logoEN
ޚަބަރު

އައްޑޫގައި ކެތު ލެބު ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އާމިނަތު ސަފާއާމިނަތު ސަފާ

12 ޖޫން 2025 - 11:43

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރެވިފައިފާ ކެތްލެބްގެ ޙިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ފަސް އަހަރުގެގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފައެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެދިލެއްވުމުގެ މަތިން، އެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިފާ ކެތުލެބްގެ ޚިދުމަތް 5 އަހަރުގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މި މަސައްކަތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 15 ޖޫން 2025 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ކެތު ލެބަކީ ހިތުގެ ބަލިތައް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ގާއިމުކުރާ ކްލިނިކެކެވެ.

އައްޑޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ހޮސްޕިޓަލަކަށް ވާއިރު، އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި އެކްސްރޭ، އޯޕީޑީ، ލެބޯރަޓްރީ އަދި ފިޒިއޮތެރަޕީގެ ހިދުމަތް ހިމެނެއެވެ.

އޭގެއިތުރުން ކާޑިއޯ، ޑެންޓަލް، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައް ދިނުމާއި، އަދި ބޮޑެތި ބަލިތަކަށް ތަހްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންތައް ވެސް އެ ހޮސްޕިޓަލުގައި އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder