logo
ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިBank of Maldives

Bank of Maldives

ދުނިޔެ

ކުއްލި ޙާލަތު އިޢުލާންކޮށް އިސްރާޢީލުން އިރާނަށް ވައިގެމަގުން ހަމަލާދޭންފަށައިފި

އަބްދުﷲ ޣާނިމް
13 ޖޫން 2025 - 02:03
އިސްރާއީޅުގެ ވައިގެ ހަމަލާ އިރާނަށް އަމާޒުވެފައިވާކަމަށް ބުނެ އިރާނުން އާއްމުކޮށްފައިވާ ފޮޓޮއެއް - ފޮޓޯ؛ އަލް ޖަޒީރާ
އިސްރާއީޅުގެ ވައިގެ ހަމަލާ އިރާނަށް އަމާޒުވެފައިވާކަމަށް ބުނެ އިރާނުން އާއްމުކޮށްފައިވާ ފޮޓޮއެއް - ފޮޓޯ؛ އަލް ޖަޒީރާ

އިސްރާޢީލުން އިރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދޭން ފަށައިފިއެވެ. މިހަމަލާތަކާ ގުޅިގެން އިސްރާޢީލުގެ ޑިފެންސް މިނިސްޓަރ އިސްރާޢީލް ކަޓްޒް ވަނީ އެގައުމުގައި ކުއްލި ޙާލަތު އިޢުލާންކޮށްފައެވެ. މިކަން އަލް- ޖަޒީރާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އިރާނުގެ ވެރިރަށް ޓެހްރާންގައި ބޮޑެތި ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ ޓީވީން ރިޕޯޓްކޮށްފައިވެއެވެ. އަދި އިރާނުގެ ނިއުކްލިއަރ ފެސިލިޓީ ހުންނަ ނަޓަންޒްގައިވެސް ބޮޑެތި ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-06-13 072545.png

އިރާނުގެ އެކި ސަރަޙައްދުތަކުން ބޮމުގެ އަސަރު ފެނިގެންދޭ - ފޮޓޯ: އެންޕީއާރު

 

އިސްރާޢީލުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިސްރާޢީލުގެ އެއަރ ފޯސްގެ ޖެޓް މަތިންދާބޯޓުތަކުން ވަނީ އިރާނުގެ އެކި ސަރަޙައްދުތަކުގައި ހުރި އަސްކަރީ އަދި ނިއުކްލިއަރ ތަންތަނަށް ހަމަލާދީފައެވެ. އަދި މިއީ ހަމަލާތަކުގެ ފުރަތަމަ ބުރު ކަމަށް އިސްރާޢީލުގެ ސިފައިން ބުނެފައިވެއެވެ.

 

 

އިސްރާޢީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މިހަމަލާއަށްފަހު ބުނެފައިވަނީ މި އޮޕަރޭޝަން ކުރިއަށްދާނީ "ބޭނުންވާ ހުރިހާ ދުވަހަކު" ކަމަށެވެ. އަދި މި ހަމަލާތައް އަމާޒުކޮށްފައިވަނީ "އިރާނުގެ ނިއުކްލިއަރ އެންރިޗްމަންޓް ޕްރޮގްރާމްގެ ހިތަށް" ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާޢީލުގެ ދިފާޢީ އޮފިޝަލެއް ބުނެފައިވާ ގޮތުގައި، ފުރަތަމަ ބުރުގެ ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ މުޙައްމަދު ބަޤެރީ އާއި އެތައް ނިއުކްލިއަރ ސައިންޓިސްޓުންނެއް މަރުވެފައިވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާޢީލުގައި ވަނީ ސްކޫލްތައް ބަންދުކޮށް، އާންމު އެއްވުންތައް މަނާކޮށްފައެވެ. އަދި އިރާނުން ބަދަލުހިފުމުގެ ގޮތުން މިސައިލް އަދި ޑްރޯން ހަމަލާތައް ދޭނެކަމަށް ބެލެވޭތީ، ރައްޔިތުންނަށް ވަނީ ރައްކާތެރި ތަންތަނަށް ދިއުމަށް އަންގާފައެވެ.


މިހަމަލާ ދީފާނެކަމަށް ބަލައި އެމެރިކާއިން ވަނީ އިރާން ވަށައިގެންވާ ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި، އެކި އަސްކަރީ މަރުކަޒުތަކުން އެމެރިކާގެ މީހުން އަމިއްލަ ޤައުމަށް އެނބުރި ގެންނަން ފަށާފައެވެ. އަދި އިއްޔެ އެމެރިކާގެ ރައީސްވެސް ވަނީ އިސްރާޢީލުން އިސްވެ އިރާނަށް ހަމަލާ ކޮންމެ ގަޑިޔަކުވެސް ދީފާނެ ކަމަށާއި، ރައްދުގައި އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ. އަދި މީހުން އަނބުރާ ގެންނަނީ އެމީހުން އެހަމާލާތަކުން ދިފާޢުކުރުމަށްކަމަށް ޓްރަމްޕް ވަނީ އެއްބަސްވެފައެވެ.


މީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވެސް ހަަމަލާއާ ގުޅިގެން ބަޔާނެއް ނެރެފައިވާއިރު އޭގައި ބުނެފައި ވަނީ މިއީ އެމެރިކާގެ ބައިވެރިވުމެއް ނެތި، އިޒްރޭލުން "އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް" ކަމަށެވެ. އެމެރިކާއިން މިވަގުތު އިސްކަން ދެނީ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ރައްކަލަށް ކަމަށާއި އީރާނުން މި ހަމަލާގެ ރައްދުގައި އެމެރިކާގެ މަސްލަހަތު ހިމެނޭ އެއްވެސް ތަނަކަށް ހަމަލާ ދީގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން އިސްރާޢީލިން ދީފައިވާ އިންޒާރު ތަކާއެކު، އިރާނުން ވަނީ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ބުނެފައެވެ.

މިހަމަލާދީފައިވަނީ އިރާންގެ ނިއުކްލިއަރ ހަތިޔާރާއި ގުޅޭގޮތުން އެމެރިކާއާއި ދެމެދު މަޝްވަރާތަކެއް ފަށައި، ވާހަކަތަކުގެ ހަވަނަ ބުރު ކުރިޔަށް ގެންދިޔުމަށް ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މިވާހަކަތަކުގައި އެމެރިކާއިން މީގެކުރިން ކުރިއެރުންތަކެއް ހޯދަމުން އަންނަކަން ޓްރަމްޕް ބުނެފައިވާއިރު، އެމެރިކާގެ ޑިމާންޑް ތަކަށް އިރާނުން ނޫނެކޭ ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އިއްޔެ ދުނިޔޭގެ ނިއުކްލިއަރ ހަކަތައާއި ބެހޭ ވުރާޒާ, އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން އިއްޔެވަނީ އިރާނުން އެވުޒާރާއިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ޚިލާފުވެފައިވާކަމަށް ބުނެފައެވެ. މިއީ މިއޭޖެންސީއިން ވޭތުވެދިޔަ 20 އަހަރުތެރޭގައި އިރާނުން އެއޭޖެންސީގެ ޤަވާއިދުތަކާއި ޚިލާފުވެފައިވާކަމަށް ބުނި ފުރަތަމަ ފަހަރެވެ.

ނަމަވެސް މިކަން ދޮގުކޮށް އިރާނުން ބަޔާނެއް ނެރެފައިވާއިރު، އިއްޔެ އިރާނުން ވަނީ މިބަޔާން ނެރުމުގެ ކުރިން އިސްރާޢީލް އާއި އައިއޭއީއާއި ސިިއްރިޔާތުގައި މުޢާމަލާތްތަކެއް ކޮށްފައިވާ ކަމަށްބުނެ، އިންޓެލިޖެންސް ލިޔެކިޔުންތަކެއް ލީކުކޮށްލާފައެވެ.

މިހަމަލާއާއި ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ހިނގައިފާނެކަމުގެ ބިރުހީވެފައިވާއިރު، މެދުއިތުރަތީގެ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭކަން ކަށަވަރުވެފައިވާ ހަމައެކަނި ޤައުމަކީ އިސްރާޢިލް އެވެ. ނަމަވެސް އިސްރާޢީލުން ނިއުކްލިއަރ ހަތިޔާރު ތަރައްޤީކުރުމަށް ކުރާ މަސައްކަތް ބާރުމިނުގައި ކުރިޔަށްގެންދާއިރު އެމެރިކާ އަދި އިންޓަރނޭޝަނަލް އެޓޮމިކް އޭޖެންސީއިން ހުއްޓުވާކަަށް މަސައްކަތެއް ނުކުރެއެވެ. އެމެރިކާ އަދި އިސްރާޢީލުންވެސް ބުނަމުން ގެންދަނީ އިސްރާޢީލުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެޤައުމުގެ ދެމިއޮތުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބޭނެ

 

Israel in Iran ah vaige magun hamalaa dheyn fashaifiFacebookViberTelegramXWhatsApp

Israel in Iran ah vaige magun hamalaa dheyn fashaifiFacebookViberTelegramXWhatsApp

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 34 މިނިޓު ކުރިންއިރާނުގެ ވަރުގަދަ ރައްދު ހަމަލާތަކާއެކު ޔަހޫދީން ބިރުން ދުނިޔެ | 6 މަސް ކުރިންއިސްރާޢީލުން އިރާނަށް ވައިގެމަގުން ހަމަލާދޭންފަށައިފިދުނިޔެ | 6 މަސް ކުރިންކުއްލި ޙާލަތު އިޢުލާންކޮށް އިސްރާޢީލުން އިރާނަށް ވައިގެމަގުން ހަމަލާދޭންފަށައިފިދުނިޔެ | 6 މަސް ކުރިން