logo
ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިBank of Maldives

Bank of Maldives

ދުނިޔެ

އިރާނުގެ ވަރުގަދަ ރައްދު ހަމަލާތަކާއެކު ޔަހޫދީން ބިރުން

އަބްދުﷲ ޣާނިމް
13 ޖޫން 2025 - 19:21
އިރާނުން ދިން ހަމަލާއެއްގައި ތެލްއެވީވް ވެ އިމާރާތެއްގައި ރޯވެ އަނދަނީ.- ފޮޓޯ: އަލް ޖަޒީރާ
އިރާނުން ދިން ހަމަލާއެއްގައި ތެލްއެވީވް ވެ އިމާރާތެއްގައި ރޯވެ އަނދަނީ.- ފޮޓޯ: އަލް ޖަޒީރާ

21:30

އިރާނުން އިޒްރޭލުގެ އެފް-35 ހަނގުރާމަ މަތީ ޖެޓެއް ވައްޓާލައިފިއެވެ.މިއީ ހަނގުރާމަ ފެށުނު ފަހުން އީރާނުން ވައްޓާލި މިފަދަ 2 ވަނަ ޖެޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

21:26

އިސްރާއީލުން އެހެން ގައުމުތައް މެދުވެރިކޮށް ހަމަލާ ދިނުން ހުއްޓާލުމަށް އެދެމުންދާ ކަމަށް އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބުނެފިއެވެ.

 

18:36

މިއަދު އިސްރާއީލުން ފޮނުވާލި ބެލަސްޓިކް މިސައިލް ހަމަލާގައި އިސްރާއީލުގެ ހަތް ސިފައިންނަށް އަނިޔާވި ކަމަށް އިސްރާއީލުން ބުނެފިއެވެ.

17:11

 

15:20

އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އިތުރު ދެ ސިފައިންގެ އޮފިސަރުން ޝަހީދުވެއްޖެކަމަށް އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިއުލާނުކޮށްފިއެވެ.

ހުކުރު ދުވަހުގެ ފަތިހު އިސްރާއީލުން އިރާނަށް ދިން ހަމަލާގައި ޝަހީދުވި ދެ އޮފިސަރުންނަކީ އިރާނުގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުގެ އިސް މަޤާމުތަކެއްގައި ތިބި ދެ އޮފިސަރުންކަމަށް އައިއާރުޖީސީ އިން ބުނެފައިވެއެވެ. ނަމަވެސް މި ދެ އޮފިސަރުންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެއާއެކު ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި އިރާން އޮފިސަރުންގެ އަދަދުވަނީ އިތުރުވެފައެވެ.

 

13:57

އިސްރާއީލުގެ ތިން އެއަރބޭސްއަކަށް އީރާނުން ހަމަލާ ދީފިކަމަށް އީރާނުގެ އިސް ސިފައިންގެ އޮފިސަރަކު ހާމަކޮށްފިއެވެ. މި ހަމަލާއަކީ އީރާނަށް އިސްރާއީލުން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ ދަށުން ދިން ހަމަލާއެކެވެ.

އީރާނުގެ އިސް ސިފައިންގެ އޮފިސަރު ވިދާޅުވި ގޮތުގައި، އިސްރާއީލުން އީރާނަށް ހަމަލާ ދިނުމަށް ބޭނުންކުރި ނެވަޓިމް، އޮވްދާ އަދި ޓެލް ނޮފް އެއަރބޭސްތަކަށް މި ހަމަލާ އަމާޒުކުރެވިފައިވެއެއެ. މި ހަމަލާއަކީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ސީދާ ޖަވާބެއްގެ ގޮތުގައި ދެވުނު ހަމަލާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

 

12:55

އިސްރާއީލުން އީރާނަށް ދިން ހަމަލާއަކީ ޓެރަރިޒަމްގެ ހަމަލާއެއްކަމަށް އީރާނުގެ ޔޫއެން އެމްބެސެޑަރ ސަޢީދު އިރަވާނީ ވިދާޅުވެއްޖެއެވެ.

ހަމަލާއާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގައި މަޝްވަރާކުރެވުނުރެވުނު ނަމަވެސް، އެއްވެސް ރަސްމީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެހެންނަމަވެސް، އީރާނުގެ އެމްބެސެޑަރ ވަނީ މި މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

 

11:31

މިހާ ހިސާބަށް އައިއިރު އިރާނުގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާ އިސްރާއީލުގެ ޖެޓްތަކާއި ޑްރޯންތަކަކީ އެމެރިކާގެ އުފެއްދުންތައް ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

މިކަމުންވެސް އިސްރާއީލުގެ ހަމަލާއަކީ އެމެރިކާގެ ބައިވެރިވުމާއެކު ދިން ހަމަލާއެއްކަން ކަށަވަރުކުރެވެއެވެ.

 

11:26

އިރާނުގެ އުތުރުގެ ސަރަޙައްދުގައި ޖާސޫސްކުރަމުންދިޔަ ޔަހޫދީންގެ ޑްރޯންތަކެއް ސަލްމާސް ބޯޑަރު ކައިރީގައި ތިބި އިރާނުގެ ސިފައިން ވައްޓާލައިފިއެވެ.

 

11:17

ޓްރަމްޕް އިރާނާ މެދު ގެންގުޅުނު ސިޔާސަތު ގަޑިއިރުތަކެއްގެ ތެރޭގައި ބަދަލުކޮށްލައިފިއެވެ.

އިއްޔެއިން ފެށިގެން ޓްރަމްްޕް އައީ އީރާނަށް ވަރުގަދަ ބަހުގެ ހަމަލާތައް ދީ އިސްރާއީލު ދިފާއުކުރަމުންނެނެވެ. ނަމަވެސް އީރާނުން ރޭ ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އިރާނާ މެދު ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް އޭނާ ވަނީ ބަދަލުކޮށްލައިފައެވެ. ޓަރްމްޕް މިހާރު ބޭނުންވަނީ އަލުން އިރާނާއެކު މަޝްވަރާކުރާށެވެ.

ޓްރަމްޕްގެ މި ހަރުދަނާކަމެއްނެތް ސިޔާސަތުތަކުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

 

11:04

އީރާނުން ރޭ އިސްރާއީލަށް ދިން ރައްދު ހަމަލާތަކާއި ގުޅިގެން ރޭ އެކަނި ފަސް ފަަހަރަށް ބިންގަރާހަށް ވަންނަން ޖެހުނު ކަމަށް އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައިވާ ސަފީރު މައިކް ހުކަބީ ބުނެފިއެވެ.

އީރާނުން ދެމުން ގެންދާ މިސައިލް ހަމަލާތައް ހުއްޓުވުމަށް ޔަހޫދީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

01:18


އީރާނުގެ މިސައިލްތައް ހުއްޓުވުމުގައި އެމެރިކާ އާއި އެހެން ގައުމުތަކުން އެހީތެރިވި.

އިސްރާޢީލުގެ ދެ މަސްދަރަކުން ސީއެންއެންއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ރޭ އީރާނުން ދޫކުރި މިސައިލްތައް ހުއްޓުވުމުގައި އެމެރިކާއިން އިސްރޭލަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.



01:04


އެއް މަސްދަރަކުން ހާމަކުރި ގޮތުގައި، މީގެ ކުރިން އީރާނުން އިސްރޭލަށް ދިން ހަމަލާތަކުގައިވެސް އެހީތެރިވެދިން ފަދައިން، މި ފަހަރުވެސް ސަރަހައްދުގެ އެހެން ގައުމުތަކުން އިސްރޭލްގެ ވައިގެ ދިފާއީ ނިޒާމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.


އިސްރޭލު ދިފާއުކުރުމުގައި ފްރާންސް ބައިވެރިވާނެ ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ބުނެފިއެވެ.

އިސްރޭލުން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މެކްރޯން ބުނެފައިވަނީ، އިރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދިނުމަކީ ފްރާންސްއިން ހިތްވަރުދޭ ކަމެއް ނޫން ކަމަށެވެ. އަދި އިރާނާ ދެކޮޅަށް ދެވޭ ހަމަލާތަކުގައި ފްރާންސްއިން ބައިވެރިނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އިރާނުގެ މައްސަލަ ހައްލުކުރުމަށް ޑިޕްލޮމެޓިކް މަގުތައް އަދިވެސް ހުޅުވިފައިވާ ކަމަށާއި، އިސްރޭލަށް ފްރާންސްއިން ދޭ އެހީތެރިކަމަކީ އެއްވެސް ޝަރުތެއް ނެތި ނުވަތަ އިމެއްނެތި ދެވޭ އެހީތެރިކަމެއް ނޫން ކަމަށެވެ.

ފްރާންސްގެ ރައީސް އިތުރަށް ބުނެފައިވަނީ، އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ފްރާންސްއަށް ލިބިފައިވާ މައުލޫމާތުތަކަކީ ކަންބޮޑުވާންޖެހޭ ފަދަ މައުލޫމާތުތަކެކެވެ. އަދި އެ ޕްރޮގްރާމް މިހާރު ވަނީ ނާޒުކު މަރުހަލާއަކާ ކައިރިވެފައި ކަމަށްވެސް މެކްރޯން ބުނެފައިވެއެވެ.



12:48

 


އީރާނުގެ މިސައިލް ހަމަލާތަކުން އިސްރޭލުގައި މަދުވެގެން 21 މީހުންނަށް ޒަހަމްވެއްޖެކަމަށް އެމްބިއުލަންސް ސަރވިސްއިން ބުނެފިއެވެ.

ޓެލް އަވީވް ސަރަހައްދުގެ އިމާރާތެއްގައި ބޮޑަށް ޒަހަމްވެފައިވާ ދެމީހަކު ބަންދުވެފައިވާކަމަށް އިސްރޭލުގެ އެމްބިއުލަންސް ސަރވިސްއިން އިތުރަށް ބުނެފައިވެއެވެ.

 



12:42


އިތުރު ހަމަލާތަކަށް އިސްރާޢިލް ތައްޔާރުވަނީ - ނަތަންޔާޙޫ

އިރާނުގެ ރައްޔިތުންނާ މުޚާތަބުކޮށް ފޮނުވި ވީޑިއޯއެއްގައި، އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ބުނެފައިވަނީ، 'އޮޕަރޭޝަން ރައިސިންގ ލަޔަން' ގެ ނަމުގައި އިރާނަށް ދިން ހަމަލާތަކުގެ މަޤްޞަދަކީ "އިސްލާމިކް ވެރިކަމުގެ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލްގެ ނުރައްކާ ހުއްޓުވުން" ކަމަށެވެ. އަދި މިހަމަލާތައް ހުއްޓައިނުލައި ކުރިޔަށް ގެންދާނެ ކަމަށާއި އިތުރު ޙަމަލާތަކަށް އިސްރާޢީލުން ތައްޔާރުވަމުންދާކަމަށް ވަނީ ބުނެފައި.

 

އޭނާ ބުނިގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، އިސްރާއީލީ ބާރުތަކުން ވަނީ "އިސް އަސްކަރީ ކޮމާންޑަރުންނާއި، އިސް ނިއުކްލިއަރ ސައިންޓިސްޓުންނާއި، އިސްލާމިކް ވެރިކަމުގެ އެންމެ މުހިންމު އެންރިޗްމަންޓް ފެސިލިޓީއާއި، ބެލިސްޓިކް މިސައިލް އާސަނާލްގެ ބޮޑު ބައެއް" ނައްތާލާފައެވެ.


12:40

އ.ދ. ގެ ބައްދަލުވުން ކުރިއަށްދަނީ


އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ނިއުޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިހާރު ކުރިއަށށް ގެންދަން ފަށައިފިއެވެ.

 

12:30
ރޭ ފަތިހުން ފެށިގެން އިސްރާޢީލުން އިރާނަށް ދެމ،ުންގެންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިރާނުން އިސްރާޢީލުގެ ވެރިރަށް ތެލްއެވީވް އަށް މިސައިލުގެ ހަމަލާތަށް ދޭން ފަށައިފިއެވެ.

އިސްރާއީލުގެ ނޫސް "ހަރެޓްޒް" އިން ރިޕޯޓުކުރި ގޮތުގައި، މިހަމަލާތަށް މިހާރު ފެށިފައިވާއިރު އިސްރާއީލުގެ މެދު ސަރަހައްދުގައި 15 މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ކުއްލި ނުރައްކަލުގެ ހިދުމަތްތަކުން މައުލޫމާތު ދީފިއެވެ. މީގެ ތެރެއިން އެއް މީހަކު މެދުމިނުގެ އަނިޔާއެއް ލިބިފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

GtWOCfJbMAQlH_b.jpeg

އިރާނުގެ މިސައިލް ހަމަލާއެއްގައި ތެލްއަވީވް ގެ އިމާރާތްތަކަށް އަމާޒުވެފައި- ފޮޓޯ: އަލް ޖަޒީރާ

 

ރޮއިޓަރސް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ޖެރޫސަލަމްގައި ގިނަ އަދަދެއްގެ ގޮވުމުގެ އަޑުތައް އިވިފައިވެއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް މިވަގުތު ލިބިފައެއް ނުވެއެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އަދި ރައްޔިތުންނަށް ވަނީ ރައްކާތެރިކަމުގެ އިރުޝާދުތައް ދީފައެވެ.

މި ހާދިސާއާ ގުޅިގެން ޒަހަމްވި މީހުންނަށް ވަގުތުން ސިއްހީ ފަރުވާ ދެވުނު ކަމަށް ކުއްލި ނުރައްކަލުގެ ހިދުމަތްތަކުން ބުނެފައިވެއެވެ.

 

އިރާނުން ދިން ދީފައިވާ ހަމަލާއެއް އިސްރާޢީލުގެ ވެރިރަށް ތެލް އަވީވް ގެ އިމާރާތަކަށް އަމާޒުވެފައިވާކަން އިސްރާޢީލުގެ މީޑިޔާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިހަމަލާތަކާއި ގުޅޭ އިތުރު ތަފްސީލު މި ބްލޮގުން ކުރިޔަށް އޮތްތަނުގައި ލިބިގެންދާނެއެވެ. އިތުރު ތަފްސީލު އަންނަނީ..

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 34 މިނިޓު ކުރިންއިރާނުގެ ވަރުގަދަ ރައްދު ހަމަލާތަކާއެކު ޔަހޫދީން ބިރުން ދުނިޔެ | 6 މަސް ކުރިންއިސްރާޢީލުން އިރާނަށް ވައިގެމަގުން ހަމަލާދޭންފަށައިފިދުނިޔެ | 6 މަސް ކުރިންކުއްލި ޙާލަތު އިޢުލާންކޮށް އިސްރާޢީލުން އިރާނަށް ވައިގެމަގުން ހަމަލާދޭންފަށައިފިދުނިޔެ | 6 މަސް ކުރިން