އީރާނުން އުދުއްސާލި ޑްރޯންތަކުން ސަލާމަތްވާން މުޅި އިސްރާޢީލް ތެޅިފޮޅެނީ


13 ޖޫން 2025 - 09:16
ރައްދު ޙަމަލާއެއްގެ ގޮތުގައި އީރާނުން އުދުއްސާލި 100 ޑޮރޯނުން ސަލާމަތްވުމުގެ ގޮތުން މުޅި އިސްރާޢީލް ލޮކްޑައުން ކޮށްފިއެވެ.
ހަމައެއާއެކު، އިސްރާއީލުގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކޮށް، ސްކޫލްތަކާއި، ވިޔަފާރިތައްވެސް ވަނީ ބަންދުކޮށްފައެވެ.
އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދޭންފެށި ރައްދު ހަމަލާތައް ހުއްޓުވަން ތައްޔާރަށް އޮތްކަން އުރުދުންއިން ހާމަކޮށްފައިވާއިރު، އުރުދުންނާއި އިސްރާއީލުން ވަނީ ހަމަލާތައް ހުއްޓުވުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން އުރުދުން އިން ވަނީ އިރާނުން ހަމަލާތައް ދޭން ފެށުމުގެ ކުރިން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި އިރާނުން އިސްރާއީލަށް ދޭ ހަމަލާތައް އިސްރާއީލާ ހަމައަށް ފޯރިޔަ ނުދޭނެ ކަމަށް ވެސް އުރުދުން ވަނީ ބުނެފައެވެ.
އުރުދުން، އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު އިސްރާއީލަށް ވާގިވެރިވެ އުރުދުން އިން ބުނެފައިވަނީ މިގޮތަށް ނިންމި އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީކަމަށެވެ.
އުރުދުންގެ ގައުމީ ޓީވީން ބުނެފައިވަނީ، އެ ގައުމުގެ ވައިގެ ސަރަހައްދުން އިސްރާއީލާ ދިމާއަށް ދިޔަ އެތައް ޑްރޯންއަކާއި، މިސައިލެއް އުރުދުން ސިފައިން ވައްޓާލާފައިވާ ކަމަށެވެ.
އިސްރާއީލުން ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި، އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖެނެރަލް ބަޣޭރީ އަވަހާރަވެފައިވާކަން އީރާނުންވަނީ ކަށަވަރު ކޮށްދީފައެވެ.
އިތުރު ލިޔުންތައް

އިސްރާއީލުން ބަޑީގެ ހަމަލާއެއްގައި އެމެރިކާގެ މުޒާހަރާގެ ބައިވެރިއަކު ޝަހީދުވުމާ ގުޅިގެން ވަކީލުން އިންސާފު ހޯދުމަށް ގޮވާލައިފި
10 މަސް ކުރިން
ޖަރުމަނުން އިސްރާއީލަށް ހަނގުރާމައިގެ ހަތިޔާރު އެކްސްޕޯޓް ކުރަން ހުއްދަ ދިނުން ހުއްޓާލައިފި
9 މަސް ކުރިން
ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
9 މަސް ކުރިން