logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެ މަޝްރޫޢު ކާމިޔާބު ކުރެވޭނެ - ސަރުކާރު

އަޙްމަދު ޒަލީފް
19 ސެޕްޓެމްބަރު 2024 - 02:20
ރަސްމާލެ މަޝްރޫޢު ކާމިޔާބު ކުރެވޭނެ - ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކާމިޔާބުކަމާއެކު ރަސްމާލެ މަޝްރޫޢު ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރަސްމާލެއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ހިމެނޭ އެންމެ ބިޔަ މަޝްރޫޢުކަމަށެވެ.

ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރަސްމާލެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިދެއްވުމަށް ހުށައެޅުއްވިކަމަށާއި ނަމަވެސް އޭރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އެ ފައިސާ ބަޖެޓުގައި ހިމަނަން ދެކޮޅު ހެދީކަމަށެވެ.

ހިނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ރަސްމާލެ މަޝްރޫއުގެ ފައިސާގެ ބަޖެޓުގައި ހިމަނަން ދެކޮޅު ހެދިނަމަވެސް، މަޝްރޫޢު އަވަހަށް ނިންމުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. ނަމަވެސް ދިމާވި ބައެއް ދަތިތަކާއި ގުޅިގެން މަޝްރޫޢުގެ މަސައްކަތް ލަސްވެފައިވާކަން ސަރުކާރުން ޤަބޫލުކުރައްވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރަސްމާލެ މަޝްރޫޢުގެ ތާރީޚުތަކަށް ބަދަލުތަކެއް އައިނަމަވެސް، އެ މަޝްރޫޢު ސަރުކާރުން ރޭވިގޮތަށް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

"ބަޖެޓު ފާސްވިއިރު އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވޭގޮތަށް ބަޖެޓު ފާސްކުރީ އޭރުގެ މަޖިލީހުން. ރަސްމާލެއަކީ ރައީސްގެ ބޮޑު ވަޢުދެއް. ތާރީޚަށް ބަދަލު އަޔަސް، ވަރަށް ކާމިޔާބު މަޝްރޫޢުއެއްގެ ގޮތުގައި މަޝްރޫޢު ކުރިއަށްދާނެ." ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. އޭރު މަސައްކަތް ކުރީ 10 މަހުން ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް ދިމާވި މައްސަލަތަކެއްގެ ސަބަބުން، ބައެއް ބަދަލުތައް ޕްރޮޖެކްޓަށް ގެންނަމުންދާކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއްޚަބަރު | 2 މަސް ކުރިންރަސްމާލެ ހިއްކުމުގެ ދެބައިކުޅައެއްބައި މަސައްކަތް ނިމިއްޖެޚަބަރު | 3 މަސް ކުރިންރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ދަނީ ކުރިއަށް: ރައީސްޚަބަރު | 3 މަސް ކުރިން