logo
Bank of Maldives

Bank of Maldives

ދުނިޔެ

ވައިގެ ދިފާޢީ ނިޒާމު އީރާނުން ވަރުގަދަކޮށްފި

އަޙްމަދު ޒަލީފް
21 ޖުލައި 2025 - 14:01
ވައިގެ ދިފާޢީ ނިޒާމު އީރާނުން ވަރުގަދަކޮށްފި

ޔަހޫދީން ދާދިފަހުން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ގެއްލުންދީފައިވާ ވައިގެ ދިފާޢީ ނިޒާމު އަލުން ވަރުގަދަކޮށް، ހަރުދަނާ ކޮށްފައިވާ ކަން އީރާނުން ހާމަކޮށްފިއެވެ.

އީރާންގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ މަޙްމޫދު މޫސާވީއާ ޙަވާލާދީ އީރާންގެ ދީފާ ޕްރެސް އޭޖެންސީން ބުނީ ޔަހޫދީންގެ ޙަމަލާތަކުގައި ޙަލާކު ކޮށްލާފައިވާ އަދި ގެއްލުންދީފައިވާ ވައިގެ ދިފާޢީ ނިޒާމުގެ ބައިތައް ބަދަލުކޮށްފައިވާ ކަމުގައެވެ. އަދި، އެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ވަރުގަދަ ކޮށްފައިވާނެ ކަމުގައެވެ.

"އަޅުގަނޑުމެންގެ ވައިގެ ދިފާޢީ ނިޒާމުގެ ބައެއް ބައިތައް ވަނީ ހަލާކުވެފައި، އެއީ ދެބަސްވެވޭނެ ކަމެއް ނޫން، ނަމަވެސް އަޅުގަނޑުމެންގެ އެކުވެރިން ވަނީ، އެތެރެއިން ލިބެންހުރި ސާމާނާއި ބައިތައް ބޭނުން ކޮށްގެން އެ ތަކެތި މަރާމާތުކޮށް ބަދަލުކޮށްފައި، އަދި ވައިގެ ސަރަޙައްދުގެ ދިފާޢު ވަރުގަދަ ކުރުމަށް ބޭނުންވާ ސަރަޙައްދުތަކަށް ފޮނުވާފައި،" މޫސާވީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މައި މަރުކަޒުތަކަށެވެ.

މީގެ އިތުރުން، ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން ކުށެއް ނެތް ޢާންމު ރައްޔިތުން ވެސް ޝަހީދު ކޮށްލިއެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަތިކުރަން އަޅާ ކޮންމެ ފިޔަވަޅެެއްގެ ނަތީޖާ ހިތިވާނެ - އީރާންޚަބަރު | 2 މަސް ކުރިންއީރާނުގެ ރައްދު: "ޔުރޭނިއަމް މުއްސަނދި ކުރުމުގެ ކަންކަމަށް ހުއްޓުމެއް ނާންނާނެ"ދުނިޔެ | 3 މަސް ކުރިންވައިގެ ދިފާޢީ ނިޒާމު އީރާނުން ވަރުގަދަކޮށްފިދުނިޔެ | 3 މަސް ކުރިންއީރާނުގެ ވައިގެ ސަރަހައްދު ހުޅުވައިފި World | 3 މަސް ކުރިން