އިސްރާއީލަކީ ހަމައެކަނި ފަލަސްތީނަށް ނޫން ކަމަށާއި އެ ސަރަހައްދުގެ ސަލާމަތާއި މުޅި ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ އުދުވާނީ ފަރާތެއް،" ބަޔާނުގައިވެ އެވެ.އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އިސްރާއީލުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެ ސަރަހައްދުގެ ނިއުކްލިއާ ހަތިޔާރުތަކަށް ބަލާއިރު، އެ ސަރަހައްދުގެ ފުލުހަކަށް ވުމުގެ ހައްގެއް ވެސް އެގައުމަކަށް ނެތް ކަމަށް ވެސް ހޫތީން ބުނެފަވެއެވެ.

17:20

އިސްރާއީލުގެ އުތުރުގައި ވައިގެ ހަމަލާތަކުގެ ސައިރެންސް އަޑު އިވެމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލު ސިފައިންގެ ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ގަލީލީ ސަރަހައްދުގައި ވައިގެ ހަމަލާތަކުގެ ސައިރެން އަޑުތައް ދަނީ އިވެމުންނެވެ.

16:55

އީރާނާ ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން މިއަދުގެ ވަގުތެއްގައި ބައްދަލުކުރާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ ތެހެރާނުގެ އެދުމުގެ މަތިން އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއްކަމަށް ވެސް މީޑިއާތައް ބުނެއެވެ.

16:45

އިސްރާއީލުގެ ހަމަލާގައި 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެފި އެވެ. ފާރސް ނޫސް އެޖެންސީން ރިޕޯޓްކުރި ނުރަސްމީ ތަފާސްހިސާބުތަކުގައި ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވެ 320 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.ފާރސް އަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕަސް އިން މެނޭޖްކުރާ އަދި އީރާނުގެ ސަރުކާރުގެ ސެމީ އޮފިޝަލް ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި ބެލެވޭ މީޑިއާ އެކެވެ.

16:30

އިސްރާއީލުން އަންނަ ހަމަލާތަކުގެ ރާޅުތަކަށް އަވަސް ރައްދު ދިނުމަށް އީރާންގެ ރައްޔިތުން ދަނީ ޑިމާންޑް ކުރަމުންނެވެ. އެއްބަޔަކު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާއިރު އަނެއް ބަޔަކު ވަނީ ރައްކާތެރިވުމަށް ހިޔާވަހިކަމުގައި މަޑުކޮށްފައެވެ.އީރާނުން ގެއްލުންތައް ވަޒަން ކުރަމުން އަންނައިރު، އީރާނުގެ ދިދަތަކާއި ސުޕްރީމް ލީޑަރު ޚާމަނާއީގެ ފޮޓޯތައް އުފުލާލަމުން، ބައެއް ރައްޔިތުން ތެހެރާނުގައި އެއްވެ، "އިސްރާއީލަށް މަރު. އެމެރިކާއަށް މަރު" ދަނީ ގޮވަމުންނެވެ.

16:20

ހަމާސްގެ އަސްކަރީ ވިންގުން އޮތީ އީރާނާއެކު ކަމަށް ބުނެފިއެވެ. ހަމާސްގެ ރަސްމީ ޓެލެގްރާމް ޗެނެލްގައި އާންމުކުރި ބަޔާނެއްގައި އީރާނުން ފަލަސްތީނުގެ ހައްގުގައި ވަމުން އަންނަ މަދަދު ވަނީ ފާހަގަކޮށްފައެވެ.

03:11

އީރާނުންދޭ ރައްދު ހަމަލާތައް ހުއްޓަލައި ޔަހޫދީންގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމަށް ޓްރަމްޕް ގޮވާލައިފިއެވެ. ޓްރަމްޕް އޭނާގެ އެކްސް އެކައުންޓުންކޮށްފައިވާ މެސެޖުގައިވަނީ މި ހަމަލާއަކީ އެމެރިކާގެ ފުރިހަމަ ބައިވެރިވުމާއެކު ދީފައިވާ ހަމަލާއެއްކަމެވެ. އެމެރިކާއާއި އިސްރާއީލުން އިރާނަށް އިތުރު ހަމަލާތަކެއް އަމާޒުކޮށްފާނެކަމަށް މިހާރުދަނީ ބެލެވެމުންނެވެ.

3:08

އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާރޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ޝަހީދުވުމާ ގުޅިގެން، އެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް ޕަކްޕޫރު އައްޔަން ކުރައްވައިފިއެވެ.

02:56

އުރުދުންގެ ބޮޑު އެހީތެރިކަމާއެކު އީރާނުން ދިން 100އަށްވުރެ ގިނަ ޑްރޯން ޙަމަލާ ހުއްޓުވިނަމަވެސް އިރާނުގެ ރައްދު ހަމަލާގެ ހުދޫދެއް ނެތްކަމަށާއި މިއަދުގެ ހަމަލާތަކުގައި ޝަހީދުވި އީރާނުގެ އިސްވެރިންނާއި އަދި މީގެކުރިން ޝަހީދުކޮށްލި އިސްލާމީ އުއްމަތުގެ ޝަހީދުންގެ ލެޔަށް ބަދަލު ހިފާނެކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

02:46

އީރާނުގެ ޝިރާޒް ސިޓީގައި ބޮމުގެ އަޑު އިވެމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަދި އިތުރު އެއާޕޯޓަކަށްވެސް ޔަހޫދީން ހަމަލާދީފައިވާކަމަށް އަލްޖަޒީރާއިން ދެންމެ ވަނީ ރިޕޯތުކޮށްފައެވެ.

02:44

ޔަހޫދީން އީރާނުގެ ތަބްރީޒަށް ހަމަލާދީފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ތަސްނީމް ނިއުސް އޭޖެންސީއިން ރިޕޯޓުކުރަނީ އީރާނުގެ ހުޅަނގު އުތުރުގައިވާ ތަބްރީޒު އަވަށަސް އިސްރާއީލުން އައު ހަމަލާތަކެއްދީފައިވާކަމަށެވެ.

02:35

އުރުދުންގެ ބޮޑު އެހީތެރިކަމާއެކު އީރާނުން ދިން 100އަށްވުރެ ގިނަ ޑްރޯން ޙަމަލާ ހުއްޓުވައިފިއެވެ.

02:31

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު އެގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވާނެކަން ދެންމެ ހާމަކުރައްވައިފިއެވެ.

02:27

އީރާންގެ ޤޯމް ސިޓީގައި ހުންނަ ޖަމްކަރާން މިސްކިތުގައި ބަދަލުހިފުމުގެ ދިދަ ނަގައިފިއެވެ. އީރާނުގެ ރައްދު ހަމަލާތަކުން ސަލާމަތްވުމަށް އިސްރާއީލުން ތެޅިފޮޅެމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

01:46

އިސްރާއީލުން އިރާނަށް ހަމަލާދިނީ އިސްރާއީލުން އިރާނުގައި ގާއިމުކޮށްފައިވާ ޑްރޯން މަރުކަޒަކުން ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ. އީރާންގެ އަސްކަރީ ސައިޓުތަކަށް ހަމަލާ ދިނުމަށް މީގެ ކުރިންވެސް ޔަހުދީންގެ ޖާސޫސީ އިދާރާ - މޮސާޑުން މަސައްކަތްކޮށްފައިވެއެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ އަޚުލާޤީ އުޞޫލުތަކާ ޚިލާފަށް މަސައްކަތްކުރާ ބައެކެވެ.

12:55

އުރުދުން އިސްރާއީލުގެ ދިފާއުގައި އީރާނުގެ ހަމަލާތައް ހުއްޓުވަން ތެދުވެއްޖެއެވެ.

އިރާނުން އިސްރާއީލާއި ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ފެށުމާއި އެކީ، އުރުދުން އާއި އިސްރާއީލުން ވަނީ ހަމަލާތައް ހުއްޓުވުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އުރުދުން އިން ވަނީ އިރާނުން ހަމަލާތައް ދޭން ފެށުމުގެ ކުރިން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި އިރާނުން އިސްރާއީލަށް ދޭ ހަމަލާތައް އިސްރާއީލަށް ފޯރުވިޔަ ނުދޭނެ ކަމަށް ވެސް އުރުދުން އިން ވަނީ ބުނެފައެވެ.

undefined

12:43

އިސްރާއީލާ ދެކޮޅަށް ތެދުވުމަށް 1997 އިން 2005 އަށް އީރާނުގެ ރައީސްކަން ކުރެއްވި މުހައްމަދު ޚާތަމީ ގޮވާލައްވައިފިއެވެ.

އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކުރުމުގައި އދ އިސްނަގަންޖެހޭ ކަމަށާއި، މުޅި ސަރަހައްދަށް ފެތުރިފައިވާ އިސްރާއީލުގެ އަނިޔާވެރި ހަމަލާތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ހާތަމީ ވަނީ ވިދާޅުވެފައެވެ.

12:28

އިރާނުގެ އިސްފަހާނުގައި ހުރި ނިއުކްލިއަރ ސައިޓަށް އިސްރާއީލުގެ ހަމަލާތަކުން އެއްވެސް އަސަރެއް ކޮށްފައި ނުވާކަމަށް އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއޭ) އިން ބުނެފިއެވެ. އައިއޭއޭ އިން އިތުރަށް ބުނެފައިވަނީ ބުޝެހަރުގައި ހުރި ނިއުކްލިއަރ ޕްލާންޓަށްވެސް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށެވެ.

12:06

އިރާނުން އިސްރާއީލަށް ހަމަލާދިނުމަށް ފޮނުވާލި ޑުރޯންތައް އުރުދުންގެ ވައިގެ ސަރަހައްދަށް ވަދެއްޖެއެވެ.

11:32

އިސްރާއީލު ވެފައިވަނީ ސަރަހައްދީ ނުރައްކަލަކަށްކަމަށް ހަމާސްއިން ބުނެފިއެވެ. ހަމާސްއިން ވަނީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހަމްދަރުދީ ފާޅުކޮށް މިހަމަލާތަކުގައި ޝަހީދުވި 6 ސައިންސްވެރިންގެ އާއިލާތަކާއި އީރާނުގެ ސަރުކާރަށް ތައުޒިޔާ ކިޔާފައެވެ.

11:18

އާދީއްތަ ދުވަހު އެމެރިކާއާއެކު ބާއްވާ ނުސީދާ ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިނުވާނެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

11:12

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ އެމެރިކާއާ ގުޅުމެއްނެތްކަމަށް ބުނެ ހަމަލާއިން ރެކެން އެމެރިކާއިން މަސައްކަތްކުރަން ފަށައިފިއެވެ.

ޔަހޫދީންގެ ހަމަލާގެ ރައްދުގައި 100 ޑްރޯން އިސްރާއީލަށް އަމާޒުކޮށް އީރާނުން ފޮނުވާލާފައިވާއިރު ވައިޓްހައުސްއިން ދާދި ދެންމެއަކު އެމެރިކާގެ ރައީސް ޓްރަމްޕްއާ ހަވާލާދީ ބުނެފައިވަނީ މެދުއިރުމަތީގައި ކުރެވޭ "ބޭކާރު ހަނގުރާމަތަކުގައި" ބައިވެރިވާން އޭނާ ބޭނުންނުވާކަމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ ހަމަލާތަކާއެކު އެންމެ ފުރަތަމަ ވެސް އެމެރިކާއިން ބުނެފައިވަނީ އިސްރާއީލު ދިފާއުކުރުމުގައި ދެމިއޮންނާނެކަމަށެވެ. އަދި ހަމަލާއަށް ފުރުހަމައަށް ތާއީދުކުރާކަންވެސް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

10:49

އިސްރާއީލުގެ ހަމަލާއާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.

މިހާރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގުވަނީ 6.29 ޑޮލަރުން 75.65 ޑޮލަރަށް އުފުލިފައެވެ. މިއީ 2022 ވަނަ އަހަރު ރަޝިއާއިން ޔުކްރެއިނަށް ހަމަލާދިނުމާ ގުޅިގެން ތެލުގެ އަގު މައްޗަށް ދިޔަ ފަހުން އެންމެ ބޮޑު އަގު މައްޗަށް ދިޔަ ފުރަތަމަ ފަހަރެެވެ.

10:22

އީރާނުން 100 ޑްރޯން އިސްރާއީލާ ދިމާލަށް ފޮނުވާލައިފިއެވެ. ދިގު ރާސްތާ ޑްރޯންތައް އިސްރާއީލުން ފޮނުވާލަފައިވާއިރު، މި ޑްރޯންތަކަކީ އުރުދުން އާއި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ނައްތާލަން ފަސޭހަ ޑްރޯންތަކެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

10:05

އިސްރާއީލުން އިރާނަށް ދިން ހަމަލާއަށް އިރާނުން ރައްދު ހަމަލާ ދޭނެކަމަށާއި ނަމަވެސް ހަމަލާދޭނެ އިރެއް ނޭނގޭކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. ޔަހޫދީންނަށް އަމާޒުކޮށް ރައްދު ހަމަލާ ދިނުމުގެ މަޝްވަރާތައް ފެށިފައިވާކަމަށާއި ވަރަށް އަވަހަށް އީރާނުން އިސްރާއީލާ ދެކޮޅަށް ރައްދު ހަމަލާދޭނެކަން ކަށަވަރުވެފައިވާކަމަށް ލްޖަޒީރާއިން ރިޕޯޓުކުރެއެެވެ.

10:00

އިސްރާއީލުން އިރާނާ ދެކޮޅަށް ދޭ ހަމަލާތައް 2 ހަފްތާއެއްހާ ދުވަހަށް ދިގު ދަންމާނެކަމަށް ޔަހޫދީން ބުނެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި ހަވާލާދީ، ޔަހޫދިންގެ މީޑިއާތަކުން ބުނީ އިސްރާއީލުން ފެށި އަސްކަރީ އޮޕަރޭޝަން އިސްރާއީލުން ބޭނުންވާ ދުވަހެއްވަންދެން ކުރިއަށްގެންދާނެކަމަށެވެ.ސީދާ އޮޕަރޭޝަން ދިގު ދެމިގެން ދާނީ ކިހާ ދުވަހަކަށް ކަމެއް ނަތަންޔާހޫ ހާމަކޮށްފައެއް ނުވެއެވެ.

09:50

އީރާނުގެ އަސްކަރިއްޔާއަށް އައު ޗީފް އޮފް ސްޓާފްއަކު އައްޔަނުކުރައްވައިފިއެވެ.

އިސްރާއީލުގެ ހަމަލާއެއްގައި އީރާނުގެ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ބަޣޭރީ ޝަހީދުވުމާ ގުޅިގެން، ހަބީބުﷲ ސައްޔާރީ ވަގުތީ ގޮތުން އީރާނުގެ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް އައްޔަނުކުރައްވައިފިއެވެ.

އިސްރާއީލުގެ ހަމަލާގައި ޖެނެރަލް ބަޣޭރީ ޝަހީދުވުމާ ގުޅިގެން، އީރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސް މަޤާމު ހުސްވެފައިވަނިކޮށް، ހަބީބުﷲ ސައްޔާރީ މި މަޤާމަށް އައްޔަން ކުރުމަކީ އީރާނުގެ ސަލާމަތީ ބާރުތަކުގެ ހިންގުން ހަރުދަނާކޮށް، ޤައުމުގެ ދިފާޢީ ޤާބިލުކަން ދެމެހެއްޓުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

ހަބީބުﷲ ސައްޔާރީއަކީ އީރާނުގެ ސަލާމަތީ ބާރުތަކުގައި ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ، ތަޖުރިބާކާރު އިސް ވެރިއެކެވެ.

09:41

ޔަހޫދީން އީރާނަށް ހަމަލާ ދިނުމަކީ އެ މީހުންގެ އަމިއްލަ ނެތިދިޔުމަށް ވެވޭ ތައްޔާރީއެއް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.

އިންޒާރެއް ދިނުމަކާ ނުލައި މިއަދު އީރާނަށް އިސްރާއީލުން ދޭންފެށި ހަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ހުސައިން ސަލާމީއާއި އީރާނުގެ އިސް ނިއުކްލިޔަރ ސައިންޓިސްޓުން ކަމަށްވާ ފެރޭދޫން އައްބާސީ ދަވާނީއާއި މުހައްމަދު މަހުދީ ތެހްރާންޗީ ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.

09:25

އިސްރާއީލުން އީރާނަށް ދިން ހަމަލާގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފިއެވެ. ނަމަވެސް އީރާނުން އިސްރާއީލަށް ރައްދުގައި ހަމަލާންދޭން އުޅެފިނަމަ، އިސްރާއީލް ދިފާއުކުރުމަށް އެމެރިކާއިން އެހީތެރިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ފޮކްސް ނިއުސްގެ ޕްރެޒެންޓަރ ބްރެޓް ބެއިއަރ ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައީސާ އެކު ކުރެއްވި ވާހަކަތަކުގައި، އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށާއި، މަޝްވަރާގެ މޭޒަށް އަނބުރާ ދެވޭތޯ މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

"އީރާނަށް ނިއުކްލިއަރ ބޮމެއް ލިބިގެން ނުވާނެ. އަޅުގަނޑުމެން އުއްމީދުކުރަނީ މަޝްވަރާގެ މޭޒަށް އަނބުރާ ދެވޭތޯ. ބަލަމާ ހިނގާށޭ. ލީޑަރޝިޕްގައި ތިބި ބައެއް މީހުން އަނބުރާ ނާންނާނެ،" ކަމަށް ޓްރަމްޕް ބުނިކަމަށް ބެއިއަރ ބުނެފައިވެއެވެ.

09:18

އިސްރާއީލުން އީރާނަށް ދިން ހަމަލާއަކީ އެމެރިކާގެ ހުއްދައާއި އެއްބާރުލުމާ އެކު ދީފައިވާ ހަމަލާއެއް ކަމަށް ބުނެ، މި ހަމަލާގެ ނަތީޖާތަކަށް އެމެރިކާވެސް ޒިންމާ އުފުލަން ޖެހޭނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން އީރާނަށް ދިން ހަމަލާއަކީ އެ ޤައުމުގެ "ލޮބުވެތި ފަސްގަނޑަށް" ދިން ހަމަލާއެއް ކަމަށާއި، މި ހަމަލާގެ ނުރައްކާތެރި އަދި ފުޅާ ދާއިރާއެއްގައި ކުރާނެ އަސަރުތަކަށް އިސްރާއީލާއި އެ ޤައުމަށް އެހީތެރިވާ ފަރާތްތައް ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

"ޒައިއޮނިސްޓް ވެރިކަމުން އީރާނަށް ދިން އަނިޔާވެރި ހަމަލާއަކީ އެމެރިކާގެ ހުއްދައާއި އެއްބާރުލުމާ ނުލައި ދެވޭނެ ހަމަލާއެއް ނޫން. އެހެންކަމުން، މި ވެރިކަމުގެ މައިގަނޑު ބެލެނިވެރިޔާގެ ގޮތުގައި އެމެރިކާއިން މި ހަމަލާގެ ނުރައްކާތެރި ނަތީޖާތަކަށް ޒިންމާ އުފުލަން ޖެހޭނެ،" އީރާނުގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އދ. ގެ ޗާޓަރުގެ ދަށުން އިސްރާއީލުގެ ހަމަލާތަކަށް ޖަވާބުދިނުމަކީ އީރާނަށް ލިބިގެންވާ "ޤާނޫނީ އަދި ޝަރުޢީ" ހައްޤެއް ކަމަށެވެ.

09:15

އިޒްރޭލުން އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އިސްވެރިޔާ ހުސެއިން ސަލާމީ ޝަހީދުކޮށްލުމާ ގުޅިގެން، އެ ޢަމަލުގެ ރައްދު ދިނުމަށް ތައްޔާރަށް ތިބިކަމަށް އައިއާރްޖީސީން މިއަދު ބުނެފިއެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަހީދު ހުސެއިން ސަލާމީއަކީ ޤައުމު ދިފާޢުކުރުމުގައި އެންމެ ކުރީ ސަފުގައި ހުރި ބޭކަލެއް ކަމަށެވެ. އަދި މި "އަނިޔާވެރި ކުށްވެރި ޢަމަލު" ގެ ފަހުންވެސް އިރާނުގެ ޤައުމާއި ރައްޔިތުން ހިތްވަރުގަދަކަމުގައި ދެމިތިބޭނެކަން ކަށަވަރުކޮށްދީފައިވެއެވެ.

"މި އަނިޔާވެރި ކުށްވެރި ޢަމަލުގެ ފަހުންވެސް، އިރާނުގެ މާތްވެގެންވާ އިންޤިލާބީ ޤައުމަށް ޔަޤީންކަން އެބައޮތް، އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޤިޔާދަތުން، އެހެން ހަތިޔާރުވެރި ބާރުތަކާއި އިސްލާމީ އުންމަތުގެ ހަނގުރާމަވެރިންނާއެކު، ޞަހިއޯނީ ޢަދުއްވުންގެ ޚިލާފުވުންތަކަށް ހަރުދަނާ ގޮތެއްގައި ރައްދު ދިނުމަށް ތައްޔާރަށް ތިބިކަން،" އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

09:00

އިސްރާއީލުން ހިންގި އެއަރ ސްޓްރައިކެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެންމެ އިސްވެރިޔާ މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ޝަހީދުވެއްޖެއެވެ. މިކަން އޭ.އެފް.ޕީން ވަނީ އީރާނުގެ މީޑިއާތަކާ ހަވާލާދީ ރިޕޯޓުކޮށްފައެވެ.

undefinedއީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ

މި ހަމަލާއާއެކު، އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންކަމުގައިވާ މުހައްމަދު މެހްދީ ޓެހްރާންޗީ އަދި ފެރެއިދޫން އައްބާސީ ވެސް ވަކިން ހިންގުނު ހަމަލާތަކެއްގައި ވެފައިވާކަމަށް އީރާނުގެ ނޫސް ވެބްސައިޓް ޕްރެސްޓީވީ އިން ވަނީ ހާމަކޮށްފައެވެ.

ހުސެއިން ސަލާމީއަކީ އިރާނުގެ ސަރުކާރުގައި އަދި ވަކިން ޙާއްސަކޮށް އިރާނުގެ ނިއުކްލިއަރ ޕޮރޮގްރާމްގައި މުހިންމު ދައުރެއް އަދާކުރާ ކޮމާންޑަރެކެވެ. މީގެއިތުރުން އިރާންގެ 10 ނިއުކްލިއަރ ސައިންޓިސްޓުން މިހަމަލާތަކުގައި ޝަހީދުވެފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

08:56

އިޒްރޭލުން އީރާނަށް 5 ފަހަރެއްގެ މަތިން ހަމަލާ ދީފައިވޭ

އިޒްރޭލުގެ ސިފައިންގެ އިސް އޮފިޝަލެއް ޓައިމްސް އޮފް އިޒްރޭލް ނޫހަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އީރާނުގެ އެކި ސަރަހައްދުތަކަށް 5 ފަހަރެއްގެ މަތިން ހަމަލާ ދީފައިވެއެވެ.

އިޒްރޭލުގެ ނަން ހާމަނުކުރި އެ އޮފިޝަލް ވިދާޅުވި ގޮތުގައި މި ހަމަލާތަކުގައި އީރާނުގެ މަދުވެގެން 8 ސަރަހައްދަކަށް އަމާޒުކޮށް، ސަތޭކަ އަކަށްވުރެ ގިނަ ހަމަލާ ދީފައިވެއެވެ.

މި ހަމަލާތައް ދީފައިވަނީ އީރާނުން އިޒްރޭލަށް ދިން ހަމަލާއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އީރާނުން އިޒްރޭލަށް ހަމަލާ ދިނީ އިޒްރޭލުން ސީރިއާގައި ހުރި އީރާނުގެ ޑިޕްލޮމެޓިކް މިޝަނަށް ދިން ހަމަލާއަކާ ގުޅިގެންނެވެ.

މި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރަށް ހަނގުރާމައިގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ބައިނަލްއަގުވާމީ މުޖުތަމައުއިން ފާޅުކުރަމުންދެއެވެ.

މި ހަމަލާތަކާ ގުޅޭ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އީރާނުގެ ފަރާތުން މިކަމާ ގުޅޭ ގޮތުން އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.

undefinedއިސްރާޢީލުން އިރާންގެ ހަ،މަލާދީފައިވާ ތަންތަން- ފޮޓޯ: އަލް ޖަޒީރާ

undefinedއިސްރާޢީލްގެ ހަމަލާގައި އިރާން ގެ ތަންތަނަށް ވެފައިވާ ގެއްލުންތައް

08:53

އިސްރާއީލުގައި ތިބި ޗައިނާގެ ރައްޔިތުންނަށް އެ ޤައުމުން އިންޒާރު ދީފި

އިސްރާއީލަށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް އަމާޒުވުމުގެ ބިރު އޮތް ކަމަށް ބުނެ، އެ ޤައުމުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނަށް ސަލާމަތީ އިންޒާރު ދީފިއެވެ.

އިސްރާއީލުގައި ހުންނަ ޗައިނާގެ އެމްބަސީން ހުކުރު ދުވަހު އެ ޤައުމުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނަށް އަންގާފައިވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށާއި، ނުކުމެ އުޅުން މަދުކުރުމަށެވެ. އަދި ސިފައިންގެ މަރުކަޒުތަކާއި ސެންސިޓިވް ސަރަހައްދުތަކާ ކައިރިނުވުމަށް އިރުޝާދު ދީފައިވެއެވެ. އެމްބަސީން ބުނެފައިވާ ގޮތުގައި މިވަގުތު އެ ޤައުމުގެ ސަލާމަތީ ހާލަތު ވަނީ ނުރައްކާތެރި ހާލަތެއްގައެވެ.

މީގެ އިތުރުން، އީރާނުގައި ހުންނަ ޗައިނާގެ އެމްބަސީން ވެސް އެ ޤައުމުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ވަނީ އިންޒާރު ދީފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު ބަދަލުވަމުންދާ ގޮތް ބަލަމުން ގެންދިއުމަށާއި، ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އަންގާފައިވެއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ މަދަނީ އަދި އާންމު ސަލާމަތީ ފެންވަރު ވަނީ "އެންމެ މުހިންމު ހަރަކާތްތަކުގެ" ފެންވަރަށް އުފުލާފައެވެ. މި ގައިޑްލައިންތަކުގެ ދަށުން، އެންމެ މުހިންމު ވިޔަފާރިތައް ފިޔަވައި އެހެން ތަންތަނުގައި މަސައްކަތްކުރުމާއި، ތަޢުލީމީ ހަރަކާތްތަކާއި، އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

އިސްރާއީލުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިތުރު އެންގުމަކާ ހަމައަށް އެ ޤައުމުގެ މަތިންދާބޯޓު ދަތުރުތައް ވެސް ވަނީ ހުއްޓުވާލާފައެވެ.

08:52

އިސްރާއީލްގެ އަސްކަރީ ކޮމާންޑަރު ވިދާޅުވީ އީރާނުގެ ހަމަލާއަށްފަހު ގައުމު ވަނީ "އަނބުރާ ނުލެވޭ ހިސާބުގައި"

އިސްރާއީލްގެ ޗީފް އޮފް ސްޓާފް އެޔަލް ޒަމީރު ވިދާޅުވީ އިސްރާއީލް ވަނީ "އަނބުރާ ނުލެވޭ ހިސާބަކަށް" ގޮސްފައި ކަމަށްވާތީ އީރާނަށް ހަމަލާ ދިން ކަމަށެވެ.

އީރާނަށް ދިން ހެނދުނުގެ ހަމަލާތައް ސިފަކުރައްވަމުން "އަޅުގަނޑުމެންގެ ވުޖޫދު ދެމެހެއްޓުމަށްޓަކައި ކުރާ ހަނގުރާމައެއް" ކަމަށް ވިދާޅުވެ، ޒަމީރު ވިދާޅުވީ "އިތުރު ވަގުތަކަށް މަޑުކުރެވޭ ހިސާބެއްގައި" ނެތުމުން ހަމަލާތައް ދިން ކަމަށެވެ.

އަދި އޭނާ މި އިންޒާރުވެސް ދެއްވިއެވެ: "އަޅުގަނޑުމެންނާ ކުރިމަތިލާން މަސައްކަތްކުރާ ކޮންމެ ފަރާތަކުން ބޮޑު އަގެއް ދައްކަން ޖެހޭނެ"

08:45

އިސްރާއީލްގެ ސިފައިން އީރާނުގެ 6 ސަރަހައްދަކަށް ވައިގެ ހަމަލާ ދީފައިވާ ކަމަށް ފުރަތަމަ ރިޕޯޓުތަކުން ދައްކައެވެ.

އީރާނުގެ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި ވޭތުވެދިޔަ ގަޑިތަކުގެ ތެރޭގައި މަދުވެގެން ދެ ބުރަކަށް ހަމަލާ ދީފައިވެއެވެ. ކަށަވަރު ނުކުރެވޭ ރިޕޯޓުތަކުން ދައްކާ ގޮތުގައި ތިންވަނަ ބުރެއްގެ ހަމަލާތައް މިހާރު ކުރިއަށް ދަނީއެވެ.

ތިރީގައިވާ ސަރަހައްދުތަކަށް ހަމަލާ ދީފައިވާކަން ކަށަވަރުވެފައިވެއެވެ:

ވެރިރަށް ޓެހްރާން އަދި އެ ސަރަހައްދުގެ އަސްކަރީ މަރުކަޒުތައް

ޓެހްރާނުގެ ދެކުނުގައިވާ ނަޓަންޒް ސިޓީ، މިއީ އީރާނުގެ މައި ޔުރޭނިއަމް އެންރިޗްމަންޓް ފެސިލިޓީ ހުރި ތަން

ޓެހްރާނުގެ އުތުރު ހުޅަނގުގައިވާ ޓަބްރީޒް ސިޓީ، މިތަނުގައި ހުރި ނިއުކްލިއަރ ރިސާރޗް ސެންޓަރަކާއި ދެ އަސްކަރީ މަރުކަޒެއްގެ ކައިރީގައި ގޮވުންތައް އިވިފައިވޭ

ޓެހްރާނުގެ ދެކުނުގައިވާ އިސްފަހާން ސިޓީ

ޓެހްރާނުގެ ދެކުނު ހުޅަނގުގައިވާ އަރަކް ސިޓީ

ޓެހްރާނުގެ ހުޅަނގުގައިވާ ކަރްމާންޝާ ސިޓީ

08:30

އިޒްރޭލުން އީރާނަށް ދިން ހަމަލާއަށް ހިތިކޮށް ޖަވާބުދޭނެ ކަމަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ އަލީ ހަމެނީ ވިދާޅުވެއްޖެއެވެ. މިއަދު އިޒްރޭލުން އީރާނުގެ ރިހާއިޝީ ސަރަހައްދުތަކަކަށް ދިން ހަމަލާއާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ނޫސް އެޖެންސީ އައިއާރްއެންއޭ މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި އެކަން ފާހަގަކުރެއްވިއެވެ.

އާޔަތުއްﷲ ހަމެނީ ވިދާޅުވި ގޮތުގައި މިއަދު ފަތިހު އިޒްރޭލުން އީރާނަށް ދިން ހަމަލާއަކީ އެ ޤައުމުގެ ނުބައި އަދި ނުލަފާ ސިފަ ދައްކުވައިދޭ ކަމެކެވެ. އަދި މި ހަމަލާއަށް ހަރުކަށި އަދަބެއް ލިބޭނެ ކަމަށް އިޒްރޭލުން އުންމީދުކުރަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިސްލާމިކް ރިޕަބްލިކްގެ ހަތިޔާރުވެރި ބާރުތަކުގެ ވަރުގަދަ އަތް، އިރާދަކުރެއްވިއްޔާ، އެމީހުން ދޫކޮށެއް ނުލާނެ،" އާޔަތުއްﷲ ހަމެނީ ވިދާޅުވިއެވެ.

މި ހަމަލާގައި އީރާނުގެ ގިނަ އަދަދެއްގެ ކޮމާންޑަރުންނާއި ސައިންޓިސްޓުން ޝަހީދުވެފައިވާ ކަމަށް ސުޕްރީމް ލީޑަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ފަރާތްތަކުގެ ޖާގައަށް އެހެން ފަރާތްތައް ވަނުމަށްފަހު ވަގުތުން މަސައްކަތް ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ކުށްވެރި ޢަމަލާއެކު، ޒައިއޮނިސްޓް ވެރިކަން ތައްޔާރުވެއްޖެ އެމީހުންނަށް ހިތި އަދި ވޭންދެނިވި ކަމަކަށް، އަދި އިރާދަކުރެއްވިއްޔާ އެކަން އެމީހުންނަށް ކުރިމަތިވާނެ،" އާޔަތުއްﷲ ހަމެނީ ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder