logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ ރައްދު: "ޔުރޭނިއަމް މުއްސަނދި ކުރުމުގެ ކަންކަމަށް ހުއްޓުމެއް ނާންނާނެ"

އަޙްމަދު ޒަލީފް
22 ޖުލައި 2025 - 14:26
އީރާނުގެ ރައްދު: "ޔުރޭނިއަމް މުއްސަނދި ކުރުމުގެ ކަންކަމަށް ހުއްޓުމެއް ނާންނާނެ"

މިދިޔަ މަހު އިސްރާއީލާ އެކު ކުރި ހަނގުރާމައިގައި ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލެވޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގެ ސަބަބުން ނިއުކްލިއަރ ވަސީލަތްތަކަށް ލިބުނު ގެއްލުންތައް "ސީރިއަސް އަދި ބޮޑު" ކަމަށާއި، އެ ގެއްލުންތައް އިތުރަށް އަންނަނީ ދިރާސާ ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޅުގަނޑުމެންނަކަށް މިކަން ދޫކޮށެއްނުލެވޭނެ، ސަބަބަކީ މިއީ އަޅުގަނޑުމެންގެ އަމިއްލަ ސައިންސްވެރިން ހޯދާފައިވާ ކާމިޔާބީއެއް. އަދި އެއަށްވުރެ ބޮޑަށް މިއީ މިހާރު ޤައުމީ ފަޚުރެއްމެ،" އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އީރާނުގެ މި ވާހަކަތައް އައިސްފައި މިވަނީ އިސްރާއީލުން އީރާނަށް ހަމަލާދިނުމުގެ ކުރިން، އޮމާންގެ މެދުވެރިވުމާއެކު އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި ނިއުކްލިއަރ މަޝްވަރާތަކުގެ ފަސް ބުރެއް ނާކާމިޔާބުވުމަށް ފަހުގައެވެ. އެ މަޝްވަރާތައް ހުއްޓުނީ އީރާނަށް ޔުރޭނިއަމް މުއްސަނދިކުރެވޭނެ މިންވަރާ މެދު ދެ ޤައުމަށް އެއްބަސްވުމަކަށް އާދެވިފައި ނުވުމުންނެވެ.

އެމެރިކާއާއި އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި، އީރާން އޮތީ ނިއުކްލިއަރ ހަތިޔާރު ވަރަށް އަވަހަށް އުފެއްދޭނެ މިންވަރަށް ޔުރޭނިއަމް މުއްސަނދިކުރުމާ ވަރަށް ކައިރީގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަތިކުރަން އަޅާ ކޮންމެ ފިޔަވަޅެެއްގެ ނަތީޖާ ހިތިވާނެ - އީރާންޚަބަރު | 2 މަސް ކުރިންއީރާނުގެ ރައްދު: "ޔުރޭނިއަމް މުއްސަނދި ކުރުމުގެ ކަންކަމަށް ހުއްޓުމެއް ނާންނާނެ"ދުނިޔެ | 3 މަސް ކުރިންވައިގެ ދިފާޢީ ނިޒާމު އީރާނުން ވަރުގަދަކޮށްފިދުނިޔެ | 3 މަސް ކުރިންއީރާނުގެ ވައިގެ ސަރަހައްދު ހުޅުވައިފި World | 3 މަސް ކުރިން